Oct 28, 2010

ލަދުވެތި ކަމުން ޤަދަރުވެރިކަމަށް 1

ހައްދަވާފައިވަނީ ޤަދަރުވެރި މަޤާމެއްގާ

ﷲ ސުވަރުގެ ހައްދަވާފައިވަނީ ހުރިހާ ވައްތަރެއްގެ ހެޔޮވެގެންވާ ކަމަކާއި އެކުގައެވެ. ދެން އެސުވަރުގޭގައި އެކަލާނގެ އަޅުގަނޑުމެންގެ ބަފާކަލުން އާދަމުގެފާނު ހައްދަވައި މަތިވެރި މަޤާމެއްގައި އެކަލޭގެފާނު ލެއްވިއެވެ. (ސުވަރުގެއާއި ބަގީޗާ އެއީ ޢަރަބި ބަހުގައި އެއް ލަފުޒެކެވެ.) އަޅުގަނޑުމެންގެ ބަފާ ކަލުން އާދަމުގެފާނާއި ބެހޭ ގޮތުން ޤުރުއާނުގައިވެއެވެ.:

وَاِذْ قَالَ رَبُّكَ لِلَْمَلَئِكَةِ اِنِّي جَاعِلٌ فِي الْارْضِ خَلِيفَةً قَالُوا اتَجْعَلُ فِيهَا مَنْ يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ قَالَ اِنِّي اعْلَمُ مَا لَا تَعْلَمُونَ وَعَلَّمَ ءادَمَ الْاسْمَاءَ كُلَّهَا ثُمَّ عَرَضَهُمْ عَلَى الَْمَلَئِكَةِ فَقَالَ انْبِءونِي بِاسْمَاءِ هَؤُلَاء اِنْ كُنتُمْ صَدِقِينَ قَالُوا سُبْحَنَكَ لَا عِلْمَ لَنَا اِلَّا مَا عَلَّمْتَنَا اِنَّكَ انْتَ الْعَلِيمُ الْحَكِيمُ قَالَ يَءادَمُ انْبِئْهُمْ بِاسْمَائِهِمْ فَلَمَّا انْبَاهُمْ بِاسْمَائِهِمْ قَالَ الَمْ اقُلْ لَكُمْ اِنِّي اعْلَمُ غَيْبَ السَّمَوَتِ وَالْارْضِ وَاعْلَمُ مَا تُبْدُونَ وَمَا كُنتُمْ تَكْتُمُونَ وَاِذْ قُلْنَا لِلَْمَلَئِكَةِ اسْجُدُوا لِاءدَمَ فَسَجَدُوا اِلَّا اِبْلِيسَ ابَى وَاسْتَكْبَرَ وَكَانَ مِنْ الْكَفِرِينَ وَقُلْنَا  يَءادَمُ ُاسْكُنْ انْتَ وَزَوْجُكَ الْجَنَّةَ وَكُلَا مِنْهَا رَغَدًا حَيْثُ شِئْتُمَا وَلَا تَقْرَبَا هَذِهِ الشَّجَرَةَ فَتَكُونَا مِنْ الظَّلِمِينَ
"ކަލޭގެފާނު ހައްދަވާ ބޮޑު ކުރެއްވި މާތް ރަސްކަލާނގެ ބިމުގައި ޚަލީފާއަކު ލައްވާހުށީމޭ މަލާއިކަތުންނަށް ވަޙީ އިއްވެވި ހިނދު ކަން ހިނގި ގޮތުގެ ވާހަކަ ކަލޭގެފާނު ކިޔައި ދެއްވާށެވެ. އެބައިމީހުން އެހިނދު ދެންނެވޫއެވެ. 'އަޅަމެން އިބަސުވާމީންގެ ކިބަފުޅަށް ޙަމްދާއި އެކު ތަސްބީޙަ ކިޔައި އިބަކަލާނގެ ރަސްކަންފުޅަށް ތަޤްދީސް ކިޔަކިޔައި ތިއްބާ، އެބިމުގައި ފަސާދަ އުފައްދައި ލޭ އޮހޮރުވާނޭ ބަޔަކު އިބަސުވާމީންގެ، އެބިމުގައި ލައްވާ ހުށީތޯއެވެ؟' ޖަވާބުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. 'ހަމަ ކަށަވަރުން ތިޔަބައި މީހުންނަށް އެނގިގެން ނުވާ ކަންތައްތައް ތިމަން ސުވާމީންގެ ދެނެވޮޑިގެންވަމެވެ.'
