Oct 26, 2010

ލަދުވެތި ކަމުން ޤަދަރުވެރިކަމަށް 3

ކުރިން ނިޔާކުރައްވާފައިވާ ދެކަންތަކެއް

އާދަމުގެ ދަރިންނާއިމެދު މާތް ﷲ ކުރިން އިރާދަކުރައްވާ ނިޔާ ކުރައްވާފައިވާ ކަންތައް އެކަލާނގެ ކީރިތި ޤުރުއާނުގައި ސާފުކޮށް ބަޔާން ކޮށްދެއްވާފައި ވެއެވެ. މިލަފުޒު 'މަޤުޟިއްޔާ'  މުޅި ޤުރުއާނުގައިވެސް ވަނީ އެންމެ ދެ ތަނުގައެވެ. އެއީ މަރިޔަމް ސޫރަތުގެ 21 ވަނަ އާޔަތާއި 71 ވަނަ އާޔަތެވެ. އޭގެ މާނައަކީ '(ގަދަ) އަމުރުން އަމުރު ކުރެވި ނިމިގެންވާ' ނުވަތަ (އެކަލާނގެ) 'ޤަޟާ ޤަދަރުގައި ނިޔާކޮށް ނިންމަވާފައިވާ' ކަމެކޭއެވެ.

قَالَ كَذَلِكِ قَالَ رَبُّكِ هُوَ عَلَيَّ هَيِّنٌ وَلِنَجْعَلَهُ ءايَةً لِلنَّاسِ وَرَحْمَةً مِنَّا وَكَانَ أَمْرًا مَقْضِيًّا
"އެ މަލާއިކަތާ ދެންނެވިއެވެ. ކަމަނާގެ ވެރިރަސްކަލާނގެ ވަޙީ ކުރައްވަނީ މިހެންނެވެ: 'އެއީ އަހުރެންނަށް ދާދި ފަސޭހަކަމެކެވެ. އަދި (ދަންނައެ) އަހުރެމެން (ކަމަނާގެ) ދަރިފުޅަކީ، އަހުރެމެންގެ ޙަޟުރަތުން މީސްތަކުންގެ ގާތަށް ފޮނުއްވި ނިޝާނަކަށް އަދި ރަޙްމަތެއް ކަމުގައި ލައްވާހުށީމެވެ. އަދި (ދަނެއު!) މިއީ އަމުރުވެވިގެން ނިމިގެންވާ ކަމެކެވެ." (މަރިޔަމް 21:19)

وَإِنْ مِنْكُمْ إِلَّا وَارِدُهَا كَانَ عَلَى رَبِّكَ حَتْمًا مَقْضِيًّا
"އަދި ކަލޭމެން (ކާފިރުން)ކުރެ ކޮންމެ މީހަކުވެސް އެ (ނަރަކަ) އަށް ވަންނާނެއެވެ. މިއީ ގަދަ އަމުރުން އަމުރު ކުރެވި ނިމިގެންވާ ކަމެކެވެ." (މަރިޔަމް 71:19)

މުޅި ޤުރުއާނުގައިވެސް މި ލަފުޒު 'މަޤުޟިއްޔާ' އޮތް އެހެން އާޔަތެއް ނުވެއެވެ. މަތީގައި ވާ ފުރަތަމަ އާޔަތުން ދައްކަނީ ﷲ ގެ ޤަޟާޤަދަރުގައި ނިންމަވާފައިވާ ރަޙްމަތުގެ ވާހަކައެވެ. ދެވަނަ އާޔަތުން ދައްކަނީ ހަމަ އެފަދައިން ނިންމަވާފައިވާ ނަރަކައިގެ އަލިފާނުގެ ވާހަކައެވެ. މުޅިން އިދިކޮޅު ދެ ކަންތައް ﷲ ކުރިން ނިންމަވާފައިވާކަން އެއީ ޝައުޤުވެރި ކަމެކެވެ. ނަރަކައިގެ އަލިފާނާއި ރަޙުމަތާއި އިއްތިފާޤުވާނެހެއްޔެވެ؟ ހަމަ ހިލާ ނުވާނެއެވެ. އެއީ މުޅިން އިދިކޮޅު ދެ ކަންތަކެވެ. ރަޙްމަތަކީ ނަރަކައިގެ އަލިފާނުގެ އިދިކޮޅެވެ. އަދި ނަރަކައިގެ އަލިފާނަކީ ރަޙްމަތުގެ އިދިކޮޅެވެ. ސުވަރުގޭގައި ﷲ ގެ ރަޙްމަތްފުޅު ލިބޭ މީހާއަކީ ނަރަކައިގެ އަލިފާނުގައި ﷲ ގެ ކޯފާއާއި ޢަޒާބު ލިބޭ މީހާގެ އިދިކޮޅެވެ. އިންސާނަކަށް ﷲ ގެ ރަޙްމަތްފުޅު ލިބިއްޖެނަމަ އެ އިންސާނަކު ނަރަކައަށް ނުދާނެއެވެ. އަދި ކިއެއްތަ، އެމީހަކު ދާނީ އަބަދަށްޓަކައި ދެމިތިބޭނެ ބަގީޗާއަށެވެ. (ސުވަރުގެއަށެވެ.) އެމީހެއްގެ ނަޞީބަކީ ދެމިހުންނަނިވި ނަރަކަ ނަމަ އެމީހަކަށް ﷲ ގެ ރަޙްމަތްފުޅު އެއްގޮތަކަށް ވެސް ނުލިބޭނެއެވެ.

އެހެންވީމާ މީގެ މާނައަކީ ކޮބައިބާއެވެ؟ މީގެ މާނައަކަށް ވާނީ މި އިދިކޮޅު ދެކަންތަކުގެ ތެރެއިން އަޅުގަނޑުމެން ބޭނުންގޮތެއް އިޚްތިޔާރު ކުރެވޭނެގޮތް އެކަލާނގެ އަމުރުފުޅުން ނިންމަވާފައި ވާކަން އެކަންޏެވެ. އަޅުގަނޑުމެން ﷲ ގެ ރަޙްމަތްފުޅު ބަލައިގަތުމެވެ. ނޫނީ އެކަލާނގެ އަޅުގަނޑުމެން ނަރަކައިގެ އަލިފާނުގެ ތެރެއަށް ފުރުއްވުމެވެ. އަޅުގަނޑުމެން ތެދުމަގުގައި ހިނގަނީ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް އެ ރަޙްމަތްފުޅު ލިބޭނެއެވެ. އެމަގުގައި ނުހިނގައިފިއްޔާ އަޅުގަނޑުމެންގެ ނަޞީބަކަށް ވާނީ، އެތަނަކުން އަޅުގަނޑުމެންގެ ޢިއްޒަތް އަޅުގަނޑުމެންނަށް ދުވަހަކުވެސް ނުލިބޭނޭ، ނަރަކައިގެ ހުތުރުވެގެންވާ ގަދަ ޢަޒާބެވެ. އަޅުގަނޑުމެންގެ ކުރިމަތީގައި ވާ އިޚްތިޔާރަކީ މިއީއެވެ: އަޅުގަނޑުމެން އެކަލާނގެ ރަޙްމަތްފުޅު ނުވަތަ ނަރަކައިގެ ވޭންދެނިވި ހުތުރު އަޒާބު ހޯދުމެވެ. އެއްވެސް މީހަކު ނަރަކައިން މަންޒިލެއް ބޭނުންވާނެބާއެވެ؟ ހަމަ ޔަގީނުންވެސް ނުވާނެއެވެ. ވީއިރު އަޅުގަނޑުމެން ދެމިހުންނަނިވި ދާއިމީ ބަގީޗާތަކަށް ގެންގޮސް ދޭނޭ ރަޙްމަތްފުޅު ޙާޞިލު ކުރާނީ ކިހިނެތް ބާއެވެ؟ ތެދު މަގު އަޅުގަނޑުމެން ގެންގޮސް ދެނީ ރަޙުމަތަށެވެ. އެ މަގާއި މެދު ޣާފިލުވުން، ގެންގޮސް ދޭނީ ހުތުރު ޢަޒާބުގެ ތެރެއަށެވެ.

