Oct 25, 2010

ގޮސްޕެލްގައިި އެކުލެވެނީ ހަތަރު ފޮތް ކޮޅެވެ.

 މުރާސިލްގައި އިބްނު ޝަރީފު ލިއުއްވި ކޮމެންޓް.

މިހާރު އެކުލަވާފައިވާ ބައިބްލްގައިވާ 4 ގޮސްޕަލްގެ އިތުރުންވެސް އިތުރު ގޮސްޕަލްތައް ވެއެވެ. އަދި މާތްރަސްކަލާނގެ ބަސްފުޅުތައް ކަމުގައިބުނާ އިތުރު ފޮތްތަކެއްވެސް ވެއެވެ، މިފޮތްތަކަކީ ބައިބްލްގައި ހިމަނައިފިނަމަ މިހާރަށްވުރެވެސް ބޮޑެތި ޚިލާފުތަައް ފެންމަތިވާނޭ ފޮތްތަކެކެވެ. މިސަބަބާހުރެ މިފޮތްތައް ބައިބްލްއިންވަނީ ބޭން ކޮށްފައެވެ. މިގޮތުން ގޮސްޕަލް އޮފް ތޯމަސް އަދި ގޮސްޕަލް އޮފް މޭރީ، ބުކް އޮފް އީނާކް ފާހަގަ ކޮށްލަމެވެ. މިފޮތްތަކުގެ ތެރެއިން ގޮސްޕަލް އޮފް ތޯމަސްގައި ބަޔާންވެބަޔާންވެފައިވާ ބައެއް ވާހަކަތައް ކީރިތި ޤުރުއާނުގައި ބަޔާންވެފައިވާ ވާހަކަތަކާއި ވަރަށް އެއްގޮތެވެ. ވީއިރު މިފަދަ ޚިލާފު ހުރި ފޮތަކަށް އީމާންވެވޭނީ ކޮންފަދަ ވިސްނުމަކުން ހެއްޔެވެ؟ ޤަބޫލު ކޮށްފަ ޤަބޫލު ނުކުރާނީ ކޮން ގޮސްޕަލް އެއް ހެއްޔެވެ؟

ގޮސްޕެލްގައި އެކުލެވެނީ 4 ފޮތްކޮޅެވެ. އެއީ މެތިއު މާރކް ލޫކް ޖޯން މި ހަތަރު ފޮތް ކޮޅެވެ. މިއީ އީސާއީންގެ ދީންވެރީން ގަބޫލު ކުރާ ގޮތެވެ. މިއަކީ އީސާގެފާނަށް މާތްކަލާނގެ ބާވައިލެއްވި ފޮތްކޮޅުތަކެއް ނޫނެވެ. މި 4 ފޮތްކޮޅު ލިއުއްވާފައިވަނީ  ހަތަރު ބޭކަލުން ތަފާތު ތަންތާނގައި ތިއްބަވައި ތަފާތު ދުވަސްވަރުގައެވެ. އިންޖީލުގައި ހުރި ލިއުންތަކަކީ އިންސާނުން ލިޔެފައިވާ ލިއުއްވުން ތަކެވެ. އިންޖީލުގައިވަނީ އީސާގެފާނު ކުރެއްވި ކަންތަކާއި ވިދާޅުވި ބަސްފުޅުތަކާއި ހިނގި ހާދިސާތަކެވެ.
އީސާގެފާނަކީ މާތްކަލާނގެ ބަސްފުޅެވެ. އެހެންކަމުން އެކަލޭގެފާނު ވިދާޅުވާ ބަސްފުޅުތަކަކީ މާތްކަލާނގެ ބަސްފުޅުތައް ކަމަށް ބެލެވެނީއެވެ.

އީސާގެފާނާ ބެހޭގޮތުން އެކި މީހުން އެކި ދުވަސްވަރުގައި މިނޫން ލިއުންތައް ލިޔެފައި ހުރުމަކީ އެކަށީގެން ނުވާކަމެއް ނޫނެވެ. އެހެންނަމަވެސް ގޮސްޕެލް އޮފް މޭރީ ފަދަ ލިއުންތަކަކީ ގޮސްޕެލްއޭ ނުވަތަ އިންޖީލޭ މި ކިޔާ ފޮތްތަކުގެ ތެރޭގައި ހިމެނިފައި ވާ ފޮތްތަކެއް ނޫނެވެ.  އެ ފޮތްތަކަށް ގޮސްޕެލް ކިޔަނީ އިންޖީލުގައިވާ 4 ފޮތްކޮޅާ އެއް ނިސްބަތަކުން ނޫނެވެ. 

