Oct 25, 2010

ގޮސްޕެލްގައިި އެކުލެވެނީ ހަތަރު ފޮތް ކޮޅެވެ.

 މުރާސިލްގައި އިބްނު ޝަރީފު ލިއުއްވި ކޮމެންޓް.

މިހާރު އެކުލަވާފައިވާ ބައިބްލްގައިވާ 4 ގޮސްޕަލްގެ އިތުރުންވެސް އިތުރު ގޮސްޕަލްތައް ވެއެވެ. އަދި މާތްރަސްކަލާނގެ ބަސްފުޅުތައް ކަމުގައިބުނާ އިތުރު ފޮތްތަކެއްވެސް ވެއެވެ، މިފޮތްތަކަކީ ބައިބްލްގައި ހިމަނައިފިނަމަ މިހާރަށްވުރެވެސް ބޮޑެތި ޚިލާފުތަައް ފެންމަތިވާނޭ ފޮތްތަކެކެވެ. މިސަބަބާހުރެ މިފޮތްތައް ބައިބްލްއިންވަނީ ބޭން ކޮށްފައެވެ. މިގޮތުން ގޮސްޕަލް އޮފް ތޯމަސް އަދި ގޮސްޕަލް އޮފް މޭރީ، ބުކް އޮފް އީނާކް ފާހަގަ ކޮށްލަމެވެ. މިފޮތްތަކުގެ ތެރެއިން ގޮސްޕަލް އޮފް ތޯމަސްގައި ބަޔާންވެބަޔާންވެފައިވާ ބައެއް ވާހަކަތައް ކީރިތި ޤުރުއާނުގައި ބަޔާންވެފައިވާ ވާހަކަތަކާއި ވަރަށް އެއްގޮތެވެ. ވީއިރު މިފަދަ ޚިލާފު ހުރި ފޮތަކަށް އީމާންވެވޭނީ ކޮންފަދަ ވިސްނުމަކުން ހެއްޔެވެ؟ ޤަބޫލު ކޮށްފަ ޤަބޫލު ނުކުރާނީ ކޮން ގޮސްޕަލް އެއް ހެއްޔެވެ؟

ގޮސްޕެލްގައި އެކުލެވެނީ 4 ފޮތްކޮޅެވެ. އެއީ މެތިއު މާރކް ލޫކް ޖޯން މި ހަތަރު ފޮތް ކޮޅެވެ. މިއީ އީސާއީންގެ ދީންވެރީން ގަބޫލު ކުރާ ގޮތެވެ. މިއަކީ އީސާގެފާނަށް މާތްކަލާނގެ ބާވައިލެއްވި ފޮތްކޮޅުތަކެއް ނޫނެވެ. މި 4 ފޮތްކޮޅު ލިއުއްވާފައިވަނީ  ހަތަރު ބޭކަލުން ތަފާތު ތަންތާނގައި ތިއްބަވައި ތަފާތު ދުވަސްވަރުގައެވެ. އިންޖީލުގައި ހުރި ލިއުންތަކަކީ އިންސާނުން ލިޔެފައިވާ ލިއުއްވުން ތަކެވެ. އިންޖީލުގައިވަނީ އީސާގެފާނު ކުރެއްވި ކަންތަކާއި ވިދާޅުވި ބަސްފުޅުތަކާއި ހިނގި ހާދިސާތަކެވެ.
އީސާގެފާނަކީ މާތްކަލާނގެ ބަސްފުޅެވެ. އެހެންކަމުން އެކަލޭގެފާނު ވިދާޅުވާ ބަސްފުޅުތަކަކީ މާތްކަލާނގެ ބަސްފުޅުތައް ކަމަށް ބެލެވެނީއެވެ.