قَالَا رَبَّنَا ظَلَمْنَا انفُسَنَا وَانْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنْ الْخَسِرِينَ
"އެދެކަނބަލުން ދެންނެވިއެވެ. 'އަޅަމެން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ. އަޅަމެން އަމިއްލަ ނަފްސަށް އަނިޔާވެރި ވެއްޖައިމެވެ. އަދި އިބަސުވާމީންގެ އަޅަމެންނަށް ޢަފޫ ކުރައްވައި ރަޙްމުވެރިވެ ވޮޑިނުގަންފިނަމަ ހަމަ ކަށަވަރުން އަޅަމެން ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." (އަޢުރާފް 23:7)

އެއްގޮތަކީ (ތެދުމަގުގައި އުޅެގެން) ﷲ ގެ ރަޙްމަތާއި މަޣްފިރަތު ލިބުމެވެ. އަނެއްގޮތަކީ (ނަރަކައިގެ ގަދަ ޢަޒާބުގައި) ގެއްލެނިވެގެން ދިޔުމެވެ.
ތެދުމަގުން ބޭރުގައި ހިނގަނިކޮށް އަޅުގަނޑުމެން މަރުވެއްޖެނަމަ އަޅުގަނޑުމެންގެ މަންޒިލަކަށް ވާނީ ﷲ ގަދަ އަމުރުން އަމުރު ކުރައްވާ ނިންމަވާފައިވާ ދެމިހުންނަނިވި ނަރަކައިގެ އަލިފާނެވެ. އެކަމަކު އަޅުގަނޑުމެން މަރުވާ އިރު ހިނގަމުން ދިޔައީ ތެދުމަގުގައި ކަމުގައިވާނަމަ އެ މަގު، އަޅުގަނޑުމެން ގެންދާނީ، ﷲ ގެ ރަޙްމަތަށާއި ދެމިހުންނަނިވި ބަގީޗާތަކަށެވެ.




ﷲ ގެ ރަޙްމަތްފުޅު

ތެދުމަގާއި ބެހޭ ގޮތުން ކީރިތި ޤުރުއާން އަޅުގަނޑުމެންނަށް އަންގަވަނީ ކީކޭބާއެވެ؟  ޢަމަލީ ގޮތުން އަޅުގަނޑުމެންނަށް ތެދުމަގުގައި ހިނގޭނީ ކިހިނެތް ބާއެވެ؟

وَلَمَّا ضُرِبَ ابْنُ مَرْيَمَ مَثَلًا إِذَا قَوْمُكَ مِنْهُ يَصِدُّونَ وَقَالُوا ءألِهَتُنَا خَيْرٌ أَمْ هُوَ مَا ضَرَبُوهُ لَكَ إِلَّا جَدَلًا بَلْ هُمْ قَوْمٌ خَصِمُونَ إِنْ هُوَ إِلَّا عَبْدٌ أَنْعَمْنَا عَلَيْهِ وَجَعَلْنَهُ مَثَلًا لِبَنِي إِسْرَءيلَ وَلَوْ نَشَاءُ لَجَعَلْنَا مِنْكُمْ مَلَئِكَةً فِي الْأَرْضِ يَخْلُفُونَ وَإِنَّهُ لَعِلْمٌ لِلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَاتَّبِعُون هَذَا صِرَطٌ مُسْتَقِيمٌ وَلَا يَصُدَّنَّكُمْ الشَّيْطَنُ إِنَّهُ لَكُمْ عَدُوٌّ مُبِينٌ وَلَمَّا جَاءَ عِيسَى بِالْبَيِّنَتِ قَالَ قَدْ جِئْتُكُمْ بِالْحِكْمَةِ وَلِأُبَيِّنَ لَكُمْ بَعْضَ الَّذِي تَخْتَلِفُونَ فِيهِ فَاتَّقُوا اللَّهَ وَأَطِيعُون إِنَّ اللَّهَ هُوَ رَبِّي وَرَبُّكُمْ فَاعْبُدُوهُ هَذَا صِرَطٌ مُسْتَقِيمٌ
"އަދި މަރިޔަމުގެފާނުގެ ދަރިކަލުން މިސާލެއް ކަމުގައި ދެއްވުނު ހިނދު ކަލޭގެފާނުގެ ޤައުމުގެ މީހުން އެކަމާއި މެދު މަލާމާތް ކޮށްގަތެވެ.
އަދި އެމީހުން ބުންޏެވެ. 'ރަގަޅީ ތިމަންމެންގެ ކަލާނގެތައްހޭ ނުވަތަ އެކަލޭގެފާނުހޭ؟' މިގޮތަށް އެމީހުން މިސާލު ޖަހަނީ ކަލޭގެފާނާއި ޖަދަލު ކުރުމަށްޓަކައި ފިޔަވައި އެހެން ބޭނުމަކު ނޫނެވެ. އަދި ކިއެއްހެއްޔެވެ. އެ މީހުންނަކީ ދެކޮޅުވެރި ބަޔަކީއެވެ.
އެކަލޭގެފާނަކީ ތިމަންސުވާމީންގެ އެކަލޭގެފާނަށް ނިޢުމަތް ލެއްވި އަޅަކީއެވެ. އަދި، ބަނީ އިސްރާއީލު ވަންހައިގެ މީހުންނަށް ޢިބްރަތް ހުރި މިސާލެއް ކަމުގައި އެކަލޭގެފާނު ލެއްވީމެވެ. އަދި ތިމަންސުވާމީންގެ އިރާދަ ކުރައްވައިފިނަމަ ދުނިޔޭގައި ވެރިކަން ކުރާނޭ މަލާއިކަތުންތަކެއް ތިޔަބައިމީހުންގެ ތެރެއިން ހައްދަވައިފީމުހެވެ. ހަމަ ކަށަވަރުން އެކަލޭގެފާނަކީ އެ ސާޢަތުގެ (ނުވަތަ ގަޑީގެ، ނުވަތަ ޤިޔާމަތް ދުވަހުގެ) ޢިލްމެވެ. ވީމާ އެކަމާއިމެދު ޝައްކު ނުކުރާށެވެ. އަދި ތިމަން ސުވާމީންގެއަށް ތަބާވާށެވެ. މިއީ ޙައްޤު ތެދު މަގެވެ.
އަދި ތިޔަބައިމީހުން އީމާންވުމަށް ޝައިޠާނާ ލައްވާ ހުރަސް އެޅުނަ ނުދޭށެވެ. ފަހެ އޭނާއަކީ ތިޔަބައިމީހުންނަށް ހުރި ފާޅުވެގެންވާ ދުޝްމިނެކެވެ. ފާޅުވެގެންވާ ދަލީލުތަކާއިގެން ޢީސާގެފާނު ވަޑައިގެން ވިދާޅުވިއެވެ. 'ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މިވަޑައިގަތީ ޙިކްމަތާއިގެންނެވެ. އަދި ތިޔަބައިމީހުން އެކަންތައްތަކާއިމެދު ޚިލާފުވާ ބައެއް ކަންތައްތައް ހާމަކޮށް ދެއްވުމަށެވެ. ފަހެ ތިޔަބައިމީހުން މާތް ﷲ އަށް ތަޤުވާވެރިވެ ތިމަންކަލޭގެފާނަށް ކިޔަމަން ވާހުށިކަމެވެ. ހަމަ ކަށަވަރުން މާތް ﷲ އީ ތިމަންކަލޭގެފާނާއި ތިޔަބައި މީހުން ހައްދަވައި ބޮޑުކުރެއްވި ކަލާނގެއެވެ. ފަހެ ތިޔަބައިމީހުން އެކަލާނގެ ކިބަފުޅަށް އަޅުކަންކުރާހުށިކަމެވެ. މިއީ ޙައްޤު ތެދުމަގެވެ." (ޒުޚްރުފް 43: 57-64 އަދި އާލު ޢިމްރާން ސޫރަތުގެ 50 ވަނަ އާޔަތާއި 51 ވަނަ އާޔަތްވެސް ބައްލަވާށެވެ.)