މޭރީ މެގްދަލޭން އަކީ އީސާގެފާނުގެ ދުވަސްވަރުގައި އުޅުއްވި ބޭކަނބަލެއް ކަމަށް ވިޔަސް އީސާގެފާނާ ބެހޭ ފުރިހަމަ ފޮތެއް ލިއުއްވާފައެއް ނުވެއެވެ. އަދި ކޮންމެވެސް ލިއުއްވުމެއް ލިއުއްވާފައި ހުއްޓަސް އިސްވެ ދެންނެވުނު  ހަތަރު ފޮތްކޮޅުގައި ނެތް އާވާހަކަ ތަކެއް ނުވާނެއެވެ. އެއްވާހަކައެއް ކިތަންމެ ގޮތަކަށް ކިތަންމެ ބައެއްގެ ތުންތުން މަތީން ތަކުރާރު ވުމަކުން އެހާދިސާއަކަށް ބަދަލެއް އައީ ކަމަށް ބަލާނެ ޖާގައެއް ނެތެވެ.

ބައިބަލްގެ އެންމެ ކުރީގެ ފޮތްތަކީ އެތަކެއް ހާސް އަހަރެއްގެ ކުރީގެ ފޮތްތަކެއް ކަމަށް ވާކަމުން އެފޮތްތަކަށް ގެއްލުންތަކެއް ލިބިފައިވެއެވެ. ކިޔަން އެނގެން ނެތް ތަންތަން ކޮޅުވެސް ހުއްޓެވެ. އެހެން ނަމަވެސް ފަހުން ޑެޑްސ ީ ކާރިފަށުން ފެނުނު ސަލާމަތުން ހުރި ލިއުންތައް ލިބުމުން އެ އުނިކަން ފޫބެއްދުމަށް ވަރަށް ބޮޑު އެހީއެއް ލިބުނެވެ.

ބައިބަލްގައި ބުނާ ހާދިސާތަކުގެ ސާފު ހެކި  މިހާރު ބިންމަތިން ފެންނަން ހުރީ ވަރަށް މަދުން ނަމަވެސް ކޮނެގެންނާއި އެހެނިހެން ގޮތްގޮތުން ކުރެވުނު އާކިއޮލޮޖީގެ ތަހުލީލުތަކުން އެ ލިއުންތަކަށް ކޮންމެވެސް ވަރެއްގެ ހެކިތަކެއް މިހާރު ލިބިފައިވެއެވެ.  އެ ލިބުނު ހެކިތަކުގެ ތެރޭގައި އެކިތަންތަނުގައި ހުރި ހިލަ ހިލައިގައި ކަނޑާނެގިފައިވާ ތާރީޚީ މައުލޫމާތު ހިމެނިފައިވެއެވެ.

މިގޮތުން ލިބުނު ހެކި މަދު ނަމަވެސް ލިބުނު ހެކިތަކުން މި ލިއުންތަކުގެ އަސްލު ކަމުގެ މައްޗަށް ބާރު އަޅާދެއެވެ. އަދި މިއަކީ ބަޔަކު ތާނކު ތިބެ ލިޔެފައިވާ ފުލޯކުވާހަކައެއް ނޫންކަން ކަށަވަރު ވެގެން ދެއެވެ.

ބައިބަލްގައި ތަފާތު ވަރޝަންތައް ހުއްޓަސް ތަފާތު ގޮތްގޮތަށް އެއް ވާހަކަތަކެއް ތަކުރާރުވެފައި ހުއްޓަސް އެފޮތުގައި ވާ ހަގީގަތަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އެހެންކަމުން އެއްވެސް ހަރުދަނާ ހެއްކެއް ދެއްކެން ނެތި ބައިބަލް އަކީ ބަޔަކު ބަދަލު ކޮށްފައިވާ ފޮތެކޭ ބުނުމުން އެކުރެވެނީ ވަރަށް ބޮޑު ގޯހެކެވެ. އެއީ މާތްކަލާނގެ ބަސްފުޅުގެ ސައްހަ ކަން ގެއްލުވާލަން ގަސްތުގައި ނުވަތަ ނޭނގި ތިބެ ކުރާ ވަރަށް ބޮޑު ކުށެކެވެ. 
އިންސާނަކު ކުރާ ކަމަކާމެދު ދޮގު ހެކި ދޭ މީހަކީ ކިހާ ނުބައި ކަމެއް ކުރި މީހެއްކަމާމެދު ދެބަސްވާނެ މީހަކު ނެތެވެ.  އެކަމަކު މާތްކަލާނގެއަށް ރައްދުވާފަދަ ދޮގެއް ހަދާމީހަކަށް ހުރި ނުބައިކަން ހިތަށް ގެންނަންވެސް އެނގޭނެ މީހަކު ނެތެވެ.
*އަލްފާ*