އީސާގެފާނާ ބެހޭގޮތުން އެކި މީހުން އެކި ދުވަސްވަރުގައި މިނޫން ލިއުންތައް ލިޔެފައި ހުރުމަކީ އެކަށީގެން ނުވާކަމެއް ނޫނެވެ. އެހެންނަމަވެސް ގޮސްޕެލް އޮފް މޭރީ ފަދަ ލިއުންތަކަކީ ގޮސްޕެލްއޭ ނުވަތަ އިންޖީލޭ މި ކިޔާ ފޮތްތަކުގެ ތެރޭގައި ހިމެނިފައި ވާ ފޮތްތަކެއް ނޫނެވެ.  އެ ފޮތްތަކަށް ގޮސްޕެލް ކިޔަނީ އިންޖީލުގައިވާ 4 ފޮތްކޮޅާ އެއް ނިސްބަތަކުން ނޫނެވެ. 

މޭރީ މެގްދަލޭން އަކީ އީސާގެފާނުގެ ދުވަސްވަރުގައި އުޅުއްވި ބޭކަނބަލެއް ކަމަށް ވިޔަސް އީސާގެފާނާ ބެހޭ ފުރިހަމަ ފޮތެއް ލިއުއްވާފައެއް ނުވެއެވެ. އަދި ކޮންމެވެސް ލިއުއްވުމެއް ލިއުއްވާފައި ހުއްޓަސް އިސްވެ ދެންނެވުނު  ހަތަރު ފޮތްކޮޅުގައި ނެތް އާވާހަކަ ތަކެއް ނުވާނެއެވެ. އެއްވާހަކައެއް ކިތަންމެ ގޮތަކަށް ކިތަންމެ ބައެއްގެ ތުންތުން މަތީން ތަކުރާރު ވުމަކުން އެހާދިސާއަކަށް ބަދަލެއް އައީ ކަމަށް ބަލާނެ ޖާގައެއް ނެތެވެ.

ބައިބަލްގެ އެންމެ ކުރީގެ ފޮތްތަކީ އެތަކެއް ހާސް އަހަރެއްގެ ކުރީގެ ފޮތްތަކެއް ކަމަށް ވާކަމުން އެފޮތްތަކަށް ގެއްލުންތަކެއް ލިބިފައިވެއެވެ. ކިޔަން އެނގެން ނެތް ތަންތަން ކޮޅުވެސް ހުއްޓެވެ. އެހެން ނަމަވެސް ފަހުން ޑެޑްސ ީ ކާރިފަށުން ފެނުނު ސަލާމަތުން ހުރި ލިއުންތައް ލިބުމުން އެ އުނިކަން ފޫބެއްދުމަށް ވަރަށް ބޮޑު އެހީއެއް ލިބުނެވެ.

ބައިބަލްގައި ބުނާ ހާދިސާތަކުގެ ސާފު ހެކި  މިހާރު ބިންމަތިން ފެންނަން ހުރީ ވަރަށް މަދުން ނަމަވެސް ކޮނެގެންނާއި އެހެނިހެން ގޮތްގޮތުން ކުރެވުނު އާކިއޮލޮޖީގެ ތަހުލީލުތަކުން އެ ލިއުންތަކަށް ކޮންމެވެސް ވަރެއްގެ ހެކިތަކެއް މިހާރު ލިބިފައިވެއެވެ.  އެ ލިބުނު ހެކިތަކުގެ ތެރޭގައި އެކިތަންތަނުގައި ހުރި ހިލަ ހިލައިގައި ކަނޑާނެގިފައިވާ ތާރީޚީ މައުލޫމާތު ހިމެނިފައިވެއެވެ.

މިގޮތުން ލިބުނު ހެކި މަދު ނަމަވެސް ލިބުނު ހެކިތަކުން މި ލިއުންތަކުގެ އަސްލު ކަމުގެ މައްޗަށް ބާރު އަޅާދެއެވެ. އަދި މިއަކީ ބަޔަކު ތާނކު ތިބެ ލިޔެފައިވާ ފުލޯކުވާހަކައެއް ނޫންކަން ކަށަވަރު ވެގެން ދެއެވެ.