މި އާޔަތްތަކުން ތެދުމަގުގައި ހިނގުމާއި ބެހޭގޮތުން އަޅުގަނޑުމެންނަށް އާދެވުނީ ކޮން ޙައްލަކަށް ބާއެވެ؟ ތެދުމަގު ގުޅިފައި މިވަނީ ﷲ އަށް ތަޤުވާވެރިވުމާއި އެކަލާނގެ ކިބައަށް އަޅުކަންކުރުމާއިއެވެ.
وَلَمَّا جَاءَ عِيسَى بِالْبَيِّنَتِ قَالَ قَدْ جِئْتُكُمْ بِالْحِكْمَةِ وَلِأُبَيِّنَ لَكُمْ بَعْضَ الَّذِي تَخْتَلِفُونَ فِيهِ فَاتَّقُوا اللَّهَ وَأَطِيعُون إِنَّ اللَّهَ هُوَ رَبِّي وَرَبُّكُمْ فَاعْبُدُوهُ هَذَا صِرَطٌ مُسْتَقِيمٌ
"އަދި ތިމަން ސުވާމީންގެއަށް ތަބަޢަވާށެވެ. ތެދުމަގަކީ މިއީއެވެ." "ﷲ އަށް ބިރުވެތިވެ (ތަޤުވާވެރިވެ)، ޢީސާގެފާނަށް ކިޔަމަންވެ، ﷲ އަށް އަޅުކަން ކުރުމެވެ."
"ފަހެ ތިޔަބައިމީހުން މާތް ﷲ އަށް ތަޤުވާވެރިވެ ތިމަންކަލޭގެފާނަށް ކިޔަމަން ވާހުށިކަމެވެ. ހަމަ ކަށަވަރުން މާތް ﷲ އީ ތިމަންކަލޭގެފާނާއި ތިޔަބައި މީހުން ހައްދަވައި ބޮޑުކުރެއްވި ކަލާނގެއެވެ. ފަހެ ތިޔަބައިމީހުން އެކަލާނގެ ކިބަފުޅަށް އަޅުކަންކުރާހުށިކަމެވެ. މިއީ ޙައްޤު ތެދުމަގެވެ."

އެހެންވީމާ އަޅުގަނޑުމެން ﷲ އަށް އަޅުކަންކޮށް އެކަލާނގެއަށް ތަޤުވާވެރިވެ އެކަލާނގެއަށް ތަބަޢަ ވާންޖެހޭނެއެވެ. އަދި އަޅުގަނޑުމެންގެ ސާހިބު ޢީސާގެފާނަށް ކިޔަމަން ވާން ޖެހޭނެއެވެ. ތެދުމަގުގައި ހިނގުމުގައި، އެހެންވީމާ، އެކުލެވިގެން ވާ ކަންތައްތަކަކީ:
  • ﷲ އަށް ތަބަޢަވުމެވެ. "އަދި ތިމަންސުވާމީންގެއަށް ތަބަޢަވާށެވެ."
  • ﷲ އަށް ބިރުވެތި ވުމެވެ. "ﷲ އަށް ތަޤުވާވެރި ވާށެވެ."
  • އަޅުގަނޑުމެންގެ ސާހިބާ ޢީސާ ގެފާނަށް ކިޔަމަންވުމެވެ. "ތިމަންކަލޭގެފާނަށް ކިޔަމަން ވާށެވެ."
  • ﷲ އަށް އަޅުކަން ކުރުމެވެ. "ވީމާ ﷲ އަށް އަޅުކަން ކުރާށެވެ."
މަރިޔަމް ސޫރަތުގައި ﷲ ގެ އަމުރުފުޅަށް، އަޅުގަނޑުމެންނަށް ދެއްވަން ނިންމަވާފައި ވާ ރަޙުމަތްފުޅުގެ ވާހަކައިންވެސް އިޝާރާތް ކުރައްވަނީ ހަމަ މި މިޞްރާބަށެވެ.

