Showing posts with label beautiful example. Show all posts
Showing posts with label beautiful example. Show all posts

Nov 2, 2010

ޢީސާގެފާނު ދެއްކެވި ރީތި ނަމޫނާ (1)


 ކީރިތ ގުރުއާނުގައި ތަކުރާރުކޮށް ﷲ އަށް އަޅުކަން ކުރުމަށާއި އީސާގެފާނަށް ތަބާވުމަށް އަންގަވާފައިވޭ. 

މާތްﷲއަށް ތަބާވެ ތިމަންކަލޭގެފާނަށް
އަދި، (ތިމަންކަލޭގެފާނު މިވަޑައިގަތީ  ތިމަންކަލޭގެފާނުގެ ކުރިން ބާވައިލެއްވި توراة ތެދުކުރާ ބޭކަލެއްގެ ގޮތުގައެވެ. އަދި، ތިޔަބައިމީހުންގެ މައްޗަށް (މީގެކުރިން  حرام ކުރައްވާފައިވާ ބައެއް ތަކެތި، ތިޔަބައިމީހުންނަށް حلال ކުރެއްވުމަށްޓަކައެވެ. އަދި، ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މި ވަޑައިގަތީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ންވާ ސާފު دليل އަކާއިގެންނެވެ. ފަހެ، ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާށެވެ! އަދި، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ކިޔަމަންވާށެވެ!
އަލް އިމްރާން 3:50

މާތްﷲއަށް ތަބާވެ ތިމަންކަލޭގެފާނަށް
އަދި عيسى ގެފާނު، ފާޅުވެގެންވާ ހެކިތަކާއިގެން ވަޑައިގެންނެވިހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެގާތަށް ތިމަންކަލޭގެފާނު މިވަޑައިގަތީ، حكمة އާއިގެންނެވެ. އަދި ތިޔަބައިމީހުން އެކަންތަކާމެދު خلاف ވާ ބައެއް ކަންތައްތިޔަބައިމީހުންނަށް ބަޔާންކޮށް ދެއްވުމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިމަންކަލޭގެފާނަށްތިޔަބައިމީހުން ކިޔަމަންވާށެވެ!
އައްޒުޙްރޫފް 43:63

ކަލޭގެފާނަށް ތަބާވާމީހުން
اللَّه، وحى ކުރެއްވިހިނދު ހަނދުމަކުރާށެވެ! އޭ عيسى ގެފާނެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެންދަވާހުށީމެވެ. އަދި، ތިމަންރަސްކަލާނގެ حضرة އަށް ކަލޭގެފާނު އުފުއްލަވާ ހުށީމެވެ. އަދި، كافر ވި މީހުންގެ ކިބައިންކަލޭގެފާނު ދުރުކުރައްވައި ސަލާމަތްކުރައްވާ ހުށީމެވެ. އަދި، كافر ވި މީހުންނަށްވުރެ ކަލޭގެފާނަށް تبع ވި މީހުން قيامة ދުވަހާޖެހެންދެން މަތިވެރިކުރައްވާހުށީމެވެ. ދެން، ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ. ދެން، ތިޔަބައިމީހުން خلاف ވެއުޅުނު ކަންތަކާމެދު، ތިޔަބައިމީހުންގެ މެދުގައި ތިމަންރަސްކަލާނގެ حكم ކުރައްވާހުށީމެވެ.
އަލް އިމްރާން 3:55