ބައިބަލްގައި ތަފާތު ވަރޝަންތައް ހުއްޓަސް ތަފާތު ގޮތްގޮތަށް އެއް ވާހަކަތަކެއް ތަކުރާރުވެފައި ހުއްޓަސް އެފޮތުގައި ވާ ހަގީގަތަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އެހެންކަމުން އެއްވެސް ހަރުދަނާ ހެއްކެއް ދެއްކެން ނެތި ބައިބަލް އަކީ ބަޔަކު ބަދަލު ކޮށްފައިވާ ފޮތެކޭ ބުނުމުން އެކުރެވެނީ ވަރަށް ބޮޑު ގޯހެކެވެ. އެއީ މާތްކަލާނގެ ބަސްފުޅުގެ ސައްހަ ކަން ގެއްލުވާލަން ގަސްތުގައި ނުވަތަ ނޭނގި ތިބެ ކުރާ ވަރަށް ބޮޑު ކުށެކެވެ. 
އިންސާނަކު ކުރާ ކަމަކާމެދު ދޮގު ހެކި ދޭ މީހަކީ ކިހާ ނުބައި ކަމެއް ކުރި މީހެއްކަމާމެދު ދެބަސްވާނެ މީހަކު ނެތެވެ.  އެކަމަކު މާތްކަލާނގެއަށް ރައްދުވާފަދަ ދޮގެއް ހަދާމީހަކަށް ހުރި ނުބައިކަން ހިތަށް ގެންނަންވެސް އެނގޭނެ މީހަކު ނެތެވެ.
*އަލްފާ*
   

10 comments:

  1. އަލްފާއެވެ. ބައިބަލްގައިވަނީ 4 ގޮސްޕެލް އެވެ. އޭގެ މާނަ އަކީ އިތުރު ގޮސްޕަލް ތައް ނެތުމެއް ނޫނެއް ނޫންތޯއެވެ. އަޅުގަނޑުގެ ކޮމެންޓްގައިވަނީ ބައިބަލްގައިވާ 4 ގޮސްޕަލްގެ އިތުރުންވެސް އިތުރު ގޮސްޕަލްތައް ވާކަމުގައިއެވެ. މިއީ އަޅުގަނޑު ހަދައިގެން ދެއްކިވާހަކައެއް ނޫނެވެ. މިއީ ހުދު ކްރިސްޓިއަން ދީނުގެ އިލްމުވެރިންވެސް އެއްބަސްވާ ކަމެކެވެ. އަލްފާ ދެންނެވި ގޮތަށް ބައިބްލްގައިވާ 4 ގޮސްޕަލްގެ އިތުރުންވެސް ބަޔަކު ލިޔުންތަކެއް ލިޔެފަ ހުރެދާނެއެވެ. ތެދެކެވެ. ހުރެދާނެއެވެ. އަދި އެބަހުއްޓެވެ. އަޅުގަނޑުގެ ސުވާލަކީ ބައިބްލަގައި 4 ގޮސްޕެލް ހިމަނާފައިވަނީ ކީއްވެތޯއެވެ؟ ބާކީ ހުރި ގޮސްޕަލްތައް ނުހިމަނާ ހުރީ ކީއްވެތޯއެވެ؟ އަލްފާގެ ލިޔުމުން ދޭހަވާ ގޮތުގައި ބާކީ ހުރި ގޮސްޕެލްތަކުގައިވެސް ވަނީ އެއް ވާހަކަތަކެކެވެ. ތަފާތު މީހުން ލިޔެފައިހުރި ލިޔުންތަކަށްވުމުން އިބާރާތް ތަފާތު ވެދާނެ ކަމަށަވެ. އެހެން ކަމަށްވާނަމަ ހަމަ ގޮސްޕަލް އޮފް މޭރީ، ޕީޓާ އަދި ތޯމަސް ފަދަ ފޮތަްތައްވެސް ހިމަނަންވީ ނޫންތޯއެވެ. އަދި މީގެ ތެރެއިން ގޮސްޕަލް އޮފް ތޯމަސް އަކީ އެންމެ ކުރިން ލިޔެވުނު ފޮތް ކަމަށްވެސް ބައެއް ކްރިސްޓިއަން އިލމުވެރިން ލަފާ ކުރެއެވެ. އެހެން ކަމަށް ވާނަމަ މިފަދަ މުހިންމު ފޮތެއް ނުހިމެނުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ. އަލްފާއެވެ. އެފޮތްތައް ބައިބަލްގައި ނުހިމަނާ ހުރި އޭގައި ކްރިސްޓިއަން ދީނުގެ އަޤީދާ އާއި ބޮޑެތި ތަޢާރަޒުވުންތައް ހުރީމެވެ. މިސާލެއް ދަންނަވާފާނަމެވެ. ގޮސްޕެލް އޮފް ޕީޓާގައިވާގޮތުން އީސާގެފާނު މަރެއް ނުވެއެވެ. މިއީ އަޅުގަނޑު ބުނި އެއްޗެއް ނޫނެވެ. މިއީ ހަމަ ކްރިސްޓިއަން އިލްމުވެރިން ތަރުޖަމާ ކުރައްވާ ގޮތެވެ. އެކަމަކު އަލްފާ ތިޔަ ދަންނަވަނީ އެގޮސްޕަލް ތަކުގައިވެސް އާވާހަކަތަކެއް ނުވާ ކަމަށެވެ. ނިންމާލުމުގެ ކުރިން އެއްޗެއް އިތުރު ކޮއްލާނަމެވެ. އެއްވެސް ހަރދަނާ ހެއްކެތް ނެތި ބައިބްލް އަކީ މީހުން ބަދަލުކޮށްފައިވާ ފޮތެއް ކަމަށް ބުނުމުން އެކުރެވެނީ ވަރަށް ބޮޑު ގޯހެކެވެ. އަޅުގަނޑު އެހެން އަދި ބުނަފައެއް ނެތީމެވެ. އެހެން ނަމަވެސް ބުނެލާ ހިތްވެއެވެ. އުނި އިތުރު ކުރުމަކީ ބަދަލު ކުރުން ނޫންތޯއެވެ؟ ރިވައިސްޑް ނިއު އިންޓަރނޭޝަނަލް ވާޝަންގައި އެހެނިހެން ބައިބްލް ވާޝަން ތަކުގައިވާ 17 ތަފާތު އާޔަތެއް އުނިކޮށްފައިވުން އެއީ ބަދަލު ކުރުމެއް ނޫންތޯއެވެ؟ ނުވަތަ ކިންގްސް ޖޭމްސް ވާޝަންގައި އިތުރު ކުރެވިފައިވާ 17 އާޔަތަކީ ބަދަލު ކުރުން ނޫންތޯއެވެ؟ ނިއުު އިންޓަރނޭޝަނަލް ވާޝަން ިއިން އެ 17 އާޔަތް އުނި ކުރީ އަޅުގަނޑެއް ނޫނެވެ. ނަސާރާއިންގެ އިލްމުވެރިންނެވެ. .

