*އަލްފާ*
މާތްކަލާނގެއަކީ ފެށުމާއި ނިމުން ފެނިވޮޑިގަންނަވާ ކުޅަދުންވަންތަ ކަލެކެވެ. ކުޑަ މިސާލެކެވެ. ސައެންސް ވެރިން އުފެއްދި މޮޅު ސްޕޭސް ކްރާފްޓެކެވެ. އެއަށްލީ އިންސާނެކެވެ. އިންސާނާ ވިސްނުމުގެ މައްޗަށް ސައެންސްވެރިޔާގެ ބާރެއް ނުހިނގައެވެ. އެ ސްޕޭސް ކްރާފްޓް އޭނައަށް ދީފައި ދާނެތާކަށް ދާށޭ ބުންޏެވެ. އޭނާއަށް ފޮތެއް ދިނެވެ. މާރސްގައި ކަން ހުންނާނެ ގޮތް ބުނެދިނެވެ. ވީނަސްގައިހުރި ކަންތައް ބުނެދިނެވެ. އޭނާ އެއަށް އަރައިގެން ދަތުރު ކުރާ ދިމާއެއް ބަލަން ސައެންސްވެރިޔާ ހުރީއެވެ. އެހެނަސް ސައެންވެރިޔާ އޭގެ އޮޓޯ ޕައިލެޓަށް ބާރު ހިންގިދާނެއެވެ. އެކަމަކު އެގޮތަށް ބާރު ހިންގައި އޭތި ކޮންޓްރޯލްކޮށް އޭތި އޭނާ ދުއްވާނެ ދިމާއަކަށް ދުއްވައިފިނަމަ އެސްޓްރޮނޯޓްގެ އިޚްތިޔާރެއް ކޮބައިތޯއެވެ. އޭނާއަށް ކޮންޓްރޯލް ދޫކޮށްގެން ނޫނީ އެސްޓްރޮނޯޓް އަމިއްލަ އިޚްތިޔާރުގައި ދާނެ ދިމާއެއް ނޭނގޭނެ ނޫންތޯއެވެ. ނުވަތަ އެ އިޚްތިޔާރު ނުދެވޭ ނޫންތޯއެވެ.
މާތްކަލާނގެ އާލަމްތަކާއި އިންސާނުން އުފެއްދެވީ އެކަލާނގެ އުފާފުޅަކަށްޓައެވެ. އެކަލާނގެ ބޭނުން ފުޅުވެއްޖެނަމަ ހުރިހާ އިންސާނުން އެކަލާނގެ ޕްރޮގްރާމް ކުރެއްވި ގޮތަކަށް ކަން ކުރަމުން ދާނެއެވެ. ޖަނަވާރުތައް އެ އުޅެނީއެވެ. އޭގެ ކަންތައް އެ ހިނގަނީ ޕްރޮގްރާމް ކުރައްވާފައިވާ ގޮތަށެވެ. އެއަކަށް އަމިއްލަ ވިސްނުމެއް އިޚްތިޔާރެއް ނެތެވެ. އެއާ ޚިލާފަށް އިންސާނާއަށް ވަނީ އިޚްތިޔާރު ދެއްވާފައެވެ.
ޔޫނުސްގެފާނާ މެދު ކަންތައްވީ ގޮތް ބައްލަވާށެވެ. މާތްކަލާނގެ އެކަލޭގެފާނަށް އެންގެވީ އިރާގަށް ވަޑައިގެން އެރަށު މީހުންގެ ކަންތައް މާ ގޯސްވެއްޖެ ވާހަކަ އެންގެވުމަށެވެ. އެހެންނޫނީ ޒަލްޒަލާއެއް ފޮނުއްވާނެ ކަމަށެވެ. އެކަލޭގެފާނު އެ އަމުރުފުޅަކަށް ބޮލެއް ނުލެންބެވިއެވެ. ވަޑައިގެން ސްޕޭނަށް ދާން އޮތް އޮޑިއަކަށް އަރާވަޑައިގަތީއެވެ. މާތްކަލާގެ ފޮނުއްވީ ތޫފާނެކެވެ. އޮޑީގެ މީހުންނަށް އެހެން ގޮތެއް ނެތިގެން އެކަލޭގެފާނު ކަނޑަށް އެއްލާލީއެވެ. ދެން ބޮޑު މަހެއް އެކަލޭގެފާނު ދިރުވާލިއެވެ. އެކަލޭގެފާނު ދުއާ ކުރެއްވީމާ އެ ދުއާ އިޖާބަ ކުރެއްވުމުން މަސް އެކަލޭގެފާނު ހޮޑަށް ލައިފިއެވެ. ދެންވެސް މާތްކަލާނގެ އަނެއްކާވެސް އެންގެވީ އިރާގަށް ދިއުމަށެވެ. އިރާގު މީހުން އެކަލޭގެފާނު އެންގެވި އެންގެވުން ގަބޫލުކޮށް އިސްލާހު ވެއްޖެއެވެ. ފޮއިންޓަކީ އެމީހުން އިސްލާހު ވީ މާތްކަލާނގެ މަޖްބޫރުކުރައްވައިގެންނޭ ބުނެވެން އެބައޮތްތޯއެވެ. އެމީހުންނަށް އެންގެވީމާ ބަސް ގަބޫލު ކުރީއެވެ.އެހެންވެ އެމީހުންނަކަށްބިންހެލުމެއް ޒަލްޒަލާއެއް ނައެވެ.
އިރާގު މީހުން އަމިއްލަ އިޚްތިޔާރު މި ކަމުގައި އެބަ އޮތެވެ. ސަދޫމުގެ މީހުންނަށް ވެސް ހަމަ އެ އިޚްތިޔާރު އޮތެވެ. ސަދޫމް ފުނޑުފުނޑުވީއެވެ. ކަންކަމަށް އިރާދަ ކުރެއްވުމުގެ ކުރީން އެކަލާނގެ އެކަމުގެ އިންޒާރު ދެއްވައެވެ. އިޚްތިޔާރު އޮތީ އިންސާނާގެ އަތްމަތީގައެވެ. މާތްކަލާނގެ ބޭނުންފުޅުވެ ވޮޑިގަންނަވާނަމަ އެންގެވި ގޮތް ނޫންގޮތަކަށް ގުޑާވެސް ނުލެވޭގޮތަށް އިންސާނުންވެސް އެހެނިހެން ތަކެތިވެސް އުފެއްދުމުގެ ކުޅަދާނަކަ އެކަލާނގެ އަށް ލިބިވޮޑިގަންނަވައެވެ. އެކަލާނގެ އިރާދަ ފުޅު ކުރައްވާ ކަންތަކުގެ ހުރިހާ ސިއްރެއް އިންސާނާއަކަށް ވިސްނައިގަތުމުގެ ކުޅަދާނަ ކަމެއް ލިބިގެންނެއް ނުވެއެވެ.
No comments:
Post a Comment