ކީރިތ ގުރުއާނުގައި ތަކުރާރުކޮށް ﷲ އަށް އަޅުކަން ކުރުމަށާއި އީސާގެފާނަށް ތަބާވުމަށް އަންގަވާފައިވޭ. 
މާތްﷲއަށް ތަބާވެ ތިމަންކަލޭގެފާނަށް
އަދި، (ތިމަންކަލޭގެފާނު މިވަޑައިގަތީ  ތިމަންކަލޭގެފާނުގެ ކުރިން ބާވައިލެއްވި توراة ތެދުކުރާ ބޭކަލެއްގެ ގޮތުގައެވެ. އަދި، ތިޔަބައިމީހުންގެ މައްޗަށް (މީގެކުރިން  حرام ކުރައްވާފައިވާ ބައެއް ތަކެތި، ތިޔަބައިމީހުންނަށް حلال ކުރެއްވުމަށްޓަކައެވެ. އަދި، ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މި ވަޑައިގަތީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ންވާ ސާފު دليل އަކާއިގެންނެވެ. ފަހެ، ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާށެވެ! އަދި، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ކިޔަމަންވާށެވެ!
އަލް އިމްރާން 3:50
މާތްﷲއަށް ތަބާވެ ތިމަންކަލޭގެފާނަށް
އަދި عيسى ގެފާނު، ފާޅުވެގެންވާ ހެކިތަކާއިގެން ވަޑައިގެންނެވިހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެގާތަށް ތިމަންކަލޭގެފާނު މިވަޑައިގަތީ، حكمة އާއިގެންނެވެ. އަދި ތިޔަބައިމީހުން އެކަންތަކާމެދު خلاف ވާ ބައެއް ކަންތައްތިޔަބައިމީހުންނަށް ބަޔާންކޮށް ދެއްވުމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިމަންކަލޭގެފާނަށްތިޔަބައިމީހުން ކިޔަމަންވާށެވެ!    
އައްޒުޙްރޫފް 43:63
ކަލޭގެފާނަށް ތަބާވާމީހުން
اللَّه، وحى ކުރެއްވިހިނދު ހަނދުމަކުރާށެވެ! އޭ عيسى ގެފާނެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެންދަވާހުށީމެވެ. އަދި، ތިމަންރަސްކަލާނގެ حضرة އަށް ކަލޭގެފާނު އުފުއްލަވާ ހުށީމެވެ. އަދި، كافر ވި މީހުންގެ ކިބައިންކަލޭގެފާނު ދުރުކުރައްވައި ސަލާމަތްކުރައްވާ ހުށީމެވެ. އަދި، كافر ވި މީހުންނަށްވުރެ ކަލޭގެފާނަށް تبع ވި މީހުން قيامة ދުވަހާޖެހެންދެން މަތިވެރިކުރައްވާހުށީމެވެ. ދެން، ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ. ދެން، ތިޔަބައިމީހުން خلاف ވެއުޅުނު ކަންތަކާމެދު، ތިޔަބައިމީހުންގެ މެދުގައި ތިމަންރަސްކަލާނގެ حكم ކުރައްވާހުށީމެވެ.   
އަލް އިމްރާން 3:55
އީސާގެފާނަށް ތަބާވާ މީހުންގެ ކިބައިން އެކަލޭގެފާނު ޤަބޫލުކުރާކަންތައް؟
 އެކަލޭގެފާނުގެ ބަސްފުޅު
”ކަލޭމެން އަހަންނަށް މާތްސާހިބާއޭ ކިޔާ މުޚާތަބު ކުރޭ. ވީއިރު ކަލޭމެން އަހަރެން ބުނާ ބަހަށް އަމަލު ނުކުރަނީ ކީއްވެ؟  
ލޫކާސް  6:46 
ނަމަވެސް އަހަރެންގެ ބަސްތަކުގެ އަޑުއަހާ އެއަށް އަމަލުނުކޮށް އުޅޭ މީހަކީ ބިންގަލަކާ ނުލާ މަޑު ފަސްގަނޑެއްގެ މަތީގައި ގެއެއް އެޅި މީހަކާއި އެއްފަދަ މީހެއް. ބޮޑު ރާޅުތަކުގެ ހަމަލާ އެގެއަށް ލިބުމާއިއެކު މުޅި ގެ ފުނޑުފުނޑުވެ ވީރާނާވެ ނެތި ހިނގައްޖެ. 