    ReplyDelete
  2. އެނޮނިމަސް އެވެ. ބައިބަލްގައި 4 ފޮތް އެކުލަވާފައިވަނީ އެ ފޮތްތައް ލިއުއްވާފައިވަނީ އީސާގެފާނާއެކު އެންމެ ކާރީގައި އެންމެ ގިނަ ދުވަހު އުޅުއްވި ބޭކަލުންގެ ލިއުއްވި ފޮތް ތައް ކަމަށް ވެފައި އެ ފޮތަކީ ދީނުގެ ދަންނަ ބޭކަލުން އިއްތިފާގުވާ ގޮތުގައި މާތް ހަތަރު ފޮތް ކޮޅުކަމުގައި ހިމަނާފައިވާ 4 ފޮތްކޮޅެވެ. ކޮންމެ ޒަމާނެއްގައިވެސް އުނި އިތުރާއެކު ނުވަތަ ބަދަލު ކޮށްގެން ލިޔާ މީހުން ތިބެދާނެއެވެ. އެފަދަ ކޮންމެ ލިއުމެއް އެއީ އިތުބާރު ލިއުންތަކެއް ކަމުގައި ނުބެލެވެއެވެ. މޭރީ އަކީ އީސާގެފާނުގެ ވަރަށް ގާތް އަންހެނެއް ކަމުގައިވިޔަސް މޭރީ ގެ ގޮސްޕެލްއޭ ކިޔާ ލިއުން ލިޔެފައިވަނީ މާފަހުންކަން ސާބިތުވާނެއެވެ. ގޮސްޕެލްގެ މާނައަކީ ހެޔޮ ޚަބަރުފުޅެވެ. ތިޔަ އެނޮނިމަސްގެ ގޮސްޕެލްއޭ ވެސް ހަމަ ލިޔަންވީ އިނގޭތޯއެވެ.
    ބައިބަލްގެ އަސްލު އެއްވެސް ފޮތަކުން އާޔަތެއް އުނިއިތުރު ކޮށްފައެއް ނުވާނެ އިނގޭތޯއެވެ. ނަމްބަރު ތަރުތީބު ކުރުމުގައި ތަފާތެއް އަޔަސް އެކަންވެސް އެނގެން ހުންނާނެއެވެ. ބައިބަލްގެ އަސްލު ފޮތް ބައްލަވަން ބޭނުން ބަޔަކަށް ފެންނަން އެ އޮތީއެވެ. ކީރިތި ރަސޫލާ ދުނިޔެއަށް ވަޑައިގަތުމުގެ 300 އަހަރު ކުރީގައި އޮތް ފޮތް މިހާރުވެސް ބްރިޓިޝް ލައިބްރަރީ އޮފް ލަންޑަންގައި އޮންނާނެއެވެ. ބަދަލު ކޮށްފައި މަދުކޮށްފައި އާޔަތެއް އޮތްނަމަ ތިޔަ ބޭފުޅާއަށް ވުރެ ކުރިން މުޅި ދުނިޔެއަށް އެކަން އޮންނާނީ މިހާރު ފަޅާ އަރާފައެވެ.
    ތިޔަ އަރާފައިވަނީ އަދި އަރުވަން އުޅެނީ ވަރަށް ބޮޑު އޮޅުމެއް އިނގޭތޯއެވެ.
    *އޮމެގާ*

    ReplyDelete
  3. ajaaibu.
    thafaatheh huri fotheh viyyaa nahthaalaafai eh fothakah liyefai oiynama miheneh nubuneveyne. enmen nakee ehvarakah tolerate nukurevey baeh noon. mi fothakee chaatu kurahaa note thah liye adhi eyga highlightarun meehu ron'gudhamaa ves hadhaa fotheh. thikkakah fiyyakah nuguthaa akah badhalu nugenevey fotheh noon ingey shafeegoo.