އީސާގެފާނަށް ތަބާވާ މީހުންގެ ކިބައިން އެކަލޭގެފާނު ޤަބޫލުކުރާކަންތައް؟

އެކަލޭގެފާނުގެ ބަސްފުޅު
ކަލޭމެން އަހަންނަށް މާތްސާހިބާއޭ ކިޔާ މުޚާތަބު ކުރޭ. ވީއިރު ކަލޭމެން އަހަރެން ބުނާ ބަހަށް އަމަލު ނުކުރަނީ ކީއްވެ؟ 
ލޫކާސް  6:46
ނަމަވެސް އަހަރެންގެ ބަސްތަކުގެ އަޑުއަހާ އެއަށް އަމަލުނުކޮށް އުޅޭ މީހަކީ ބިންގަލަކާ ނުލާ މަޑު ފަސްގަނޑެއްގެ މަތީގައި ގެއެއް އެޅި މީހަކާއި އެއްފަދަ މީހެއް. ބޮޑު ރާޅުތަކުގެ ހަމަލާ އެގެއަށް ލިބުމާއިއެކު މުޅި ގެ ފުނޑުފުނޑުވެ ވީރާނާވެ ނެތި ހިނގައްޖެ.
ލޫކާސް 6:49

ތަބާވާ މީހުންނަކީ އަޅުންނެވެ
މިސާލަކަށް ކަލޭމެންގެ ތެރެއިން މީހެއްގެ ނޯކަރަކު ބިންގަނޑު ޖަހާ ނުވަތަ ކަންބަޅި ބަކަރިތައް ބަލަހައްޓާ ނިމިގެން ގެއަށް އައުމުން ކަލޭމެން އެނޯކަރަށް ބުނާނެ ތަ؟ ’އަވަހަށް އަންނާށޭ. ކާން އިށީންނާށޭ؟‘ އެހެންނެއް ނުވާނެ. އޭގެބަދަލުގައި އެނޯކަރަށް ކަލޭ ބުނާނީ ރޭގަނޑުގެ ކެއުން ތައްޔާރު ކުރާށޭ. އަދި ފެންވަރައިގެން އައިސް އަހަރެން ކައި ނިމެންދެން މަޑުކުރާށޭ. އޭގެފަހުން ދެން ކަލޭ ކާށޭ.‘ ކަލޭ ނޯކަރު މީހާ ގާތު ކަލޭ ކުރަން ބުނި ކަންތައް އޭނާ ކުރީމާ ކަލޭ އޭނާއަށް ޝުކުރު އަދާކުރަން ޖެހޭނެތަ؟ ހަމައެގޮތަށް ކަލޭމެންނަކީ ވެސް މާތްރަސްކަލާނގެ އަޅުން. ވީމާ މާތްރަސްކަލާނގެ އަންގަވާ ހުރިހާ ކަންތައްތަކެއް ކުރުމަށް ފަހު އަމިއްލަ ނަފުސުގެ މައްޗަށް ބުނޭ. ’އަހަރުމެންނަކީ މާތްރަސްކަލާނގެ އަޅުންނޭ. ވީއިރު މިކުރި ހުރިހާ ކަމަކީ ހަމަ އަހަރުމެން ކުރަންޖެހިފައިވާ ކަންތައްތަކޭ.‘“
ލޫކާސް 17:7-10
އެކަލޭގެފާނަށް ތަބާވާމީހުން ﷲއާ އެކަލާން އަޅުންދެކެ ލޯބިވެއެވެ
އެއްދުވަހަކު އެއްވެ ތިބި މީހުންގެ ތެރެއިން ދީނުގެ ދަންނަބޭކަލަކު ތެދުވެ އީސާގެފާނު ކުށްވެރި ކުރެވޭނެ ފަދަ ބަހެއް އެކަލޭގެފާނުގެ ކިބައިން ހޯދުމަށްޓަކާ އެކަލޭގެފާނާއި ސުވާލެއް ކުރިއެވެ. މިމީހާ އީސާގެފާނަށް ބުންޏެވެ. ”އެދުރުކަލޭގެފާނު. އަޅުގަނޑު ނިމުމެއް ނުވާ ދެމިހުރި ދުނިޔެ ލިބިގަތުމަށްޓަކާ ކުރަންވީ ކަންތައްތަކަކީ ކޮބައިތޯ؟“ އީސާގެފާނު ޖަވާބު ދެއްވިއެވެ. ”އެކަމާ ބެހޭ ގޮތުން *ތައުރާތުގައި ލިޔެވިގެން ވަނީ ކީކޭ؟ އަދި އެފޮތްތަކުގައި ލިޔެވިގެންވާ ތަކެތިން ކަލެއަށް ވިސްނުނީ ކޮން އެއްޗެއް؟“ މިމީހާ ޖަވާބުގައި ބުންޏެވެ. ”އެފޮތްތަކުގައި ލިޔެވިގެން ވަނީ: ’އެއްކައުވަންތަ ތިޔަބައިމީހުންގެ މަތިވެރި ރަސްކަލާނގެ ކިބަފުޅަށް ތިޔަބައިމީހުންގެ މުޅި ހިތާއި މުޅި ފުރާނައާއި ވާހާ ބާރަކާއި ހުރިހާ ބުއްދިންމެ ލޯބި ވާށޭ. އަދި ކަލޭގެ އަމިއްލަ ނަފުސަށް ލޯބި ވާ ފަދައިން ކަލޭގެ އަވަށްޓެރީން ދެކެ ވެސް ލޯބި ވާށޭ.‘“އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”ކަލޭ ޖަވާބު ތިޔަ ދިނީ ވަރަށް ރަނގަޅަށް. ތިޔަ ބުނި މަގުން ކަންތައް ކުރޭ. އެއިރުން ކަލެއަށް ނިމުމެއް ނުވާ ދެމިހުރި ދުނިޔެ ލިބޭނެ.“
ލޫކާސް 10:25-28
)ނުނިމޭ) 