އެސުވާމީންގެ އާދަމުގެފާނަށް ހުރިހާ ތަކެތީގެ ނަންތައް އަންގަވައި ދަސްކޮށް ދެއްވިއެވެ. އަދި އެތަކެތި މަލާއިކަތުންނަށް ހުށަހަޅުއްވައި ވަޙީ ކުރެއްވިއެވެ. ތިޔަބައި މީހުން ތެދުވެރިންކަމުގައި ވާނަމަ މިތަކެތީގެ ނަންތަކުން ތިމަންސުވާމީންގެއަށް ޚަބަރު ދީބަލާށެވެ.'
އެމަލާއިކަތުން ޖަވާބުގައި ދެންނެވޫއެވެ. 'އިބަސުވާމީންގެ ހުސްޠާހިރުވަންތަ ކަމުގެ ބޮޑުކަމާއެވެ! އިބަސުވާމީންގެ އަޅަމެންނަށް އެންގެވި އެއްޗެއް މެނުވީ އަޅަމެންނަށް އެނގިފައެއްނުވެއެވެ. ހަމަ ކަށަވަރުން އިބަސުވާމީންގެއީ ދެނެވޮޑިގަތުން ބޮޑު ޙިކްމަތްވަންތަ ރަސްކަލާނގެއެވެ.'
އެސުވާމީންގެ ވަޙީ ކުރެއްވިއެވެ. 'އޭ އާދަމުގެފާނެވެ. ކަލޭގެފާނު އެ މަލާއިކަތުންނަށް، ތަކެތީގެ ނަންތަކުން ޚަބަރުދެއްވާށެވެ. ދެން އެކަލޭގެފާނު އެމަލާއިކަތުންނަށް އެތަކެތީގެ ނަންތަކުން ޚަބަރު ދެއްވިހިނދު އެސުވާމީންގެ ވަޙީ ކުރެއްވިއެވެ. 'ތިމަން ސުވާމީންގެ އުޑުތަކާއި ބިމުގެ ޣައިބު ދެނެވޮޑިގަންނަވާކަން ތިޔަބޭކަލުންނަށް ނާންގަވަމު ހެއްޔެވެ؟ އަދި ތިމަންސުވާމީންގެ ތިޔަ ބޭކަލުން ފާޅުގައި ކުރާ ކަންތަކާއި ވަންހަނާކޮށްއުޅޭ ކަންތައްތައް ދެނެވޮޑިގެންވަމެވެ.'
އާދަމުގެފާނަށް ސަޖިދަ ކުރާށޭ ތިމަންސުވާމީންގެ މަލާއިކަތުންނަށް އެންގެވިހިނދު ކަންހިނގި ގޮތް ކަލޭގެފާނު ކިޔައި ދެއްވަވާށެވެ. ފަހެ އިބިލީސް ނޫން އެހެން ހުރިހާ ބޭކަލުން ސަޖިދަ ކުރެއްވޫއެވެ. އޭނާ ސަޖިދައިން މަނާވެގަނެ ކިބުރުވެރި ވީއެވެ. އޭނާ ކާފިރުންގެ ތެރެއިންވީއެވެ.
އަދި ތިމަން ސުވާމީންގެ ވަޙީ ކުރެއްވީމެވެ. 'އޭ އާދަމުގެފާނެވެ. ކަލޭގެފާނާއި ކަލޭގެފާނުގެ އަނބިކަނބަލުން ސުވަރުގޭގައި ވަޒަންވެރިވާށެވެ. އަދި ތަނަވަސްކަމާއި ފަހިކަމާއިއެކު ތިޔަ ދެ ކަނބަލުން އެދިވަޑައިގަންނަވާ ގޮތަކަށް، އެ ސުވަރުގެއިން ފަރިއްކުޅުއްވާށެވެ. ތިޔަ ދެކަނބަލުން މިހިރަ ގަހާއި ކައިރިވެވަޑައި ނުގަންނަވާށެވެ. އެކަން ކުރައްވައިފިނަމަ ތިޔަ ދެކަނބަލުން އަމިއްލަ ނަފްސަށް އަނިޔާ ކުރާ މީހުންގެތެރެއިން ވެދާނެއެވެ.'" (ބަޤަރާ 2: 30-35)