قَالَ كَذَلِكِ قَالَ رَبُّكِ هُوَ عَلَيَّ هَيِّنٌ وَلِنَجْعَلَهُ ءايَةً لِلنَّاسِ وَرَحْمَةً مِنَّا وَكَانَ أَمْرًا مَقْضِيًّا
"އެ މަލާއިކަތާ ދެންނެވިއެވެ. ކަމަނާއެ ވެރިރަސްކަލާނގެ ވަޙީ ކުރައްވަނީ މިހެންނެވެ: 'އެއީ އަހުރެންނަށް ދާދި ފަސޭހަކަމެކެވެ. އަދި (ދަންނައެ) އަހުރެމެން (ކަމަނާގެ) ދަރިފުޅަކީ، އަހުރެމެންގެ ޙަޟުރަތުން މީސްތަކުންގެ ގާތަށް ފޮނުވި ނިޝާނަކަށް އަދި ރަޙްމަތެއް ކަމުގައި ލާހުށީމެވެ. އަދި (ދަނެއު!) މިއީ އަމުރުވެވިގެން ނިމިގެންވާ ކަމެކެވެ." (މަރިޔަމް 21:19)

قَالَ إِنَّمَا أَنَا رَسُولُ رَبِّكِ لِأَهَبَ لَكِ غُلَمًا زَكِيًّا قَالَتْ أَنَّى يَكُونُ لِي غُلَمٌ وَلَمْ يَمْسَسْنِي بَشَرٌ وَلَمْ أَكُْ بَغِيًّا
"މީސްތަކުންގެގާތަށް މާތް ﷲ ފޮނުއްވި މުޢުޖިޒާތަކަށް (ނިޝާނަކަށް) އަދި ރަޙްމަތަކަށް މާތް ﷲ ލެއްވީ" ކޮން ބޭފުޅެއް ބާއެވެ؟ އޭގެ ކުރީ ދެ އާޔަތެކޭ އެއްފަދައިން މި އާޔަތުގައިވެސް ނަންގަނެވިގެންވާ ބޭފުޅަކީ އަޅުގަނޑުމެންގެ ސާހިބާ ޢީސާގެފާނުގެ ވާހަކައެވެ.
"އެ މަލާއިކަތާ ބުންޏެވެ. "އަހުރެންނަކީ ކަމަނާގެ ވެރި ރަސްކަލާނގެ ފޮނުއްވި ރަސޫލަކީމެވެ. (އެކަލާނގެ ވަޙީކުރައްވައެވެ.) 'އަހުރެން ކަމަނާއަށް އުޅުން މަތިވެރި (ނުހަނު) ޠާހިރު (ފާފަތަކުން ސާފުވެގެންވާ) (ޞާލިޙު) ފިރިހެން ދަރިފުޅަކު ދެއްވާ ވޮޑިގަންނަވާހުށީމެވެ.'
އެކަމަނާ ބުންޏެވެ.  'އަޅާއަށް ދަރިއަކު ލިބޭހުށީ ކޮން އިރަކުންތޯއެވެ؟ އަދި މިވީހާތަނަށް، ދުވަހަކުވެސް އަޅުގެ ގައިގައި އެއްވެސް ފިރިހެނަކު ޖެހިފައެއް ނުވެއެވެ! އަދި، އަޅު، އަބުރުނެތް ގޮތެއްގައި، ނުމެ އުޅެންމެއެވެ.'" (މަރިޔަމް 19:19-20)

އެހެންވީމާ ﷲ ކުރިން ނިޔާކުރައްވާފައިވާ ރަޙްމަތްފުޅަކީ އަޅުގަނޑުމެންގެ ސާހިބު ޢީސާގެފާނެވެ. އަދި ތެދުމަގުގައި ހިނގުން ގުޅިފައިވަނީ ޢީސާގެފާނަށް ކިޔަމަން ވުމާއިއެވެ.




ޝަރުޠުތަކެއް ފުރިހަމަވެފައި

އަޅުގަނޑުމެންގެ ގެއްލިފައިވާ ޢިއްޒަތް އަނބުރާ ހޯއްދަވައި ދެއްވުމަށް ޓަކައި ﷲ ފޮނުއްވި ޢިއްޒަތްތެރިޔާ އަކީ އަޅުގަނޑުމެންގެ ސާހިބު ޢީސާގެފާނު ބާއެވެ؟ އަޅުގަނޑުމެން މަތީގައި ނަންގަނެފައިވާ ހުރިހާ ސިފަފުޅުތަކެއް އެކަލޭގެފާނުގެ ކިބައިގައި ވޭ ބާއެވެ؟
އެއީ:
  • ހުރިހާ (ފާފަތަކުން) ޠާހިރު ވެގެންވާ މީހަކަށް ވާންޖެހޭނެއެވެ.
  • މަތިވެރި މަޤާމެއް ލިބިފައި ވާންޖެހޭނެއެވެ.
  • ޢިއްޒަތްތެރިއަކަށް ވާން ޖެހޭނެއެވެ.
  • ﷲ އާއި ކުއްތަން ވެގެންވާ ބޭފުޅަކަށް ވާންޖެހޭނެއެވެ.
އަޅުގަނޑުމެންގެ ސާހިބު ޢީސާގެފާނުގެ ސިފަފުޅުތަކާއި ބެހޭގޮތުން ކިޔާލަމާ ހިނގާށެވެ.

قَالَ إِنَّمَا أَنَا رَسُولُ رَبِّكِ لِأَهَبَ لَكِ غُلَمًا زَكِيًّا
"އެ މަލާއިކަތާ ބުންޏެވެ. "އަހުރެންނަކީ ކަމަނާގެ ވެރި ރަސްކަލާނގެ ފޮނުއްވި ރަސޫލަކީމެވެ. (އެކަލާނގެ ވަޙީކުރައްވައެވެ.) 'އަހުރެން ކަމަނާއަށް އުޅުން މަތިވެރި (ނުހަނު) ޠާހިރު (ފާފަތަކުން ސާފުވެގެންވާ) (ޞާލިޙު) ފިރިހެން ދަރިފުޅަކު ދެއްވާ ވޮޑިގަންނަވާހުށީމެވެ.' (މަރިޔަމް 19:19)

يَا أَهْلَ الْكِتَبِ لَا تَغْلُوا فِي دِينِكُمْ وَلَا تَقُولُوا عَلَى اللَّهِ إِلَّا الْحَقَّ إِنَّمَا الْمَسِيحُ عِيسَى ابْنُ مَرْيَمَ رَسُولُ اللَّهِ وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِنْهُ فَآمِنُوا بِاللَّهِ وَرُسُلِهِ وَلَا تَقُولُوا ثَلَاثَةٌ انتَهُوا خَيْرًا لَكُمْ إِنَّمَا اللَّهُ إِلَهٌ وَاحِدٌ سُبْحَانَهُ أَنْ يَكُونَ لَهُ وَلَدٌلَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَكَفَى بِاللَّهِ وَكِيلًا
"ހަމަ ކަށަވަރުން މަރިޔަމުގެފާނުގެ ދަރިކަލުން މަސީޙު ޢީސާގެފާނަކީ ﷲ ގެ ރަސޫލާއެވެ. އަދި، އެކަލާނގެ މަރިޔަމުގެފާނަށް ފޮނުއްވި، އެކަލާނގެ ބަސްފުޅެވެ. (އަމުރުފުޅެވެ.) އަދި އެކަލާނގެ ޙަޟުރަތުން ފޮނުއްވި ރޫޙުފުޅެކެވެ." (ނިސާ 171:4)