 

Nov 1, 2010

އީސާގެފާނު ދެއްކެވި ރީތި ނަމޫނާ (2)

އެކަލޭގެފާނަށް ތަބާވާ މީހުން ތިބޭނީ ރައްޓެހިންނާއާއިލާ ދޫކޮއްލަން ތައްޔާރަށެވެ

      އީސާގެފާނާއި އެކު ވަރަށް ގިނަ ބަޔަކު ދަތުރު ކުރަމުން އައެވެ. އެކަލޭގެފާނު އެމީހުންނާއި ދިމާއަށް އެނބުރި ވަޑައިގެން ވިދާޅުވިއެވެ. އަހަރެންގެ ކައިރިއަށް އަތުވެއްޖެ ކޮންމެ މީހަކުމެ އެމީހެއްގެ ބައްޕަ އާއި މަންމައަށާއި އަނބިމީހާއަށާއި ދަރިންނަށާއި ބޭބެއިންނާއި ދައްތައިންނަށާއި އަދި ކީއްކުރަން، އެމީހެއްގެ އަމިއްލަ ފުރާނައަށް ލޯބިވާވަރަށް ވުރެ ވެސް ބޮޑަށް އަހަރެން ދެކެ ލޯބިނުވަނީ ނަމަ އެމީހަކަށް އަހަރެން އެންގި މަގުން ހިނގައި އަހަރެންގެ އަސްހާބީއަކަށް ނުވެވޭނެ. 
ލޫކާސް 14:25-26
އާއިލާއައް ވުރެ ބޮޑަށް އީސާގެފާނައް އިސްކަން ދޭށެވެ