މި އާޔަތްތަކުގެ މައްޗަށް ބަލާއިރު އަޅުގަނޑުމެންގެ ސާހިބު އާދަމުގެފާނަށް ﷲ އެތައް ގޮތަކުން ޢިއްޒަތް ދެއްވިއެވެ.
  • ހުރިހާ މަޚޫލޫޤާތްތަކުގެ މައްޗަށް ވެރިކަން ކުރައްވާނޭ ވެރިއެއްގެ މަޤާމު އެކަލާނގެ އެކަލޭގެފާނަށް ދެއްވިއެވެ.
  • އެކަލޭގެފާނު (ﷲ ގެ އަމުރަށް) ނުކިޔަމަންތެރި ނުވާހާ ހިނދު، އެކަލޭގެފާނަކީ ޠާހިރު ބޭކަލަކު ކަމުގައި ލެއްވިއެވެ.
  • އެކަލޭގެފާނުގެ އަމިއްލަފުޅު އުސްތާޛު ކަމުގައި ﷲ ވިއެވެ.
  • އާދަމުގެފާނަށް މަލާއިކަތުންނަށްވުރެ ގިނަ ތަކެތި އެނގިވަޑައިގަތެވެ.
  • އެކަލޭގެފާނަށް ސަޖިދަ ކުރުމަށް ﷲ މަލާއިކަތުންނަށް އަމުރު ކުރެއްވިއެވެ. އަދި އިބިލީސް ފިޔަވައި އެންމެންވެސް ސަޖިދަ ކުރިއެވެ.
  • އާދަމުގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން ސުވަރުގޭގައި ދިރިއުޅުއްވިއެވެ.
  • އާދަމުގެ ފާނު ބޭނުންފުޅުވަރަކަށް ކާނާ ހުއްޓެވެ. އެހެން ގޮތަކަށް ދަންނަވާނަމަ އެކަލޭގެފާނު ދިރިއުޅުއްވީ މުއްސަނދި ކަމުގެ ތެރޭގައެވެ.
  • އާދަމުގެ ފާނަށް ބޭނުންފުޅު އެއްޗެއް އިޚްތިޔާރު ކުރުމުގެ މިނިވަންކަން ލިބިވަޑައިގެން ވިއެވެ.
  • އާދަމުގެފާނަށް (ކަންތައްތައް) ދަސްކުރުމުގެ ޒިންމާ ޖެހުނެވެ.

މި އާޔަތްތަކުން އަޅުގަނޑުމެންނަށް އަންގަވާ އެއްޗެހީގެ އިތުރަށް، ކީރިތި ޤުރުއާނުން އަޅުގަނޑުމެންނަށް އެނގޭގޮތުގައި:
  • އެކަލޭގެފާނަކީ (އަޅުގަނޑުމެންފަދައިން، އެއްވެސް ގޮތަކަށް، އުފަންވެފައި ނުވާ) ސީދާ ﷲ ޚަލްޤު ކުރައްވާފައި ވާ ބޭފުޅެކެވެ.
  • ﷲ ގެ ރޫޙުފުޅުން އެކަލޭގެފާނުގެ (ހަށިކޮޅުގެ) ތެރެއަށް ފުމެ ލެއްވިއެވެ. (ފުރާނަ އެޅުއްވިއެވެ.)
قَالَ مَا مَنَعَكَ الَّا تَسْجُدَ اذْ امَرْتُكَ قَالَ انَا خَيْرٌ مِنْهُ خَلَقْتَنِي مِنْ نَارٍ وَخَلَقْتَهُ مِنْ طِينٍ
"އެކަލާނގެ ވަޙީ ކުރެއްވިއެވެ. 'ތިމަން ސުވާމީންގެ ކަލެއަށް އަމުރުކުރެއްވި ހިނދު ސަޖިދަ ނުޖަހައި މަނާވެގަތީ ކީތްވެހެއްޔެވެ؟' އޭނާ (އިބިލީސް) ދެންނެވިއެވެ. ތިމަން އެކަލޭގެފާނަށް ވުރެ މޮޅެވެ. (އެހެނީ) އިބަސުވާމީންގެ ތިމަން ހެއްދެވީ އަލިފާނުންނެވެ. އަދި އެކަލޭގެފާނު ހެއްދެވީ ކިސަޑު މަށިންނެވެ.'" (އަޢުރާފު 12:7)

ثُمَّ سَوَّهُ وَنَفَخَ فِيهِ مِنْ رُوحِهِ وَجَعَلَ لَكُمْ السَّمْعَ وَالْابْصَرَ وَالْافْءدَةَ قَلِيلًا مَا تَشْكُرُونَ
"ދެން އޭނާއަށް ސިފަދެއްވައި، އެކަލާނގެ ރޫޙުފުޅުން ފުރާނަ ދެއްވިއެވެ. އަދި ތިޔަބައިމީހުންނަށް އިވުމާއި ފެނުމާއި ހިތްތައް ދެއްވިއެވެ. (ނަމަވެސް އެކަލާނގެއަށް) ތިޔަބައިމީހުން ޝުކުރުކުރާލެއް މަދެވެ." (ސަޖްދަ 9:32)


އާދަމުގެފާނުގެ ފާފަ

އެކަމަކު ދެންވީ ކިހިނެތްތޯއެވެ؟ މާތް ﷲ އެކަލޭގެފާނުގެ މައްޗަށް ދެއްވި ހަމައެކަނި ޤާނޫނަށް އާދަމުގެފާނު ނުކިޔަމަންތެރި ވެއްޖެއެވެ.