اذ قالت الملائكة يامريم ان الله يبشرك بكلمة منه اسمه المسيح عيسى ابن مريم وجيها في الدنيا والاخرة ومن المقربين
"މަލާއިކަތުން ދެންނެވި ހިނދެވެ. އޭ މަރިޔަމުގެފާނެވެ. މާތް ﷲ ގެ ކިބަފުޅުން ކަލިމަ ފުޅެއް (ކަމަށްވާ ދަރިކަލަކު) ކަނބުލޭގެފާނަށް ލިބި ވަޑައިގަންނަވާނޭ ކަމުގެ އުފާވެރި ޚަބަރު އެކަލާނގެ ކަނބުލޭގެފާނަށް އަންގަވަތެވެ. އެ ދަރިކަލުންގެ ނަމަކީ މަރިޔަމުގެ ފާނުގެ ދަރިކަލުން މަސީޙް ޢީސާ އެވެ. ދުނިޔެއާއި އާޚިރަތުގައި މާތްކަމާއި މަތިވެރިކަން ލިބިގެންވާ، އަދި މާތް ﷲ އާއި އަރިސް ކުރެވިގެންވާ ބޭފުޅަކު ކަމުގައި އެކަލޭގެފާނު ވާ ހުއްޓެވެ." (އާލު ޢިމްރާން 45:3)

އެހެންވީމާ އަޅުގަނޑުމެންގެ ސާހިބު ޢީސާގެފާނަކީ:
  • އެންމެހާ ފާފަތަކުން ޠާހިރުވެގެންވާ ޞާލިޙް ބޭފުޅެކެވެ.
  • މަތިވެރި މަޤާމެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. "އެކަލާނގެ މަރިޔަމުގެފާނުގެ އަރިހަށް ފޮނުއްވި ﷲ ގެ ކަލިމަފުޅެވެ. އަދި އެކަލާނގެ ޙަޟުރަތުން ފޮނުއްވުނު ރޫޙުފުޅެކެވެ."
  • ޢިއްޒަތްތެރި ބޭފުޅެކެވެ. "ދުނިޔެއާއި އާޚިރަތުގައި މާތްކަމާއި މަތިވެރިކަން ލިބިގެންވާ" ބޭފުޅެކެވެ.
  • މާތް ﷲ އާއި އަރިސް ބޭފުޅެކެވެ. "އަދި މާތް ﷲ އާއި އަރިސް ކުރެވިގެންވާ ބޭފުޅަކު ކަމުގައި އެކަލޭގެފާނު ވާ ހުއްޓެވެ."
އަދި މިއަށްވުރެވެސް މުހިއްމު ކަމަކީ މުޅި ޤުރުއާނުގައިވެސް ފާފައެއް ނެތް ޠާހިރު ބޭފުޅަކު ކަމުގައި ނަންގަނެވިގެން ވަނީ ހަމަ އެކަނި އަޅުގަނޑުމެންގެ ސާހިބު ޢީސާގެފާނެވެ. އެކަލާނގެ ޙަޟުރަތުން ފޮނުއްވުނު ކަލިމަފުޅެއްގެ ގޮތުގައި ބަޔާން ކުރެވިގެންވަނީވެސް އެކަލޭގެފާނެވެ. އެކަލާނގެ ޙަޟުރަތުން ފޮނުއްވުނު ރޫޙުފުޅެއްގެ ގޮތުގައި ވަނީވެސް ހަމައެކަނި އެކަލޭގެފާނެވެ.  ދުނިޔެއާއި އާޚިރަތުގައި މާތް ކަމާއި މަތިވެރި ދަރަޖަ ލިބިގެންވާ ބޭފުޅެއް ކަމުގައި ބަޔާން ކުރައްވާފައި ވަނީ ހަމައެކަނި އެކަލޭގެފާނެވެ. އަދި ﷲ އާއި އަރިސް ބޭފުޅަކު ކަމުގައި ޢީސާގެފާނު ފިޔަވައި އެހެން އެއްވެސް ބޭފުޅަކު ވާ ކަމަށް ކީރިތި ޤުރުއާނުގައި ނުވެއެވެ.




ޤުރުބާނީ

އެކަމަކު ލޭ އޮހޮރުވުން އެއީ އަޅުގަނޑުމެންގެ ސާހިބު ޢީސާގެފާނުގެ މައްޗަށްވެސް ހިންގުނު ކަމެއްބާއެވެ؟

اِذْ قَالَ اللَّهُ يَعِيسَى اِنِّي مُتَوَفِّيكَ وَرَافِعُكَ اِلَيَّ وَمُطَهِّرُكَ مِنْ الَّذِينَ كَفَرُوا وَجَاعِلُ الَّذِينَ اتَّبَعُوكَ فَوْقَ الَّذِينَ كَفَرُوا اِلَى يَوْمِ الْقِيَمَةِ ثُمَّ اِلَيَّ مَرْجِعُكُمْ فَاحْكُمُ بَيْنَكُمْ فِيمَا كُنْتُمْ فِيهِ تَخْتَلِفُونَ
"ޢީސާގެފާނަށް މާތް ﷲ ވަޙީ ކުރެއްވި ހިނދެވެ. 'އޭ ޢީސާގެފާނެވެ. އަހުރެން ކަލޭގެފާނު މަރުއްވާހުށީމެވެ. އަދި އަހުރެންގެ ގާތަށް އުފުއްލަވައި މަތިވެރި ކުރައްވާހުށީމެވެ. އަދި ކާފަރުންގެ ފަރާތުން ކަލޭގެފާނު ދުރުކުރައްވާހުށީމެވެ. އަދި ޤިޔާމަތް ދުވަހާއި ޖެހެންދެންވެސް ކާފިރުވީ މީހުންނަށްވުރެ މަތިވެރި ދަރަޖައެއްގައި ކަލޭގެފާނަށް ތަބަޢަވީ މީހުން ލައްވާހުށީމެވެ. އެއަށްފަހު ކަލޭމެން އެނބުރި އަންނަހުށީ އަހުރެންގެ ޙަޟުރަތަށެވެ. އެއިރުން ކަލޭމެންގެ މެދުގައި ދެބަސްވެވުނު ކަންތަކާއިމެދު އަހުރެން ފައިޞަލާ ކުރައްހުށީމެވެ.'" (އާލު ޢިމްރާން 55:3)

مَا قُلْتُ لَهُمْ إِلَّا مَا أَمَرْتَنِي بِهِ أَنْ اعْبُدُوا اللَّهَ رَبِّي وَرَبَّكُمْ وَكُنتُ عَلَيْهِمْ شَهِيدًا مَا دُمْتُ فِيهِمْ فَلَمَّا تَوَفَّيْتَنِي كُنتَ أَنْتَ الرَّقِيبَ عَلَيْهِمْ وَأَنْتَ عَلَى كُلِّ شَيْءٍ شَهِيدٌ
"އެމީހުންގެ ތެރޭގައި މިއަޅާ ހުރިހައި ހިނދަކު އެ ބައިމީހުންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި ވީމެވެ. ދެން އިބަސުވާމީންގެ މިއަޅާ މަރުއްވައިފި ހިނދު އެބައިމީހުންގެ މައްޗަށް ބައްލަވާ ކަމުގައި އިބަ ސުވާމީންގެ ވޮޑިގެންފީމުއެވެ. ކޮންމެ ކަމެއްގެ މައްޗަށް އިބަސުވާމީންގެއަކީ ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ." (މާއިދާ 117:5)