    ReplyDelete
  4. އަޚާއެވެ. ކިންގަސް ޖޭމްސް ވާޝަންގައިވާ 17 އާޔަތް ނިއު އިންޓަރނޭޝަނަލް ވާޝަން އިން އުނި ކޮސްފައިވާވުން އެއީ ނަންބަރު ތަރުތީބު ކުރުމުގައިވާ އޮޅުމެއްތޯއެވެ؟ އެ އުނި ކުރި ނަސާރާ އިލްމުވެރީން އެ އެއާޔަތްތައް އުނިކުރީ ނަންބަރު ތަރުތީބު ކުރުމުގެ މައްސަލަ ކުރިމަތިވެގެންތޯއެވެ؟ ތިޔަ ސައިޓްގައިވާ ކިތާބުލް މުޤައްަދަސްގެ ލޫކާސް އަޅުގަނޑު ކިޔާލީމެވެ. އެފޮތުގެ ޗެޕްޓަރ 17 ވާރސް 36ވަނަ އާޔަތް ކޮބައިތޯއެވެ؟ އޮޅުމަކުން ނުލިޔެވިއޮތީ ތޯއެވެ؟ އަޚާއެވެ. ނިއު އިންޓަރނޭޝަނަލް ވާރޝަން އިން އެ 17 އާޔަތް އުނި ކޮށްފައިވަނީ އިހުގެ ފޮތްތަކުން އެއާޔަތްތައް ފެންނަަން ނެތީމައެވެ. އެހެން އިބާރާތަކުން ބުނާނަމަ އެ 17 އާޔަތަކީ ބަޔަކު އިތުރުކޮށްފައިވާ 17 އާޔަތެވެ. އެހެން ނޫންތޯއެވެ؟ ރަނގަޅު ވާހަކައެކެވެ. ބައިބްލްއަށް ބަދަލު ގެނެސް އޮތިއްޔާ އަލުގަނޑަށްވުރެ ކުރިން ދުނިޔެއަށް ފަޅާއަރާނައެވެ. އަޚާއެވެ. އަޅުގަނޑަށްވެސް އިނގުނީ ބަޔަކު ފަޅާ އެރުވީމައެވެ. ފަޅާއެރުވީކީ މުސްލިމުންނެއް ނޫނެވެ. ހަމަ ނަސާރާއިންނެވެ. އެވެސް ނަސާރާއިންގެ ބޮޑެތި އިލްމުވެރީންތަކެވެ. މިހަޤީޤަތް ޤަބޫލު ކުރައްވާށެވެ. މިއީ އޮޅުވާލެވޭނެ ކަމެއް ނޫންދެއްތޯއެވެ. އަޚާއެވެ. އަޅުގަނޑު އިތުރު ގޮސްޕެލް ތަކުގެ ވާހަކަ ތައް ދެއްކީ ހުދު އެޒަމާނުގައިވެސް ތަފާތު ޤަބޫލު ކުރުންތައް ވާކަން ބަޔާންކޮށްދިނުމަށެވެ. ތިބާވެސް މިކަން ޤަބޫލުކުރައްވަން ނޫންތޯއެވެ؟ ދެން ތިޔަ ވިދާޅުވާ 4 ގޮސްޕެލް ލިޔުއްވީ ހުދި އެބޭފުޅުން އަމިއްލަޔަށްތޯއެވެ؟ އަޅުގަނޑު މިބުނީ ގޮސްޕެލް އޮފް ލޫކް ލިޔުނީ ލޫކް އަމިއްލަ ފުޅަށްތޯއެވެ؟ ނުވަތަ ގޮސްޕެލް އެކޯރޑިންގ ޓު ޖޯޏް ލިޔުއްވީ ޖޯން އަމިއްލަ ފުޅަށްތޯއެވެ؟ މިކަމަށް އެއްބަސްވަނީ ކިތައް ނަސާރާ އިލްމުވެރީންތޯއެވެ؟ އަޚާއެވެ. އެތައް ބައިވަރު ގޮސްޕެލް އެއް ގެންގުޅުނު އިރު އޭގެ އަސްލު ހޯދަނީ ކޮންތާކުންތޯއެވެ؟ ހުދު އެލިޔުނީ ކޮންބައެއްކަންވެސް އިނގެން ނެތް އިރު އަސްލު ބައިބްލް އަކީ މިޔޭ ބުނާނީ ކިހިނެތްތޯއެވެ؟ ތިޔަބުނާ އޮރިޖިނަލް ބައިބްލް އަލުގަނޑު އޮންލައިންކޮށް ކިޔާލާނެ ލިންކެއް ދަންނަވާލަދިނިއްޔާ ވަރަށްވެސް ބޮޑަށް ޝުކުރު އަދާކުރާނަމެވެ. އަޅުގަނޑަކީ ނަސާރާ އިލްމުވެރިއެއްނޫނެވެ. އަދި އިސްލާމީ އިލްމުވެރިއެއްވެސް ނުމެ ނޫންމެވެ. ހައްޤު ހޯދަން މަސައްކަތް ކުރާ ކުއްޖަކިމެވެ.