       އެކަލޭގެފާނަށް ތަބާވާ މީހުން ރައްޓެހިންނާއާއިލާ ދޫކޮއްލަން ތައްޔާރެވެ.
އެމީހުން ދަތުރުކުރަމުން ދިޔަމަގުމަތީ ދިމާވި މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑު ކަލޭގެފާނު ވަޑައިގަންނަވާ ކޮންމެ ތާކަށް ކަލޭގެފާނުގެ އަރިހުގައި ދާން މިހިރީ ތައްޔާރަށް.“ އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ހިޔަޅުތައް އުޅުމަށް އެސޮރުމެންގެ ހޮހަޅަތައް ވޭ. އުދުހޭ ދޫނިތަކަށް އެސޮރުމެންގެ ހާލިތައްވޭ. ނަމަވެސް *އިންސާނާގެ ދަރިކަލުންނަށް އޭނާގެ ބޯ އަޅާލާނެ ތަނެއް ވެސް ނުވޭ.“އީސާގެފާނު ވަޑައިގެން މަގުމަތީ ދިމާވި އެހެން މީހަކަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”އަހަންނާ އެކު އާދޭ.“މި މީހާ އީސާގެފާނަށް ދެންނެވިއެވެ.މާތްސާހިބާ! އަޅުގަނޑުގެ ފުރަތަމަ ގޮސް އަޅުގަނޑުގެ މަރުވެފައިވާ ބައްޕަ ކަފުންކޮށް ވަޅުލާފައި އަންނަން ދެން މަޑުކޮށްލައްވާ.“ އީސާގެފާނު ވިދާޅުވިއެވެ. ”މަރުވެފައިވާ މީހުން އެމީހުންގެ މަރުވެފައިވާ މީހުން ވަޅުލައިފާނެ. ނަމަވެސް ކަލޭ *މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭގޮތުން މީސްތަކުންނަށް އިޢުލާން ކުރޭ.“
އެހެންމީހަކު ވެސް އެކަލޭގެފާނަށް ދެންނެވިއެވެ. ”މާތްސާހިބާ! އަޅުގަނޑު ކަލޭގެފާނާއި އެކު ދާނަން. ނަމަވެސް ފުރަތަމަ އަޅުގަނޑު ގޮސް އަޅުގަނޑުގެ އާއިލާގެ މީހުންނާއި ހިތްހެޔޮކޮށް ސަލާމް ކޮށްފައި އަންނާނަން.“އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”ބިންކޮނުމަށް އުދަލީގައި ހިފުމަށްފަހު ފަހަތަށް ޖެހިއްޖެ މީހަކީ މާތްރަސްކަލާނގެ ރަސްކަންފުޅަށް ޚިދުމަތްކުރުމަށް އެކަށީގެންވާ މީހެއް ނޫން.“
ލޫކާސް 9:57-62

ދީނަށްޓަކައި ފިދާވާން މިތިބީ ތައްޔާރަށެވެ
އެތައްބައިވަރު މީހުންނެއް އީސާގެފާނާއި އެކު ދަތުރު ކުރަމުން އައެވެ. އެކަލޭގެފާނު އެމީހުންނާއި ދިމާއަށް އެނބުރި ވަޑައިގެން ވިދާޅުވިއެވެ.”އަހަރެންގެ ކައިރިއަށް އަތުވެއްޖެ ކޮންމެ މީހަކުމެ އެމީހެއްގެ ބައްޕަ އާއި މަންމައަށާއި އަނބިމީހާއަށާއި ދަރިންނަށާއި ބޭބެއިންނާއި ދައްތައިންނަށާއި އަދި ކީއްކުރަން އެމީހެއްގެ އަމިއްލަ ފުރާނައަށް ލޯބިވާވަރަށް ވުރެ ވެސް ބޮޑަށް އަހަރެން ދެކެ ލޯބިނުވަނީ ނަމަ އެމީހަކަށް އަހަރެން އެންގި މަގުން ހިނގައި އަހަރެންގެ އަސްހާބީއަކަށް ނުވެވޭނެ.
ލޫކާސް 14:25-26

    ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްހާބީންނަށް ވިދާޅުވިއެވެ. ”ކޮންމެ މީހަކުވެސް އަހަރެން ދެއްކި މަގުން ހިނގަން ބޭނުން ނަމަ އެމީހާގެ އަމިއްލަ އެދުންތައް ދޫކޮށްލަން ޖެހޭނެ. އަހަރެން ދެއްކި މަގުން ހިނގަން ބޭނުން ނަމަ ކޮންމެ މީހަކުމެ އެމީހެއްގެ އަމިއްލަ ފުރާނަ ވެސް ދިނުމަށް ތައްޔާރުގައި ވާންޖެހޭނެ. އަދި އަހަރެން ފަދައިން *ސަލީބެއްގައި އޮވެ މަރުވާން ޖެހުނު ކަމުގައި ވިޔަސް ކޮންމެ ދުވަހަކުމެ އެކަމަށް ތައްޔާރުގައި ވާންޖެހޭނެ. 
ލޯކާސް 9:23
*  *ސަލީބަށް ވުރެން ވޭން ދެނިވި ގޮތެއްގައި މަރާލެވޭނެ  އެހެން ގޮތެއް އިންސާނުންނަށް އެނގިފައެއް ނުވެއެވެ.

އެބައިމީހުންގެ ހުރިހާ މުދަލެއް ގުރުބާން ކުރަން ތައްޔާރަށެވެ
ވީމާ ކަލޭމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އަހަރެންގެ އަސްހާބީއަކަށް ވުމުގެ ކުރިން އެކަމުގެ އަގު ވަޒަން ކުރަން ޖެހޭނެ. އެކަމުގެ އަގަކީ ކަލޭމެންގެ ހުރިހާ އެއްޗެއް. މިފަދައިން ކަން ނުކުރާ މީހަކަށް އަހަރެންގެ އަސްހާބީއަކަށް ނުވެވޭނެ. *.
ލޫކާސް 14:33
   އެއްދުވަހަކު ދީނުގެ މަތީ ވެރިއަކު އީސާގެފާނު ކުރެން ސުވާލު ކުރެއްވިއެވެ. ”މަތިވެރި އެދުރުކަލޭގެފާނު. އަޅުގަނޑު *ނިމުމެއް ނުވާ ދުނިޔެ ލިބިގަތުމަށް ކުރަންވީ ކޮން ކަމެއްތޯ؟“ އީސާގެފާނު ވިދާޅުވިއެވެ. ”ކަލޭ އަހަރެންނާއި ދިމާލަށް މަތިވެރިއޭ ތިބުނީ ކީއްވެ؟ މާތްރަސްކަލާނގެ ފިޔަވާ އެހެން އެއްވެސް މަތިވެރި ފަރާތެއް އަދި މީހެއް ނުވޭ. މާތްރަސްކަލާނގެ ކުރެއްވި އަމުރުފުޅުތައް ކަލެއަށް ވެސް އެނގޭ ނު؟ ’ޒިނޭ ނުކުރާށޭ. މީހުން ނުމަރާށޭ. ވައްކަން ނުކުރާށޭ. ދޮގު ހެކި ނުދޭށޭ. ކަލޭގެ މައިންބަފައިންނަށް ގަދަރު ކުރާށޭ.‘“ އޭނާ ބުންޏެވެ. ”ތިޔަ ހުރިހާ ކަމެއް ކުޑައިރު އްސުރެ ފެށިގެން އަޅުގަނޑު ފަރުވާތެރިކަމާ އެކު ކުރަން.“ އޭނާގެ މިޖަވާބު އިވިވަޑައިގެން އީސާގެފާނު ވިދާޅުވިއެވެ. ”އެހެން ނަމަވެސް އަދި ކަލެއަށް ނުކުރެވި އޮތް އެއްކަމެއް އެބަ އޮތް. ކަލޭގެ އަތުގައި ވާނަމަ ވާހާ މުދަލެއް ވިއްކާލާ އެލާރި ފަޤީރުންނަށް ދީ. އޭރުން *ސުވަރުގޭގައި ކަލެއަށްޓަކާ ޚަޒާނާއެއް ވާނެ. ދެން އެއަށްފަހު އަހަރެންނާއި އެކު ދާން އާދޭ.