ފުރަތަމަ އާޔަތުން ވަޙީ ކުރައްވަނީ މުސްތަޤުބަލުގައި ކުރައްވާނެ ކަމަކާއި މެދުގައެވެ. "ﷲ ވަޙީ ކުރެއްވިއެވެ. އަހުރެން ކަލޭގެފާނު މަރުއްވާ ހުށީމެވެ."
ދެވަނަ އާޔަތުން ދައްކަވަނީ މާޒީވެއްޖެ ކަމެއްގެ ވާހަކައެވެ. "ދެން އިބަސުވާމީންގެ މިއަޅާ މަރުއްވައިފި ހިނދު" އޭއެވެ.
އެހެންވީމާ އޭގެ ޖަވާބަކީ އާއެކޭއެވެ. އަޅުގަނޑުމެންގެ ސާހިބު ޢީސާގެފާނު މަރުވިއެވެ. އެކަލޭގެފާނަކީ އަޅުގަނޑުމެންގެ ސާހިބު އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިކަލުންގެ ބަދަލުގައި ކުރެއްވި މަތިވެރި ޤުރުބާނީގައްޔާއި އަޅުގަނޑުމެންގެ ސާހިބު އާދަމުގެފާނަށާއި އެކަލޭގެފާނުންގެ އަނބިކަނބަލުންނަށް ފޭރާން ހެއްދެވުމަށްޓަކައި ޤުރުބާންކުރެވުނު ޖަނަވާރުތަކުގެ ލެއަށް ޙަވާލާދެވޭ ރަމްޒެވެ.
.

ލަދުވެތި ކަމުން ޤަދަރުވެރިކަމަށް 4

ލަޤަބުފުޅުތައް

އަޅުގަނޑުމެން ﷲ ގެ ޙަޟުރަތަށް އަނބުރާ ގެންގޮސް ދޭނޭ މީހަކު ﷲ ޢައްޔަން ކުރައްވާނެކަން ކަށަވަރުކޮށް ދެނެގަތުމަށްޓަކައި، އެކަލޭގެފާނަކީ އަޞްލުގައިވެސް ﷲ އަޅުގަނޑުމެންގާތަށް ފޮނުއްވި ބޭކަލެއްކަން ދެނެގަތުން ކޮންމެހެން ބޭނުމެވެ. ﷲ މި މީހާ ފޮނުއްވާފައިވަނީ އަޅުގަނޑުމެންގެ ގާތަށް ބާއެވެ؟

يَا أَهْلَ الْكِتَبِ لَا تَغْلُوا فِي دِينِكُمْ وَلَا تَقُولُوا عَلَى اللَّهِ إِلَّا الْحَقَّ إِنَّمَا الْمَسِيحُ عِيسَى ابْنُ مَرْيَمَ رَسُولُ اللَّهِ وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِنْهُ فَآمِنُوا بِاللَّهِ وَرُسُلِهِ وَلَا تَقُولُوا ثَلَاثَةٌ انتَهُوا خَيْرًا لَكُمْ إِنَّمَا اللَّهُ إِلَهٌ وَاحِدٌ سُبْحَانَهُ أَنْ يَكُونَ لَهُ وَلَدٌلَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَكَفَى بِاللَّهِ وَكِيلًا
"ހަމަ ކަށަވަރުން މަރިޔަމުގެފާނުގެ ދަރިކަލުން މަސީޙު ޢީސާގެފާނަކީ ﷲ ގެ ރަސޫލާއެވެ. އަދި، އެކަލާނގެ މަރިޔަމުގެފާނަށް ފޮނުއްވި، އެކަލާނގެ ބަސްފުޅެވެ. (އަމުރުފުޅެވެ.) އަދި އެކަލާނގެ ޙަޟުރަތުން ފޮނުއްވި ރޫޙުފުޅެކެވެ." (ނިސާ 171:4)

އަޅުގަނޑުމެންގެ ސާހިބު ޢީސާގެފާނަކީ ﷲ ގެ ރަސޫލާއެވެ. އަދި އެކަލާނގެ ޙަޟުރަތުގައި އޮތް އެކަލާނގެ ބަސްފުޅެވެ. ދެން އެކަލޭގެފާނު އިންސާނެއްގެ ގޮތުގައި އުފަން ކުރެއްވުމަށްޓަކައި އެކަލޭގެފާނު މަރިޔަމުގެފާނަށް ފޮނުއްވުނީއެވެ. އަޅުގަނޑުމެންގެ ގެއްލިފައިވާ ޢިއްޒަތް އަލުން އަޅުގަނޑުމެންނަށް ހޯދައި ދިނުމަށްޓަކައި ބޭނުންވާ ހުރިހާ ސިފަތަކެއް ލިބިވަޑައިގެން ހުންނެވި ހަމައެކަނި ބޭކަލަކީ އެކަލޭގެފާނެވެ.





ކިޔަމަންތެރިކަން ބޭނުންވެއެވެ

އަޅުގަނޑުމެންގެ ސާހިބު ޢީސާގެފާނަށް ތަބަޢަވެގެން، ﷲ އަށް އަޅުކަން ކުރަމުން، ޢީސާގެފާނަށް ކިޔަމަންގަނެގެން، ﷲ އަށް ތަޤުވާވެރިކަން މަތީގައި އަޅުގަނޑުމެން ތެދުމަގުގައި ހިނގުން އިޚްތިޔާރު ކޮށްފިނަމަ އަޅުގަނޑުމެންގެ ގެއްލިފައިވާ ޢިއްޒަތް އަޅުގަނޑުމެންނަށް އަނބުރާ ލިބިދާނެއެވެ. އެކަމަކު މިކަންތައްތައް ކުރަން އަޅުގަނޑުމެން އިންކާރުކޮށްފިނަމަ އަޅުގަނޑުމެންނަށް އޮތީ މާކުރިން ﷲ ކަނޑައަޅުއްވައި ނިންމަވާފައިވާ ދެމިހުންނަނިވި ނަރަކައިގެ އަލިފާނުގެ ތެރޭގައި ހުތުރުވެގެންވާ ޢަޒާބުން ފުރިގެންވާ މަންޒިލެކެވެ.