    ReplyDelete
  5. ތިޔަ ވިދާޅުވަނީ އުނިކޮށްފައިވަނީ 17 އާޔަތްކަމަށް ނޫންތޯއެވެ. އެހެންވީ އިރު އެ 17 އާޔަތަކީ ކޮބައިތޯއެވެ؟ ދޮގު ނުހަދާށޭ އޮތް އާޔަތްތޯއެވެ؟ ޒިނޭ ނުކުރާށޭ، އަނެކާއަށް އިހްތިރާމްކޮށް ލޯބިވާށޭ އޮތް އާޔަތްތޯއެވެ. މަކަރު ހަދާ މީސްމީހުންނަށް ލަނޑު ނުދޭށޭ އޮތް އާޔަތްތޯއެވެ؟ ރާބޮއިގެން މަސްތު ނުވާށޭ އޮތް އާޔަތް ތޯއެވެ؟
    ބައިބަލްއަކީ ޗާޕްކުރަން ތައްޔާރުވެގެން މަތިން ފޮނުވާފައި އޮތް ފޮތެއް ނޫނެވެ. އެ ފޮތަކީ އެފޮތުގެ އަހުލުވެރީންގެ އަތުގައި ހުރި ލިއުންތަކަށް ބަލައިގެން އިންސާނުން ލިޔެފައިވާ އަދި މިހާރުވެސް ލިޔަމުން އަންނަ ފޮތެކެވެ. މިހާރު ހުރި ލިއުންތަކަށް ވުރެން އިތުރު ލިއުންތަކެއް ފެނުނަސް އޭގެ ސައްހަކަން އޭރަކު ބެލުނުހާ ރަނގަޅަކަށް ބަލައި އެ ބައެއް ދާނީ ހިމަނަމުންނެވެ. ސައްހަ ނޫން ލިއުމެއް ކަމަށް ޔަގީންވެއްޖެ ނަމެއް އެލިއުމެއް އުނިކުރުމަކީ މިގޮތުގެ މަތީން ކުރެވިދާނެ ކަމެކެވެ. އެގޮތަކި އެއަކީ އަކުރެއް ފިއްޔެއް ތިއްކެއް އުނިވެ އިތުރު ވުމަކުން މަސްއަލަކަށް ވާނެ ފޮތެއް ނޫނެވެ. އޭގައި ހުރި މައުލޫމާތާއި މާތްކަލާނގެ އެންގެވި އެންގެވުންތައް ހަމަޔަށް ހުރިނަމަ ދެ ސަފުހާ މަދުކުރިޔަސް ފަސްސާސް ސަފުހާ މަދުކުރިޔަސް އެއަކުން އަންނާނެ ތަފާތެއް ނެތެވެ. އިތުރު މައުލޫމާތު ހަގީގަތުވެސް ހޯދަން ބޭނުން ނަމަ ބައިބަލްއަށް އައި ހުރިހާ ބަދަލެއް މި ސައިޓުން މިއޮތީ އެނގޭށެވެ.
    http://video.google.com/videoplay?docid=7359195828637989025#docid=4487558855309830711
    *އޮމެގާ*

    ReplyDelete
  6. ibnu shareef,
    muslimun nah baehge fothugai huri kameh falhaa neyruveyne kan shareefakah neygeytha? amilla fothugai huri kanthah ves e ulhenee falhaa neyruvigen.

    ReplyDelete
  7. ވަރަށް އުފާވެއްޖެ މިފަދަ ބްލޮގްއެއް ވުޖޫދަށް އައުމުން. އަބަދުވެސް އަޕްޑޭޓް ވަމުން ދާނެކަމަށް އުއްމީދުކުރަން. އަނެއް ފިކުރަށް ހުއްޓުމެއްނެތްކަން މި ބްލޮގް އިން އިނގިއްޖެ.

    ReplyDelete
  8. nazarath fonuvaa dheynveenu article eh.
    alhugandumen update kurevunuhaa dhuvahaku kuraanan. hurihaa fikureh ves jahaanan. ekamaku hadi huthuru basthakah hiivareh nudheveyne. mi ee hurihaa fikurakah ves ihuthiraamu kuraane blogeh.
    madhini

    ReplyDelete
  9. kobaa mail address.... kihineh article fonuvaaneeee???

    ReplyDelete
  10. send as a comment. keeping the mail address is not safe. remember the worlds most ruthless people are there ready to attack.

    ReplyDelete