فَأَكَلَا مِنْهَا فَبَدَتْ لَهُمَا سَوْءتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِنْ وَرَقِ الْجَنَّةِ وَعَصَى ءادَمُ رَبَّهُ فَغَوَى
"ފަހެ އެދެކަނބަލުން މަނާ ކުރެވިފައިވާ ގަހުން ފަރީއްކުޅުއްވިއެވެ. ދެން އެދެކަނބަލުންނަށް ޢައުރަ ފާޅުވުމުން (ނުވަތަ ޖިންސުގެ ޣަރީޒާ ފާޅުވުމުން) ސުވަރުގޭގެ ފަތްތަކުން ނިވާ ކުރުއްވުމަށް އުޅުއްވަތެވެ.  އާދަމުގެފާނު އެކަލޭގެފާނު ހެއްދެވި ކަލާނގެ އަމުރުފުޅަށް ނުކިޔަމަންތެރިވެ ގެއްލެނިވެ ހިނގައްޖެއެވެ." (ޠާހާ 121:20)


ލަދުވެތި ކަމުގައި އުޅުއްވުން – މުޅި އިންސާނިއްޔަތަށް ޖެހުނު ޙާލަތު

އަހަރެމެން އެންމެންނީ އާދަމުގެފާނުގެ ޢާއިލާއިން އައިސް ތިބި އެކަލޭގެފާނުގެ ދަރިންނެވެ. އަދި އަހަރެމެންގެ ޢާއިލާގެ ބައްޕަ އަބުރު ގެއްލުމުން އަހަރެމެން އެންމެންވެސް އަބުރު ގެއްލުނީއެވެ. އަހަރެމެންގެ ބަފާކަލުން އާދަމުގެފާނު އަހަރެމެން މި ގެންނެވީ ﷲ ގެ ޙަޟުރަތުގައި ލަދުވެތިކަމުގެ ތެރެއަށެވެ.
އެކަލޭގެފާނުގެ ދެ ދަރިކަލުން ކަމުގައިވާ ހާބީލާއި ޤާބީލުގެ މެދުގައި ޤަތުލު ކުރުން ފެށިއްޖެއެވެ.