“  މިހެން ވިދާޅުވި އަޑުއިވުމުން މިމީހާ ވަރަށް ދެރަވެއްޖެއެވެ. އެއީ މިމީހާއަކީ ވަރަށް ފައިސާވެރިއެކެވެ. އީސާގެފާނު އޭނާއަށް ބައްލަވާ ވިދާޅުވިއެވެ. ”މުއްސަނދިންނަށް *މާތްރަސްކަލާނގެ ރަސްކަންފުޅަކީ ކޮބައިކަން އެނގިހުރެމެ އެކަލާނގެ ޙަޒުރަތަށް އައުން ވަރަށް ދަތިކަމަކަށް ވޭ. މުއްސަންޖަކު އެމީހާގެ ދިރިއުޅުމުގެ ވެރިކަން މާތްރަސްކަލާނގެއާއި ހަވާލުކުރުމަށް ވުރެ ޖަމަލަކަށް ތިނޯހެއްގެ ފަގަ ތެރޭން ދިއުން ވެސް މާ ފަސޭހަވާނެ ކަން ކަށަވަރު.“
ލޫކާސް 18:18-25
*   ގެޔާއި މުދަލާއި މުސާރައާއި މިލްކިއްޔާތުގައި ވާ ތަކެއްޗާއި ވަޒީފާއާއި ލިބިފައި ހުރި ސެޓްފިކެޓަކާއި، މަގާމެއް.
އެބައިމީހުން އެކަލޭގެފާނާއި އެކަލޭގެފާނުގެ ބަސް ޤަބޫލުކުރުމަށް ލަދުނުގަންނާނެވެ
ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްހާބީންނަށް ވިދާޅުވިއެވެ. ”ކޮންމެ މީހަކުވެސް އަހަރެން ދެއްކި މަގުން ހިނގަން ބޭނުން ނަމަ އެމީހާގެ އަމިއްލަ އެދުންތައް ދޫކޮށްލަން ޖެހޭނެ. އަހަރެން ދެއްކި މަގުން ހިނގަން ބޭނުން ނަމަ ކޮންމެ މީހަކުމެ އެމީހެއްގެ އަމިއްލަ ފުރާނަ ވެސް ދިނުމަށް ތައްޔާރުގައި ވާންޖެހޭނެ. އަދި އަހަރެން ފަދައިން *ސަލީބެއްގައި އޮވެ މަރުވާން ޖެހުނު ކަމުގައި ވިޔަސް ކޮންމެ ދުވަހަކުމެ އެކަމަށް ތައްޔާރުގައި ވާންޖެހޭނެ. އަމިއްލަ ފުރާނަ ސަލާމަތް ކުރަން އުޅޭ ކޮންމެ މީހަކަށް ހަޤީޤީ ދިރިއުޅުން ގެއްލޭނެ. ނަމަވެސް އަހަރެންނަށްޓަކާ އެމީހެއްގެ ފުރާނަ ދޭ މީހަކަށް ހަޤީޤީ ދިރިއުޅުން ލިބޭނެ. މީހަކަށް އޭނާގެ ފުރާނަ ގެއްލިއްޖެނަމަ އޭނާއަށް މުޅި ދުނިޔެ ލިބުނު ކަމުގައި ވިޔަސް އެކަމުން ހުރީ ކޮންފައިދާއެއް؟ އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން، އަހަރެންގެ ބައްޕާފުޅު، މާތްރަސްކަލާނގެ ދެއްވާ މަތިވެރި ބާރާއި އެކަލާނގެ *މަލާއިކަތުންނާއިއެކު އަލުން އެނބުރި މިދުނިޔެއަށް އަންނާނަން. އެދުވަހުން އަހަރެންގެ ނަންގަނެ އަހަރެންގެ ބަސްތަކުގެ ވާހަކަދައްކާ އުޅެން ލަދު ގަތް މީހުންނަށް އަހަރެންގެ ގާތުގައި އެއްވެސް ޖާގައެއް ނުލިބޭނެ.
ލޫކާސް 9:23-26