Nov 1, 2010

އީސާގެފާނު ދެއްކެވި ރީތި ނަމޫނާ (2)

އެކަލޭގެފާނަށް ތަބާވާ މީހުން ތިބޭނީ ރައްޓެހިންނާއާއިލާ ދޫކޮއްލަން ތައްޔާރަށެވެ

      އީސާގެފާނާއި އެކު ވަރަށް ގިނަ ބަޔަކު ދަތުރު ކުރަމުން އައެވެ. އެކަލޭގެފާނު އެމީހުންނާއި ދިމާއަށް އެނބުރި ވަޑައިގެން ވިދާޅުވިއެވެ. އަހަރެންގެ ކައިރިއަށް އަތުވެއްޖެ ކޮންމެ މީހަކުމެ އެމީހެއްގެ ބައްޕަ އާއި މަންމައަށާއި އަނބިމީހާއަށާއި ދަރިންނަށާއި ބޭބެއިންނާއި ދައްތައިންނަށާއި އަދި ކީއްކުރަން، އެމީހެއްގެ އަމިއްލަ ފުރާނައަށް ލޯބިވާވަރަށް ވުރެ ވެސް ބޮޑަށް އަހަރެން ދެކެ ލޯބިނުވަނީ ނަމަ އެމީހަކަށް އަހަރެން އެންގި މަގުން ހިނގައި އަހަރެންގެ އަސްހާބީއަކަށް ނުވެވޭނެ. 
ލޫކާސް 14:25-26
އާއިލާއައް ވުރެ ބޮޑަށް އީސާގެފާނައް އިސްކަން ދޭށެވެ

       އެކަލޭގެފާނަށް ތަބާވާ މީހުން ރައްޓެހިންނާއާއިލާ ދޫކޮއްލަން ތައްޔާރެވެ.
އެމީހުން ދަތުރުކުރަމުން ދިޔަމަގުމަތީ ދިމާވި މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑު ކަލޭގެފާނު ވަޑައިގަންނަވާ ކޮންމެ ތާކަށް ކަލޭގެފާނުގެ އަރިހުގައި ދާން މިހިރީ ތައްޔާރަށް.“ އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ހިޔަޅުތައް އުޅުމަށް އެސޮރުމެންގެ ހޮހަޅަތައް ވޭ. އުދުހޭ ދޫނިތަކަށް އެސޮރުމެންގެ ހާލިތައްވޭ. ނަމަވެސް *އިންސާނާގެ ދަރިކަލުންނަށް އޭނާގެ ބޯ އަޅާލާނެ ތަނެއް ވެސް ނުވޭ.“އީސާގެފާނު ވަޑައިގެން މަގުމަތީ ދިމާވި އެހެން މީހަކަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”އަހަންނާ އެކު އާދޭ.“މި މީހާ އީސާގެފާނަށް ދެންނެވިއެވެ.މާތްސާހިބާ! އަޅުގަނޑުގެ ފުރަތަމަ ގޮސް އަޅުގަނޑުގެ މަރުވެފައިވާ ބައްޕަ ކަފުންކޮށް ވަޅުލާފައި އަންނަން ދެން މަޑުކޮށްލައްވާ.“ އީސާގެފާނު ވިދާޅުވިއެވެ. ”މަރުވެފައިވާ މީހުން އެމީހުންގެ މަރުވެފައިވާ މީހުން ވަޅުލައިފާނެ. ނަމަވެސް ކަލޭ *މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭގޮތުން މީސްތަކުންނަށް އިޢުލާން ކުރޭ.“
އެހެންމީހަކު ވެސް އެކަލޭގެފާނަށް ދެންނެވިއެވެ. ”މާތްސާހިބާ! އަޅުގަނޑު ކަލޭގެފާނާއި އެކު ދާނަން. ނަމަވެސް ފުރަތަމަ އަޅުގަނޑު ގޮސް އަޅުގަނޑުގެ އާއިލާގެ މީހުންނާއި ހިތްހެޔޮކޮށް ސަލާމް ކޮށްފައި އަންނާނަން.“އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”ބިންކޮނުމަށް އުދަލީގައި ހިފުމަށްފަހު ފަހަތަށް ޖެހިއްޖެ މީހަކީ މާތްރަސްކަލާނގެ ރަސްކަންފުޅަށް ޚިދުމަތްކުރުމަށް އެކަށީގެންވާ މީހެއް ނޫން.“
ލޫކާސް 9:57-62

ދީނަށްޓަކައި ފިދާވާން މިތިބީ ތައްޔާރަށެވެ
އެތައްބައިވަރު މީހުންނެއް އީސާގެފާނާއި އެކު ދަތުރު ކުރަމުން އައެވެ. އެކަލޭގެފާނު އެމީހުންނާއި ދިމާއަށް އެނބުރި ވަޑައިގެން ވިދާޅުވިއެވެ.”އަހަރެންގެ ކައިރިއަށް އަތުވެއްޖެ ކޮންމެ މީހަކުމެ އެމީހެއްގެ ބައްޕަ އާއި މަންމައަށާއި އަނބިމީހާއަށާއި ދަރިންނަށާއި ބޭބެއިންނާއި ދައްތައިންނަށާއި އަދި ކީއްކުރަން އެމީހެއްގެ އަމިއްލަ ފުރާނައަށް ލޯބިވާވަރަށް ވުރެ ވެސް ބޮޑަށް އަހަރެން ދެކެ ލޯބިނުވަނީ ނަމަ އެމީހަކަށް އަހަރެން އެންގި މަގުން ހިނގައި އަހަރެންގެ އަސްހާބީއަކަށް ނުވެވޭނެ.
ލޫކާސް 14:25-26

    ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްހާބީންނަށް ވިދާޅުވިއެވެ. ”ކޮންމެ މީހަކުވެސް އަހަރެން ދެއްކި މަގުން ހިނގަން ބޭނުން ނަމަ އެމީހާގެ އަމިއްލަ އެދުންތައް ދޫކޮށްލަން ޖެހޭނެ. އަހަރެން ދެއްކި މަގުން ހިނގަން ބޭނުން ނަމަ ކޮންމެ މީހަކުމެ އެމީހެއްގެ އަމިއްލަ ފުރާނަ ވެސް ދިނުމަށް ތައްޔާރުގައި ވާންޖެހޭނެ. އަދި އަހަރެން ފަދައިން *ސަލީބެއްގައި އޮވެ މަރުވާން ޖެހުނު ކަމުގައި ވިޔަސް ކޮންމެ ދުވަހަކުމެ އެކަމަށް ތައްޔާރުގައި ވާންޖެހޭނެ. 
ލޯކާސް 9:23
*  *ސަލީބަށް ވުރެން ވޭން ދެނިވި ގޮތެއްގައި މަރާލެވޭނެ  އެހެން ގޮތެއް އިންސާނުންނަށް އެނގިފައެއް ނުވެއެވެ.

އެބައިމީހުންގެ ހުރިހާ މުދަލެއް ގުރުބާން ކުރަން ތައްޔާރަށެވެ
ވީމާ ކަލޭމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އަހަރެންގެ އަސްހާބީއަކަށް ވުމުގެ ކުރިން އެކަމުގެ އަގު ވަޒަން ކުރަން ޖެހޭނެ. އެކަމުގެ އަގަކީ ކަލޭމެންގެ ހުރިހާ އެއްޗެއް. މިފަދައިން ކަން ނުކުރާ މީހަކަށް އަހަރެންގެ އަސްހާބީއަކަށް ނުވެވޭނެ. *.
ލޫކާސް 14:33
   އެއްދުވަހަކު ދީނުގެ މަތީ ވެރިއަކު އީސާގެފާނު ކުރެން ސުވާލު ކުރެއްވިއެވެ. ”މަތިވެރި އެދުރުކަލޭގެފާނު. އަޅުގަނޑު *ނިމުމެއް ނުވާ ދުނިޔެ ލިބިގަތުމަށް ކުރަންވީ ކޮން ކަމެއްތޯ؟“ އީސާގެފާނު ވިދާޅުވިއެވެ. ”ކަލޭ އަހަރެންނާއި ދިމާލަށް މަތިވެރިއޭ ތިބުނީ ކީއްވެ؟ މާތްރަސްކަލާނގެ ފިޔަވާ އެހެން އެއްވެސް މަތިވެރި ފަރާތެއް އަދި މީހެއް ނުވޭ. މާތްރަސްކަލާނގެ ކުރެއްވި އަމުރުފުޅުތައް ކަލެއަށް ވެސް އެނގޭ ނު؟ ’ޒިނޭ ނުކުރާށޭ. މީހުން ނުމަރާށޭ. ވައްކަން ނުކުރާށޭ. ދޮގު ހެކި ނުދޭށޭ. ކަލޭގެ މައިންބަފައިންނަށް ގަދަރު ކުރާށޭ.‘“ އޭނާ ބުންޏެވެ. ”ތިޔަ ހުރިހާ ކަމެއް ކުޑައިރު އްސުރެ ފެށިގެން އަޅުގަނޑު ފަރުވާތެރިކަމާ އެކު ކުރަން.“ އޭނާގެ މިޖަވާބު އިވިވަޑައިގެން އީސާގެފާނު ވިދާޅުވިއެވެ. ”އެހެން ނަމަވެސް އަދި ކަލެއަށް ނުކުރެވި އޮތް އެއްކަމެއް އެބަ އޮތް. ކަލޭގެ އަތުގައި ވާނަމަ ވާހާ މުދަލެއް ވިއްކާލާ އެލާރި ފަޤީރުންނަށް ދީ. އޭރުން *ސުވަރުގޭގައި ކަލެއަށްޓަކާ ޚަޒާނާއެއް ވާނެ. ދެން އެއަށްފަހު އަހަރެންނާއި އެކު ދާން އާދޭ.“  މިހެން ވިދާޅުވި އަޑުއިވުމުން މިމީހާ ވަރަށް ދެރަވެއްޖެއެވެ. އެއީ މިމީހާއަކީ ވަރަށް ފައިސާވެރިއެކެވެ. އީސާގެފާނު އޭނާއަށް ބައްލަވާ ވިދާޅުވިއެވެ. ”މުއްސަނދިންނަށް *މާތްރަސްކަލާނގެ ރަސްކަންފުޅަކީ ކޮބައިކަން އެނގިހުރެމެ އެކަލާނގެ ޙަޒުރަތަށް އައުން ވަރަށް ދަތިކަމަކަށް ވޭ. މުއްސަންޖަކު އެމީހާގެ ދިރިއުޅުމުގެ ވެރިކަން މާތްރަސްކަލާނގެއާއި ހަވާލުކުރުމަށް ވުރެ ޖަމަލަކަށް ތިނޯހެއްގެ ފަގަ ތެރޭން ދިއުން ވެސް މާ ފަސޭހަވާނެ ކަން ކަށަވަރު.“
ލޫކާސް 18:18-25
*   ގެޔާއި މުދަލާއި މުސާރައާއި މިލްކިއްޔާތުގައި ވާ ތަކެއްޗާއި ވަޒީފާއާއި ލިބިފައި ހުރި ސެޓްފިކެޓަކާއި، މަގާމެއް.
އެބައިމީހުން އެކަލޭގެފާނާއި އެކަލޭގެފާނުގެ ބަސް ޤަބޫލުކުރުމަށް ލަދުނުގަންނާނެވެ
ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްހާބީންނަށް ވިދާޅުވިއެވެ. ”ކޮންމެ މީހަކުވެސް އަހަރެން ދެއްކި މަގުން ހިނގަން ބޭނުން ނަމަ އެމީހާގެ އަމިއްލަ އެދުންތައް ދޫކޮށްލަން ޖެހޭނެ. އަހަރެން ދެއްކި މަގުން ހިނގަން ބޭނުން ނަމަ ކޮންމެ މީހަކުމެ އެމީހެއްގެ އަމިއްލަ ފުރާނަ ވެސް ދިނުމަށް ތައްޔާރުގައި ވާންޖެހޭނެ. އަދި އަހަރެން ފަދައިން *ސަލީބެއްގައި އޮވެ މަރުވާން ޖެހުނު ކަމުގައި ވިޔަސް ކޮންމެ ދުވަހަކުމެ އެކަމަށް ތައްޔާރުގައި ވާންޖެހޭނެ. އަމިއްލަ ފުރާނަ ސަލާމަތް ކުރަން އުޅޭ ކޮންމެ މީހަކަށް ހަޤީޤީ ދިރިއުޅުން ގެއްލޭނެ. ނަމަވެސް އަހަރެންނަށްޓަކާ އެމީހެއްގެ ފުރާނަ ދޭ މީހަކަށް ހަޤީޤީ ދިރިއުޅުން ލިބޭނެ. މީހަކަށް އޭނާގެ ފުރާނަ ގެއްލިއްޖެނަމަ އޭނާއަށް މުޅި ދުނިޔެ ލިބުނު ކަމުގައި ވިޔަސް އެކަމުން ހުރީ ކޮންފައިދާއެއް؟ އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން، އަހަރެންގެ ބައްޕާފުޅު، މާތްރަސްކަލާނގެ ދެއްވާ މަތިވެރި ބާރާއި އެކަލާނގެ *މަލާއިކަތުންނާއިއެކު އަލުން އެނބުރި މިދުނިޔެއަށް އަންނާނަން. އެދުވަހުން އަހަރެންގެ ނަންގަނެ އަހަރެންގެ ބަސްތަކުގެ ވާހަކަދައްކާ އުޅެން ލަދު ގަތް މީހުންނަށް އަހަރެންގެ ގާތުގައި އެއްވެސް ޖާގައެއް ނުލިބޭނެ.
ލޫކާސް 9:23-26



No comments:

Post a Comment