فَطَوَّعَتْ لَهُ نَفْسُهُ قَتْلَ أَخِيهِ فَقَتَلَهُ فَأَصْبَحَ مِنْ الْخَاسِرِينَ هُ كَيْفَ يُوَارِي سَوْأَةَ أَخِيهِ قَالَ يَا وَيْلَتَا أَعَجَزْتُ أَنْ أَكُونَ مِثْلَ هَذَا الْغُرَابِ فَأُوَارِيَ سَوْأَةَ أَخِي فَأَصْبَحَ مِنْ النَّادِمِينَ فَبَعَثَ اللَّهُ غُرَابًا يَبْحَثُ فِي الْأَرْضِ لِي׀ رِ مِنْ أَجْلِ ذَلِكَ كَتَبْنَا عَلَى بَنِي إِسْرَائِيلَ أَنَّهُ مَنْ قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا وَلَقَدْ جَاءَتْهُمْ رُسُلُنَا بِالْبَيِّنَاتِ ثُمَّ إِنَّ كَثِيرًا مِنْهُمْ بَعْدَ ذَلِكَ فِي الْأَرْضِ لَمُسْرِفُونَ إِنَّمَا جَزَاءُ الَّذِينَ يُحَارِبُونَ اللَّهَ وَرَسُولَهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا أَنْ يُقَتَّلُوا أَوْ يُصَلَّبُوا أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُمْ مِنْ خِلَافٍ أَوْ يُنفَوْا مِنْ الْأَرْضِ ذَلِكَ لَهُمْ خِزْيٌ فِي الدُّنيَا وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ إِلَّا الَّذِينَ تَابُوا مِنْ قَبْلِ أَنْ تَقْدِرُوا عَلَيْهِمْ فَاعْلَمُوا أَنَّ اللَّهَ غَفُورٌ رَحِيمٌ
"އަދި އާދަމުގެ ފާނުގެ ދެ ދަރިކަލުންގެ ވާހަކަ ޙައްޤު ގޮތުގައި ކަލޭގެފާނު އެބައިމީހުންނަށް ކިޔައި ދެއްވާށެވެ. އެއީ އެ ދެ ދަރިކަލުން ކުރެ ކޮންމެ ދަރިކަލަކު ﷲ އަށްޓަކައި ޤުރުބާނެއް ހުށަހެޅުއްވި ހިނދެވެ. ފަހެ އެ ދެ ދަރިކަލުންގެ ތެރެއިން އެއް ދަރިކަލުންގެ ކިބައިން އެކަން ޤަބޫލު ކުރެވުނެވެ. އަނެއް ދަރިކަލުންގެ ކިބައިން ޤަބޫލެއް ނުކުރެވުނެވެ. އޭނާ ބުންޏެވެ. 'ހަމަ ކަށަވަރުން އަހުރެން ކަލޭ ޤަތުލު ކުރާހުށީމެވެ.' އަނެކަކު ބުންޏެވެ. 'މާތް ﷲ ޤަބޫލު ކުރައްވާކަން ކަށަވަރީ ތަޤުވާ ވެރިންގެ ކިބައިންނެވެ.
ހަމަ ކަށަވަރުން އަހުރެން ޤަތުލު ކުރުމަށްޓަކައި މަށާއި ދިމާލަށް ކަލޭ އަތް ދަމާލިޔަސް ކަލޭ ކަތިލުމަށްޓަކައި އަތްދަމާލާނެ މީހަކު ކަމުގައި އަހުރެން ނުވާހުށީމެވެ. ހަމަ ކަށަވަރުން ޢާލަމްތައް ހައްދަވައި ބޮޑުކުރެއްވި މާތް ﷲ އަށް އަހުރެން ބިރުވެތިވަމެވެ.
ހަމަ ކަށަވަރުން އަހުރެން އެދެނީ އަހުރެންގެ ފާފައާއި ކަލޭގެ ފާފަ އުފުލައިގެން ކަލޭ ދިޔުމެވެ. އެއިރުން ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ކަލޭ ވެދާނެއެވެ. އަނިޔާވެރިންގެ ޖަޒާއަކީ އެއީއެވެ.'
ދެން އޭނާގެ އަޚާ ޤަތުލު ކުރުމަށް، އޭނާގެ ސިކުނޑި އޭނާއަށް ވާގި ދިނެވެ. ދެން އޭނާ އޭނާގެ އަޚާ ޤަތުލު ކުރިއެވެ. ދެން އެއަށްފަހު ގެއްލެނި ވެގެންވާ މީހުންގެ ތެރެއިން އޭނާ ވެއްޖެއެވެ." (މާއިދާ 5: 30-34)


ލަދުވެތިކަމުގެ ތެރެއަށް ވެއްޓިވަޑައިގަތުން

އެހެންވީމާ ﷲ އެދެކަނބަލުންނަށް ވަޙީ ކުރެއްވިއެވެ.