ލޫކާސް 6:49 
ތަބާވާ މީހުންނަކީ އަޅުންނެވެ
މިސާލަކަށް ކަލޭމެންގެ ތެރެއިން މީހެއްގެ ނޯކަރަކު ބިންގަނޑު ޖަހާ ނުވަތަ ކަންބަޅި ބަކަރިތައް ބަލަހައްޓާ ނިމިގެން ގެއަށް އައުމުން ކަލޭމެން އެނޯކަރަށް ބުނާނެ ތަ؟ ’އަވަހަށް އަންނާށޭ. ކާން އިށީންނާށޭ؟‘ އެހެންނެއް ނުވާނެ. އޭގެބަދަލުގައި އެނޯކަރަށް ކަލޭ ބުނާނީ ’ރޭގަނޑުގެ ކެއުން ތައްޔާރު ކުރާށޭ. އަދި ފެންވަރައިގެން އައިސް އަހަރެން ކައި ނިމެންދެން މަޑުކުރާށޭ. އޭގެފަހުން ދެން ކަލޭ ކާށޭ.‘ ކަލޭ ނޯކަރު މީހާ ގާތު ކަލޭ ކުރަން ބުނި ކަންތައް އޭނާ ކުރީމާ ކަލޭ އޭނާއަށް ޝުކުރު އަދާކުރަން ޖެހޭނެތަ؟ ހަމައެގޮތަށް ކަލޭމެންނަކީ ވެސް މާތްރަސްކަލާނގެ އަޅުން. ވީމާ މާތްރަސްކަލާނގެ އަންގަވާ ހުރިހާ ކަންތައްތަކެއް ކުރުމަށް ފަހު އަމިއްލަ ނަފުސުގެ މައްޗަށް ބުނޭ. ’އަހަރުމެންނަކީ މާތްރަސްކަލާނގެ އަޅުންނޭ. ވީއިރު މިކުރި ހުރިހާ ކަމަކީ ހަމަ އަހަރުމެން ކުރަންޖެހިފައިވާ ކަންތައްތަކޭ.‘“ 
ލޫކާސް  17:7-10
އެކަލޭގެފާނަށް ތަބާވާމީހުން ﷲއާ އެކަލާން އަޅުންދެކެ ލޯބިވެއެވެ
   
އެއްދުވަހަކު  އެއްވެ ތިބި މީހުންގެ ތެރެއިން ދީނުގެ ދަންނަބޭކަލަކު ތެދުވެ އީސާގެފާނު  ކުށްވެރި ކުރެވޭނެ ފަދަ ބަހެއް އެކަލޭގެފާނުގެ ކިބައިން ހޯދުމަށްޓަކާ  އެކަލޭގެފާނާއި ސުވާލެއް ކުރިއެވެ. މިމީހާ އީސާގެފާނަށް ބުންޏެވެ.  ”އެދުރުކަލޭގެފާނު. އަޅުގަނޑު ނިމުމެއް ނުވާ ދެމިހުރި ދުނިޔެ  ލިބިގަތުމަށްޓަކާ ކުރަންވީ ކަންތައްތަކަކީ ކޮބައިތޯ؟“ އީސާގެފާނު ޖަވާބު ދެއްވިއެވެ. ”އެކަމާ ބެހޭ ގޮތުން *ތައުރާތުގައި ލިޔެވިގެން ވަނީ ކީކޭ؟ އަދި އެފޮތްތަކުގައި ލިޔެވިގެންވާ ތަކެތިން ކަލެއަށް ވިސްނުނީ ކޮން އެއްޗެއް؟“ މިމީހާ  ޖަވާބުގައި ބުންޏެވެ. ”އެފޮތްތަކުގައި ލިޔެވިގެން ވަނީ: ’އެއްކައުވަންތަ  ތިޔަބައިމީހުންގެ މަތިވެރި ރަސްކަލާނގެ ކިބަފުޅަށް ތިޔަބައިމީހުންގެ މުޅި  ހިތާއި މުޅި ފުރާނައާއި ވާހާ ބާރަކާއި ހުރިހާ ބުއްދިންމެ ލޯބި ވާށޭ. އަދި  ކަލޭގެ އަމިއްލަ ނަފުސަށް ލޯބި ވާ ފަދައިން ކަލޭގެ އަވަށްޓެރީން ދެކެ ވެސް  ލޯބި ވާށޭ.‘“އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”ކަލޭ ޖަވާބު ތިޔަ ދިނީ  ވަރަށް ރަނގަޅަށް. ތިޔަ ބުނި މަގުން ކަންތައް ކުރޭ. އެއިރުން ކަލެއަށް  ނިމުމެއް ނުވާ ދެމިހުރި ދުނިޔެ ލިބޭނެ.“
ލޫކާސް 10:25-28
)ނުނިމޭ)  
 
No comments:
Post a Comment