أُوْلَئِكَ هُمْ الْكَافِرُونَ حَقًّا وَأَعْتَدْنَا لِلْكَافِرِينَ عَذَابًا مُهِينًا
"އެމީހުންނަކީ ހަމަ ކަށަވަރުން ކާފިރުންނެވެ. އަދި ކާފިރުންނަށްޓަކައި ހުތުރުވެގެންވާ ޢަޒާބު ތިމަން ސުވާމީންގެ ތައްޔާރުކުރައްވާފައި ވަމެވެ." (ނިސާ 151:4)

އަޅުގަނޑުމެން އެހެންވީމާ ވަކިގޮތެއް މިހާރު އިޚްތިޔާރު ކުރަންވެއްޖެއެވެ. މާތް ﷲ އެކަލާނގެ ރަޙްމަތެއް ކަމުގައި ލެއްވި އަޅުގަނޑުމެންގެ ސާހިބު ޢީސާގެފާނަށް ކިޔަމަންތެރިވެ ތެދުމަގުގައި ހިނގަން އަޅުގަނޑުމެން ބޭނުންވޭބާއެވެ؟ ނޫނީ އަޅުގަނޑުމެން ބޭނުންވަނީ ދެމިހުންނަނިވި އަލިފާނުގެ ނުބައިވެގެންވާ ޢަޒާބު ބާއެވެ؟


ޢީސާގެފާނަށް ތަބަޢަވާ މީހުންގެ މަތިވެރިވެގެންވާ މަޤާމު

އަލް މަސީޙު ޢީސާގެފާނުގެ މަދަދުގާރުންނަށް ޚާއްޞަ ނިޢުމަތްތަކެއް މާތް ﷲ ވަޢުދު ކުރައްވާފައިވެއެވެ.

فَلَمَّا احَسَّ عِيسَى مِنْهُمْ الْكُفْرَ قَالَ مَنْ انْصَارِي اِلَى اللَّهِ قَالَ الْحَوَارِيُّونَ نَحْنُ انْصَارُ اللَّهِ ءامَنَّا بِاللَّهِ وَاشْهَدْ بِانَّا مُسْلِمُونَ رَبَّنَا ءامَنَّا بِمَا انْزَلْتَ وَاتَّبَعْنَا الرَّسُولَ فَاكْتُبْنَا مَعَ الشَّهِدِينَ وَمَكَرُوا وَمَكَرَ اللَّهُ وَاللَّهُ خَيْرُ الْمَكِرِينَ اِذْ قَالَ اللَّهُ يَعِيسَى اِنِّي مُتَوَفِّيكَ وَرَافِعُكَ اِلَيَّ وَمُطَهِّرُكَ مِنْ الَّذِينَ كَفَرُوا وَجَاعِلُ الَّذِينَ اتَّبَعُوكَ فَوْقَ الَّذِينَ كَفَرُوا اِلَى يَوْمِ الْقِيَمَةِ ثُمَّ اِلَيَّ مَرْجِعُكُمْ فَاحْكُمُ بَيْنَكُمْ فِيمَا كُنْتُمْ فِيهِ تَخْتَلِفُونَ
"ދެން ފަހެ އެމީހުންގެ ކިބައިން ކުފުރުވެރިކަން ޢީސާގެފާނަށް އިޙްސާސް ކުރެއްވުނު ހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. 'މާތް ﷲ ގެ މަގުގައި އަހުރެންގެ މަދަދު ގާރުންނަށް ވެދޭނީ ކޮންބައެއްހެއްޔެވެ؟' ހަވާރީންގެ މީހުން ދެންނެވިއެވެ. '(ﷲ ގެ މަގުގައި) އެހީތެރިވެދޭނެ މީހުންނަކީ އަޅުގަނޑުމެންނެވެ. އަޅުގަނޑުމެން ﷲ ގެ ކިބަފުޅަށް އީމާން ވެއްޖައީމެވެ. އަދި އަޅުގަނޑުމެންނަކީ އިސްލާމްވެ ކިޔަމަން ވެގެން ތިބި މީހުންކަމަށް ކަލޭގެފާނު ހެކިވެވަޑައިގަންނަވާށެވެ. އޭ އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ. އިބަސުވާމީންގެ ބާވައިލެއްވި ފޮތަށް އަޅަމެން އީމާންވެއްޖައީމެވެ. އަދި ފޮނުއްވި ރަސޫލާއަށް އަޅަމެން ތަބަޢަ ވެއްޖައީމެވެ. ދެންފަހެ އީމާންވެ ހެކިވެގެންވާ މީހުންގެ ތެރޭގައި އަޅަމެން ލިޔުއްވާނދޭވެ.' އަދި އެމީހުން މަކަރުހަދައި ނުބައި ރޭވުންތައް ރޭވިއެވެ. އަދި މާތް ﷲ (އެމީހުންގެ ރޭވުންތައް ބާޠިލުވެ އަދި އެމީހުންނަށް ކެހި ލިބޭނޭގޮތަށް) ތަދުބީރު ކުރެއްވިއެވެ. ފަހެ ރޭވުމުގެ ކެހިވެރިކަމާއި މަކަރުވެރިކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. އަދި މާތް ﷲ ވަޙީ ކުރެއްވި ހިނދެވެ. 'އޭ ޢީސާގެފާނެވެ. އަހުރެން ކަލޭގެފާނުގެ މަރު ހިއްޕަވާ ހުށީމެވެ. އަދި އަހުރެންގެ ޙަޟުރަތަށް އުފުއްލަވައި މަތިވެރި ކުރައްވާހުށީމެވެ. އަދި ކާފިރުވީ މީހުންގެ ކިބައިން ކަލޭގެފާނު ދުރުކުރައްވާހުށީމެވެ. އަދި ޤިޔާމަތް ދުވަހާއި ޖެހެންދެންވެސް ކަލޭގެފާނަށް ތަބަޢަވީ މީހުން ކާފިރުންނަށްވުރެ މަތީ ދަރަޖައިގައި ލައްވާހުށީމެވެ. އަދި އެއަށްފަހު ކަލޭމެން އެނބުރި އަންނަހުށީ އަހުރެންގެ ޙަޟުރަތަށެވެ. އެއިރުން ކަލޭމެންގެ މެދުގައި ދެބަސްވެވުނު ކަންތަކާއިމެދު އަހުރެން ފައިޞަލާ ކުރައްވާހުށީމެވެ.'" (އާލު ޢިމްރާން 3: 52-55)

ﷲ ތަޢާލާ އެންމެ ފަހުގެ ދުވަސް، އިންޞާފުކުރައްވާ ދުވަސް ތައްޔާރުކުރައްވާފައި ވެއެވެ. ކާފަރު ތަކުންނަށް ވުރެ މަތީ ދަރަޖައިގައި ޢީސާގެފާނަށް ތަބަޢަވީ މީޙުން ލައްވާނެއެވެ. ހަމަ އެކަނި މިދުނިޔޭގައެއް ނޫނެވެ. އަދި ކިއެއްތަ، އަންނަން އޮތް ދުނިޔޭގަވެސް މެއެވެ.


މުޙައްމަދުގެފާނުގެ ކަށަވަރުކަން

މުޙައްމަދުގެފާނު ވަޑައިގަތީ އަލް މަސީޙް ޢީސާގެފާނަށްވުރެ 600 އަހަރު ފަހުންނެވެ. އެކަލޭގެފާނާއި ޙަވާލު ކުރެވުނު ޚާއްޞަ ރޯލުތަކާއި މަސައްކަތްތައް ޤުރުއާނުން ބަޔާން ކޮށްދެއެވެ.:
  • (ކުރިން އެއްވެސް ރަސޫލުބޭކަލަކު ފޮނުވިފައި ނުވާ) ޢަރަބި ޤަބީލާތަކުގެ ރަސޫލަކަށް ވުމެވެ. (7:42، މަރިޔަމް 97:19)
  • ބުދަށް އަޅުކަން ކުރުމާއި ދެކޮޅަށް އަދި ޤިޔާމަތް ދުވަހާއި މެދު އިންޒާރު ދެއްވުމެވެ. (7:42)
  • އާ ދީނެއް ފެއްޓެވުމަކަށް ނޫނެވެ. އެކަމަކު ކުރިން ވަޑައިގަތް ރަސޫލުބޭކަލުންގެ ރިސާލަތު ޔަޤީން ކޮށް ދެއްވުމަށެވެ. (42 ވަނަ ސޫރަތުގެ 13 ވަނަ އާޔަތް، އަޙްޤާފު 9:46، އާލު ޢިމްރާން 33:3، 52:3)
  • ކުރިން ބާވައިލެއްވުނު ފޮތްތަކާއި ނިޝާންތައް ކަށަވަރުކޮށް ދިނުމެވެ. (އަންޢާމް 126:6، ޔޫނުސް 10: 94-95)
  • ތެދު މަގު ދޫކޮށްލާފައި ތިބި މީހުން އިޞްލާޙްކޮށް އިންޒާރު ދިނުމެވެ. (މާއިދާ 5: 13+41+68)
  • ޔަހޫދީން އިންކާރުކުރާ ގޮތާއި ޚިލާފަށް، ޢީސާގެފާނަކީ އަޞްލު މަސީޙު ކަން ކަށަވަރުކޮށް ދެއްވުމެވެ. (އާލު ޢިމްރާން 45:3)
  • ﷲ ގެ ރަޙްމަތަށް ފޯކަސް ކުރުމަށެވެ. (ނިސާ 4: 64+106)
  • ތައުބާ ވުމުގެ ދިރިއުޅުމެއް ދިރިއުޅުމެވެ. (ނިސާ 146:4، މާއިދާ 5: 34+39، ފަޖުރު 34:14)
    • "ކޮންމެ އާދަމުގެ ދަރިޔަކީ ފާފަވެރިޔެކެވެ. އަދި ފާފަވެރިންގެ ތެރެއިން އެންމެ ރަގަޅީ ކެނޑިނޭޅި ތައުބާ ވާ މީހާއެވެ." (ކަރީމްގެ މިޝްކާތުލް މަޞާބީޙް އިން ނަގާފައިވާ ތަންކޮޅެއް. ވޮލިއުމް 3 ގެ 360 ވަނަ ޞަފަޙާ)
  • އިންސާނުންނާއި މެދު ޝަފާޢަތްތެރި ވާނޭ މީހަކަށް ނުވަތަ މެދުވެރިއަކަށް ވުމެއް ނޫނެވެ. (އެއްވެސް އިންސާނަކަށް މި ރޯލެއް ނުލިބޭނެއެވެ.) (ފިޠްރް 18:35، ޣާފިރު 18:40) އެކަމަކު ﷲ މެދުވެރިޔަކު ފޮނުއްވާނެކަން އެކަލޭގެފާނު ދެނެވަޑައިގަތެވެ. (އަންޢާމް 70:6، ޒުމަރު 44:39، ނަޖުމް 26:53)

ކުރީގެ ޙާލަތަށް ބަދަލު ކޮށްދެއްވުމަށާއި މަޢާފު ކުރެއްވުން އެދި 'އެންމެ މަތިވެރި ރަޙްމަތްތެރިޔާ'ގެ މައްޗަށް ފޯކަސް ކުރެއްވިކަން މިޙަދީޘުން އޮޅުން ފިލުވައިދެއެވެ.
  • "މަރިޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނު ފިޔަވައި އެހެން މަހުދީގެފާނެއް ނާންނާނެއެވެ." (ޙަދީޘް އިބްނިމާޖާ)
  • "މާތްރަސްކަލާކޯއެވެ. އަޅާއަށް ޢަފޫ ކުރައްވާނދޭވެ. އަޅާގެ މައްޗަށް ރަޙުމުވެރިވެ ވޮޑިގަންނަވާނދޭވެ. އަދި އެންމެ މަތިވެރި ރަޙްމަތްތެރިޔާއާއި އަޅާ ގުޅުއްވަވާފާނދޭވެ." (މިހިސާބަށް ވިދާޅުވެފައި) ދެން އެކަލޭގެފާނުގެ ދެ އަތްޕުޅު ބާއްވަވާލެއްވިއެވެ. އަދި ދުނިޔެ ދޫކުރައްވައިފިއެވެ. (ޙަދީޘް ޞަޙީޙް ބުޚާރީ 1573-1574)

އަޅުގަނޑުމެން އިންސާނުން ހުތުރު ކަމުގެ ތެރެއިން ޢިއްޒަތްތެރި މަޤާމަކަށް އެނބުރި ގެންނެވުމަށް ޓަކައި ﷲ ތަޢާލާ ޙައްލެއް ދެއްވާފައި ވެއެވެ. މި ގޮތް އެކަލާނގެ ރޭއްވެވީ ދުނިޔެ ފެށުނީއްސުރެ ފެށިގެންނެވެ. ތަފާތު ނިޝާންތަކުންނާއި ފޮތްތަކުން އެކަން ތާރަފް ކުރެއްވިއެވެ. އެންމެހާ ރަސޫލުބޭކަލުންވެސް ދައްކަވައި ކަށަވަރުކޮށް ދެއްވާފައިވަނީ އަލްމަސީޙް ޢީސާ އަކީ ތެދުމަގުކަމެވެ. އަދި އެކަލޭގެފާނަކީ ﷲ ކޮންމެ މުއުމިނަކަށް ދެއްވާ ރަޙްމަތްފުޅެވެ. އެއީ ތެދުވެރިކަމާއިއެކު ތިމާގެ ފާފަތަކުގެ މައްޗަށް  ތައުބާވެ، ﷲ އަޅުގަނޑުމެންނަށްޓަކައި ދެއްވި ޤުރުބާނީ ޤަބޫލުކޮށް ﷲ ގެ ކަލިމަފުޅު ކަމުގައިވާ ޢީސާގެފާނަށް ކިޔަމަން ގަންނަ މީހުންނެވެ.