فَازَلَّهُمَا الشَّيْطَنُ عَنْهَا فَاخْرَجَهُمَا مِمَّا كَانَا فِيهِ وَقُلْنَا اهْبِطُوا بَعْضُكُمْ لِبَعْضٍ عَدُوٌّ وَلَكُمْ فِي الْارْضِ مُسْتَقَرٌّ وَمَتَعٌ اِلَى حِينٍ
"(ބިމަށް) ފައިބާށެވެ."
"ދެންފަހެ ޝައިޠާނާ އެދެކަނބަލުން (އެގަހުގެ ފަރާތުން) ކުށުގައި އަޅުވައި (ސުވަރުގޭގައި) އެ ދެކަނބަލުން އުޅުއްވި ނިޢުމަތްތަކުން އެ ދެކަނބަލުން ބޭރުކޮށްފިއެވެ. އަދި ތިމަންސުވާމީންގެ ވަޙީ ކުރެއްވީމެވެ. ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކާއި ޢަދާވާތްތެރިން ކަމުގައި ވާޙާލު، ތިޔަބައި މީހުން ބިމަށް ފައިބާށެވެ. އަދި ހިނދުކޮޅަކަށްޓަކައި ތިޔަބައިމީހުން ދިރިއުޅެ ޤަރާރުވެ ތިބޭނޭ ތަނެއްކަމުގައި ބިން ވާނެއެވެ." (ބަޤަރާ 36:2)
قَالَ اهْبِطُوا بَعْضُكُمْ لِبَعْضٍ عَدُوٌّ وَلَكُمْ فِي الْارْضِ مُسْتَقَرٌّ وَمَتَعٌ الَى حِينٍ
"އެކަލާނގެ ވަޙީ ކުރެއްވިއެވެ. 'ތިޔަބައިމީހުން އެއް ބަޔަކު އަނެއްބަޔެއްގެ މައްޗަށް ދުޝްމަނުން ކަމުގައި ވާ ޙާލު (ސުވަރުގެއިން) ފައިބާށެވެ. އަދި ބިމަކީ ކަނޑައެޅިގެންވާ ވަގުތުކޮޅަކަށް ތިޔަބައި މީހުން މަޖާކޮށް، ޤާއިމުވެ ތިބޭނޭ ތަނެއް ކަމުގައި ލައްވައިފީމެވެ." (އަޢުރާފު 24:7)
قَالَ فِيهَا تَحْيَوْنَ وَفِيهَا تَمُوتُونَ وَمِنْهَا تُخْرَجُونَ
"އެކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުން ދިރިއުޅޭހުށީ އެތާނގައެވެ. އަދި މަރުވާ ހުށީ އެތާނގައެވެ. އަދި (ޤިޔާމަތް ދުވަހުން ދިރުއްވައި) ނެރުއްވާ ހުށީ އެތަނުންނެވެ." (އަޢުރާފު 25:7)
يَبَنِي ءادَمَ قَدْ انزَلْنَا عَلَيْكُمْ لِبَاسًا يُوَرِي سَوْءتِكُمْ وَرِيشًا وَلِبَاسُ التَّقْوَى ذَلِكَ خَيْرٌ ذَلِكَ مِنْ ءايَتِ اللَّهِ لَعَلَّهُمْ يَذَّكَّرُونَ
"އޭ އާދަމުގެ ދަރިންނޭވެ. ތިޔަބައިމީހުންގެ ޢައުރަތައް ފޮރުވަނިވި ފޭރާމާއި ދޫނިފަތް ތިމަންސުވާމީންގެ ތިޔަބައިމީހުންނަށް ޓަކައި ފޮނުއްވީމެވެ. އަދި ތަޤުވާވެރި ކަމުގެ ފޭރާމަކީ އެންމެ ހެޔޮވެގެންވާ ފޭރާމެވެ. މިއީ ﷲ ގެ ހެކިތަކުގެ ތެރެއިން ވާ ކަމެކެވެ. އެއީ ތިޔަބައި މީހުން (ތިމަން ސުވާމީންގެ މަތިން) ހަނދުމަ ކުރޭތޯއެވެ."(އަޢުރާފު 26:7)

އެހެންވީމާ އާދަމުގެފާނަށް ލިބިވަޑައިގެންފައި ވީ ހުރިހާ ކަމަކާއި ތަކެއްޗެއް އެކަލޭގެފާނަށް ގެއްލުނީއެވެ. އަދި ޢިއްޒަތާއި ޤަދަރު ލިބިގެންވާ ތަނެއްގެ ބަދަލުގައި ލަދުވެތި ކަމާއި ނިކަމެތި ޙާލުގައި އެތައް ގޮތަކުން އުޅުއްވަން ޖެހިވަޑައިގަތެވެ:-
  • އެކަލޭގެފާނު ﷲ ތަޢާލާއާއި ދުރުވެ ބީރައްޓެހި ވެ ވަޑައިގެންނެވިއެވެ.
  • މަލާއިކަތުން އިތުރަކަށް އެކަލޭގެފާނަކަށް ސަޖިދައެއް ނުކުރެއެވެ.
  • ނުކިޔަމަންތެރި ކަމުގެ ސަބަބުން އެކަލޭގެފާނު ނުޠާހިރު ވެއްޖެއެވެ.
  • އެކަލޭގެފާނު އޮރިޔާން ޙާލު ކޮޅުގައި ޖެހިވަޑައިގަތެވެ.
  • ﷲ ގެ ޚަލީފާ ކަމުގެ މަޤާމް އެކަލޭގެފާނަށް ގެއްލިއްޖެއެވެ.
  • އެކަލޭގެފާނު އަނބިކަބަލުންނާއި އެކު ދުނިޔޭގައި އުޅުއްވީ ދުޝްމިން ކަން މަތީގައެވެ.
  • އެކަލޭގެފާނު އުޅުއްވަންވީ ވަކި ތަނެއް ﷲ ހަމަ ޖެއްސެވުމުގެ ސަބަބުން، އެކަލޭގެފާނުގެ މިނިވަންކަން ވަކި ޙުދޫދަކަށް އައީއެވެ.
  • މުޅި މަޚުލޫޤާތްތަކުގެ މައްޗަށް ވާ، ދާއިމީ ވެރިޔަކު ކަމުގައި ވުމުގެ ބަދަލުގައި، އެކަލޭގެފާނުގެ ދިރިއުޅުމަކީ ވަކި ހިނދުކޮޅަކަށްޓަކައި ވާ އެއްޗެއް ކަމުގައިވެ، މަރުވާނެ މީހަކަށް ވިއެވެ.
  • އެކަލޭގެފާނު އުޅުއްވަން ޖެހިވަޑައިގަތީ ފަޤީރު ޙާލުގައެވެ. އަދި ސުވަރުގެއެއްގައި (ބަގީޗާއެއްގައި) އިތުރަށް ނުއުޅުއްވެވުމުގެ ސަބަބުން، އަމިއްލަފުޅަށް ފަރީއްކުޅުއްވުމަށްޓަކައި ބުރަ މަސައްކަތް ކުރައްވައި، ގޮވާން ހައްދަވަން ޖެހިވަޑައިގަތެވެ.

އޮރިޔާން ނިވާކުރުން

އާދަމުގެފާނު ކުރެއްވީ ކޮން ކަމެއް ހެއްޔެވެ؟ އެކަލޭގެފާނު މަސައްކަތްޕުޅު ކުރެއްވީ އެކަލޭގެފާނުގެ އިންސާނީ ބާރުފުޅާއި އެކު އެ ގަސްތަކުގެ ފަތްތަކުން އެކަލޭގެފާނުގެ ޢައުރަ ނިވާކުރެއްވޭތޯއެވެ. އެކަމަކު އެކަލޭގެފާނުގެ އިންސާނީ ބާރުފުޅުތައް ކާމިޔާބުނުވެ ފެއިލި ވީއެވެ.

فَدَلَّهُمَا بِغُرُورٍ فَلَمَّا ذَاقَا الشَّجَرَةَ بَدَتْ لَهُمَا سَوْءتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِنْ وَرَقِ الْجَنَّةِ وَنَادَهُمَا رَبُّهُمَا الَمْ انْهَكُمَا عَنْ تِلْكُمَا الشَّجَرَةِ وَاقُلْ لَكُمَا انَّ الشَّيْطَنَ لَكُمَا عَدُوٌّ مُبِينٌ
"ފަހެ މަކަރުން އޭނާ (އިބިލީސް) އެދެކަނބަލުން ދަށް ކޮށްފިއެވެ. ދެން ފަހެ އެ ދެކަނބަލުން އެ ގަހުން ރަހަ ބެއްލެވި ހިނދު އެ ދެކަނބަލުންގެ ޢައުރަ އެ ދެކަނބަލުންނަށް ފައުޅު ވެއްޖެއެވެ. އަދި އެ ދެކަނބަލުން ސުވަރުގޭގެ ފަތްތަކުން ޢައުރަ ނިވާ ކުރެއްވޭތޯ ފައްސަވަން ފެއްޓެވިއެވެ. އަދި އެ ދެކަނބަލުންގެ ވެރި ރަސްކަލާނގެ ނިދާ އިއްވެވިއެވެ. 'އެ ގަހާއި ގާތްވެވަޑައިގަތުން ތިޔަ ދެކަނބަލުންނަށް ތިމަން ސުވާމީންގެ މަނާ ނުކުރައްވަމުހެއްޔެވެ؟ އަދި ހަމަ ކަށަވަރުން ޝައިޠާނާ އަކީ ތިޔަ ދެކަނބަލުންނަށް ހުރި ފާޅުވެގެންވާ ދުޝްމިނެއްކަން ނުއަންގަވަމުހެއްޔެވެ؟'" (އަޢުރާފް 22:7)

ދެން އާދަމުގެ ފާނުގެ އޮރިޔާން ޙާލުކޮޅަށް ޙައްލެއް މާތް ﷲ ދެއްވިއެވެ. ފޭރާމެވެ.

يَبَنِي ءادَمَ قَدْ انزَلْنَا عَلَيْكُمْ لِبَاسًا يُوَرِي سَوْءتِكُمْ وَرِيشًا وَلِبَاسُ التَّقْوَى ذَلِكَ خَيْرٌ ذَلِكَ مِنْ ءايَتِ اللَّهِ لَعَلَّهُمْ يَذَّكَّرُونَ
"އޭ އާދަމުގެފާނުގެ ދަރިންނޭވެ. ތިޔަބައި މީހުން ޢައުރަތައް ފޮރުވައިފަނިވި ފޭރާމާއި ދޫނިފަތް ތިމަން ސުވާމީންގެ ތިޔަބައި މީހުންނަށްޓަކައި ފޮނުއްވީމެވެ. އަދި ތަޤުވާ ވެރިކަމުގެ ފޭރާމަކީ އެންމެ ހެޔޮ ފޭރާމެވެ. އެކަންތައް ވަނީ ﷲ ގެ ފާޅުވެގެންވާ ހެކި ތަކުގެ ތެރެއިންނެވެ. އެއީ ތިޔަބައި މީހުން (ތިމަން ރަސްކަލާނގެ މަތިން) ހަނދުމަ ކުރޭތޯއެވެ." (އަޢުރާފް 26:7)

ހަމަ ސީދާ، ކޮންވައްތަރެއްގެ ފޭރާމެއް ކަމެއް ﷲ ނުއަންގަވައެވެ. އެކަމަކު ދޫނިފަތޭ ވަޙީ ކުރެއްވުމުން އެއިން ކޮންމެވެސް އެއްޗެއް ދޭހަކޮށް ދެއެވެ. އެއީ ހަމަ ޔަޤީނުންވެސް ޕޮލިސްޓަރެއް ނޫނެވެ. އާދަމުގެފާނަށާއި ޙައްވާގެފާނަށް ﷲ ދެއްވީ ޖަނަވާރުގެ ހަމެވެ. މިކަމުން މާތް ﷲ އިޝާރާތް ކުރައްވަނީ (އާދަމުގެ ފާނު ނުކިޔަމަންތެރި ވުމުން) އެކަލޭގެފާނަށް ޖެހިވަޑައިގަތް އެންމެ ބޮޑު މައްސަލައަށް (އޮރިޔާން ޙާލު ކޮޅުގެ މައްސަލައަށް) އޮތް ޙައްލަށެވެ. މިޙައްލަކީ ލެޔެވެ. އޭގެފަހުން އަޅުގަނޑުމެންގެ ސާހިބާ އިބްރާހީމްގެފާނުގެ ދަރިކަލުން ބޮޑުވެގެންވާ ޤުރުބާނީއަކުން ސަލާމަތް ކުރެއްވި ހިނދުވެސް ﷲ ހަމަ އެފަދައިން އިޝާރާތް ކުރައްވާފައި ވެއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ އެކަލޭގެފާނު އެ ޤުރުބާނީގެ ލޭ އޮހޮރުއްވިއެވެ.

وَفَدَيْنَهُ بِذِبْحٍ عَظِيمٍ
"އަދި ޤަދަރު ބޮޑުވެގެންވާ ކަންބަޅި ބަކަރިއެއް ކަތިލެއްވުމުން ތިމަންސުވާމީންގެ އެކަލޭގެފާނު ސަލާމަތް ކުރެއްވީމެވެ." (ޞާއްފާތު 107:37)

އިންސާނުން ރައްދުދޭ ގޮތް

އޭރުއްސުރެފެށިގެން އާދަމުގެފާނުގެ ދަރިފަސްކޮޅުކަމުގައިވާ، އަޅުގަނޑުމެން އިންސާނުން، ތަފާތު އެކި ގޮތްގޮތަށް އެކަންތައްތައް ތަކުރާރު ކުރަމުން އެބަ ގެންދަމުއެވެ:
  • އަޅުގަނޑުމެންނަށް ކުރެވޭ ފާފަތަކާއި ކުށްތައް އަޅުގަނޑުމެން ވަންހަނާ ކުރަމުއެވެ.
  • އެތައް ސަބަބު ތަކަކާއި އެކު އެކަންތައްތަކަށް އަޅުގަނޑުމެން އުޒުރު ދައްކަމުއެވެ.
  • އެއީ އާދައިގެ ކަންތައްތަކެއް ކަމުގައި ދެކި އެއާއި ކުޅެހަދަމުއެވެ.
  • އަޅުގަނޑުމެން (ކުރާ ކުށްތައް) އެހެން މީހުންނާއި އަޅުވާ ބަލާފައި އެ މީހުންނަށްވުރެ އަޅުގަނޑުމެން ރަނގަޅުކަމުގައި އަޅުގަނޑުމެން ދެކެމުއެވެ.
ނަމަވެސް އެއީ ނުކުރާ ކަންތަކެއް ކަމުގައި އަޅުގަނޑުމެންނަކަށް ނެހެދޭނެއެވެ.
އަޅުގަނޑުމެން ކުރަން ޖެހޭކަމަކީ ﷲ ގެ މަގަށް ރުޖޫވުމެވެ.
އެކަމަކު އެނބުރި ދާނެ ގޮތަކީ ކޮބައިބާއެވެ؟
ﷲ އާއި އެކު އަލުން ގުޅުން ބަދަހި ކުރާނީ ކިހިނެތްބާއެވެ؟
އަދި އެފަދަ ގުޅުމެއް އުފައްދައި ދޭން މެދުވެރިވެ ދޭނީ ކާކުބާއެވެ؟

އެމްނެ ސިދަ މަގު ބްލޮގް

1 comment: