Nov 18, 2010

އީސާގެފާނު__މާތްﷲގެ ރަހުމަތްފުޅު (1)

އެކަލާނގެ އޯގާވަންތަކަން
އެ ملائكة އާ ވިދާޅުވިއެވެ. ކަންހުރީ އެފަދައިންނެވެ. ކަމަނާގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެކެވެ. އަދި ތިމަންރަސްކަލާނގެ حضرة ން މީސްތަކުންނަށް ފޮނުއްވި آية އެއް ކަމުގައްޔާއި، رحمة އެއްކަމުގައި، އެ ދަރިކަލުން ލެއްވުމަށްޓަކައެވެ. ކަނޑައެޅި ނިމިފައިވާ ކަމެއްކަމުގައި އެކަންތައްވިއެވެ.

ޚާއްސަކަމަކާއިގެން  ފޮނުއްވުނު
18 އަހަރެން މިވަނީ މާތްރަސްކަލާނގެ ރޫޙުފުޅުގެ ބާރުގެ ދަށުގައެވެ. މާތްރަސްކަލާނގެ އަހަރެން ޚާއްސަ ކުރައްވާ ފޮނުއްވީ ފަޤީރުންނަށް އުފާވެރި ޚަބަރު ދިނުމަށްޓަކައެވެ. އެކަލާނގެ އަހަރެން ފޮނުއްވީ ހައްޔަރުވެފައިވާ މީހުންނަށް މިނިވަންކަން ދީ ނުފެންނަ މީހުންނަށް ލޮލުގެ އަލިކަން ދީ އަދި އަނިޔާވެރި ކަމުގެ ދަށުގައި ވާ މީހުން ސަލާމަތްކޮށް 19 މަތިވެރި މާތްރަސްކަލާނގެ ރަހުމަތުގެ ފެށުން ފާޅު ކުރުމަށެވެ.“
ލޫކާސް  4:18-19

ލޯފަން މީހުނަށް އަލިކަން ދެއްވުން
ލޯ އަނދިރި ސަލާން ޖަހާ މީހެއްގެ ލޯ އަލިވުން
35 އީސާގެފާނު ދަތުރުކުރައްވާ ވަޑައިގެން ޖެރިކޯއާއި އަރާ ހަމަވެވަޑައިގަތެވެ. އެތާގެ މަގުމަތީގައި އިށީނދެ ސަލާންޖަހަން އިން ލޯއަނދިރި މީހަކު ވިއެވެ. 36 މީހުންތައް މިހެން ހިނގާބިނގާ ވެ އުޅޭ އަޑު އިވި މި މީހާ މިވަނީ ކީއް ހޭ ކިޔާ ގޮވަންފެށުމުން އެމީހުން ބުންޏެވެ. 37 ނާޒަރަތު ރަށުގެ އީސާ މިހެން ލައިގެން ދަނީއޭ.“
38 މިސަލާން ޖަހާ މީހާ އެތާ އިނދެ ބާރަށް ގޮވަން ފެށިއެވެ.އޭ ދާއޫދުގެފާނު ދަރިކޮޅުގެ ބޭކަލުން އީސާގެފާނު. އަޅުގަނޑުގެ މައްޗަށް ރަހުމް ކުރައްވާ.“
39 އެކަލޭގެފާނުގެ ކުރިން ހިނގާފައި ދިޔަ މީހުން އޭނާއާއި ދިމާއަށް މަޑުން އިނުމަށް އެންގިއެވެ. ނަމަވެސް މި މީހާ އަދި އެއަށްވުރެ ވެސް ބާރަށް ގޮވަންފެށިއެވެ.އޭ ދާއޫދުގެފާނުގެ ދަރިކޮޅުގެ ކަލޭގެފާނު އީސާގެފާނު. އަޅުގަނޑުގެ މައްޗަށް ރަހުމް ކުރައްވާ.“
40 އީސާގެފާނު ހުއްޓިވަޑައިގެން އެމީހާ އެކަލޭގެފާނުގެ އަރިހަށް ގެނައުމަށް ވިދާޅުވިއެވެ. މިމީހާ އައުމުން އެކަލޭގެފާނު އޭނާ އާއި ސުވާލު ކުރެއްވިއެވެ. 41 އަހަރެން ކަލެއަށް ކޮށްދޭންވީ ކޮންކަމެއް؟“ މި މީހާ ބުންޏެވެ.މާތްސާހިބާ، އަޅުގަނޑުގެ އެދުމަކީ އަޅުގަނޑުގެ ލޮލަށް ފެންނަ ގޮތް ހައްދަވާ ދެއްވުން.“
42 އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ.ލޮލަށް އަލިކަން ލިބިގަނޭ. ކަލޭގެ އީމާންތެރިކަމުގެ ސަބަބުން ކަލޭގެ ލޯ ތިޔަ ވަނީ އަލިވެފަ.“ 43 ހަމަ އެވަގުތު އޭނާގެ ލޮލަށް އަލިވެއްޖެއެވެ. ދެން އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދުކުރަމުން އީސާގެފާނުގެ އަރިހުގައި ހިނގައްޖެއެވެ. މިތަން ދުށް އެންމެން ވެސް މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދުކުރިއެވެ.
ލޫކާސް  18:35-43

ވާގިނެތް  ބަލިމީހުން  ފަސޭހަ ކުރެއްވުން
17 އެއްދުވަހަކު އީސާގެފާނު މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގަވައި ދެއްވަވަން ގެއެއްގައި އިންނެވިއެވެ. އެތާގައި ގަލީލީ އާއި ޖުދެއާ އާއި ޖެރޫސަލަމުގެ ދީނުގެ ދަންނަބޭކަލުންނާއި ފަރީސީނުންނޭ ކިޔާ ދީންވެރިންގެ ބަޔަކު ވިއެވެ. މީސްތަކުންގެ ބަލިތައް ފަސޭހަކޮށް ދެއްވުމަށްޓަކާ އޭރު އީސާގެފާނާއިއެކު އެންމެ މަތިވެރި ކަލާނގެ ބާރުފުޅު އެތާގައި ވިއެވެ. 18 ބަޔަކު ވާބަލި ޖެހިފައިވާ މީހަކު އަށިގަނޑަކަށް ލައިގެން އެތަނަށް ގެނައެވެ. އެބަލިމީހާ އީސާގެފާނުގެ އަރިހަށް ގެންދިއުމަށްޓަކާ އެމީހުން އެގޭގެތެރެއަށް ވަނުމަށް މަސައްކަތް ކުރިއެވެ. 19 ނަމަވެސް އެއްވެފައިވާ މީސްތަކުންގެ ގިނަކަމުން އެކަލޭގެފާނުގެ އަރިހަށް ދެވެން ނެތުމުން އެބައިމީހުން އެމީހާ ގޮވައިގެން ފުރާޅު މައްޗަށް އަރާ ފުރާޅުގައި ބާގަނޑެއް ހަދާ މީސްތަކުންގެ މެދުން މިމީހާ އޭނާގެ އަށިގަނޑާއެކު ސީދާ އީސާގެފާނުގެ ކުރިފުޅުމައްޗަށް ތިރިކުރިއެވެ. 20 މިބައިމީހުންގެ އީމާންތެރިކަން ދެކެވަޑައިގެން އީސާގެފާނު އެބަލި މީހާއަށް ވިދާޅުވިއެވެ.ރަހުމަތްތެރިޔާ. ކަލޭގެ ފާފަތައް ފޮހެވިއްޖެ.“
21 އެތާތިބި ދީނުގެ ދަންނަބޭކަލުންނާއި ފަރީސީނުންގެ ހިތަށްއެރިއެވެ.ކުފުރުވެރި ބަސްތައް ބުނާ މިމީހަކީ މީކާކު؟ މާތްރަސްކަލާނގެ ފިޔަވާ ފާފަ ފުއްސެވޭނެ ފަރާތަކީ ކޮބާ؟“
22 އީސާގެފާނު މިމީހުންގެ ހިތަށް މިއަރާ އެއްޗެތި ދެނެވަޑައިގެން ވިދާޅުވިއެވެ.ކަލޭމެން ތިޔަހެން ތިޔަ ހީކުރަނީ ކީއްވެ؟ 23 ކަލޭގެ ފާފަތައް ފޮހެވިއްޖެއޭ ނުވަތަ ތެދުވެ ހިނގާށޭ މީގެ ތެރެއިން މިމީހާއާ ދިމާލަށް ބުނަން ފަސޭހައީ ކީކޭ؟ 24 އިންސާނާގެ ދަރިކަލުންނަށް މިދުނިޔޭގައި މީހުންގެ ފާފަ ފުއްސެވުމުގެ ހައްޤު ލިބިގެން ވާކަން ކަލޭމެންނަށް ތިމަންކަލެގެފާނު މިއަދު ސާބިތު ކޮށްދޭނަން.“ މިހެން ވިދާޅުވެ އެވާބަލި ޖެހިފައިވާ މީހާއަށް އީސާގެފާނު ވިދާޅުވިއެވެ.ތެދުވޭ. ކަލޭގެ އަށިގަނޑު ހިފައިގެން ގެއަށް ދޭ.“
25 ހަމަ ވަގުތުން އެންމެންގެ ކުރިމަތީގައި މިމީހާ ތެދުވެ އޭނާގެ އަށިގަނޑު ނަގައިގެން މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ކުރަމުން އޭނާގެ ގެއަށް ހިނގައްޖެއެވެ. 26 މިތަނުގައި ތިބި ހުރިހާ އެންމެން މިކަމާ ވަރަށް ބޮޑަށް އަޖައިބުވެ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދު ސަނާ ކިއެވެ. އެބައިމީހުން ވީ ހައިރާންކަމުގެ ބޮޑުކަމުން ބުންޏެވެ.މިއަދު އަހަރުމެންނަށް ހައިރާންވެ އަޖައިބު ވާފަދަ ކަންތައްތަކެއް ފެނިއްޖެ.“
ލޫކާސް  5:17-25

ޖުޒާމު ބަލި ފަސޭހަ ކޮށްދެއްވުން
12 އީސާގެފާނު ޖަވާބު ދެއްވިއެވެ.މާތްރަސްކަލާނގެއީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ވެ ވޮޑިގެންވާ ކަލާނގެ ކަން ކަށަވަރު. ނަމަވެސް މާތްރަސްކަލާނގެ މިފަދައިން ވެސް ވަޙީކުރެއްވި:އެއްކައުވަންތަ މަތިވެރި މާތްރަސްކަލާނގެ މިންވަރުފުޅު ކުރައްވާނެ ގޮތަކީ ކޮބައިތޯ އަޖުމަ ބެލުމަކީ ކޮށްގެން ވާނެ ކަމެއް ނޫނޭ.‘“
13 އީސާގެފާނުގެ ކިބައިން ފާފައެއް ކުރުވުމަށް އިބިލީސް މިހުރިހާ ގޮތްގޮތުން މަސައްކަތް ކޮށް ވެސް ކާމިޔާބު ނުވުމުން އެވަގުތަށް އެކަލޭގެފާނު ދޫކޮށް ހިނގައްޖެއެވެ.
14 އީސާގެފާނު މާތްރޫހުފުޅުގެ ބާރާއި އެކީގައި ގަލީލީއަށް އެނބުރި ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނާއި ބެހޭ ޚަބަރުތައް އެސަރަހައްދުގެ ތެރޭގައި ފެތުރުނެވެ. 15 ބަނީއިސްރާއީލުގެ ދަންނަބޭކަލުން ކިޔަވައިދެއްވުމަށް ހަދާފައިވާ ދީނީމަރުކަޒުތަކުގައި އެކަލޭގެފާނު މާތްރަސްކަލާނގެ އަންގަވާފައިވާ އެންގެވުންތަކާއި ބެހޭގޮތުން އުގަންނައި ދެއްވާ ހެއްދެވިއެވެ. އަދި އެންމެހައި މީސްތަކުން އެކަލޭގެފާނަށް ތާރީފުކޮށް އުޅުނެވެ.
ލޫކާސް  5:12-15

މަރުވެފައިވާ މީހުން ދިރުއްވުން
11 އެއަށް ފަހު އީސާގެފާނު ނާޔިން އޭ ކިއުނު ރަށަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަސްހާބީންނާއި އަދި އެހެން ވެސް އެތައް ގިނަ މީސްތަކުންނެއް އެކަލޭގެފާނާއި އެކުގައި ވިއެވެ. 12 އެކަލޭގެފާނު އެރަށުގެ ދޮރާށި ކައިރިއަށް ވަޑައިގަތް ހިނދު އެތަނުން ބޭރަށް ނުކުންނަ ބަޔަކު މީހުންނާ ދިމާވިއެވެ. އެބައިމީހުންނީ މަރުވެފައިވާ މީހަކު ވަޅުލުމަށްޓަކައި ދިޔަ ބައެކެވެ. މަރުވެފައިވާ މީހާއަކީ ފިރިމަރުވެފައިވާ އަންހެނެއްގެ ވީ އެންމެ ފިރިހެން ދަރިފުޅެކެވެ. އެރަށުގެ އެތައް ބަޔަކު މިއަންހެން މީހާ އާއި އެކުގައި ވިއެވެ. 13 މާތްސާހިބާއަށް މިކަނބުލޭގެ ފެނި ވަޑައިގަތްހިނދު ވަރަށް ދެރަފުޅުވިއެވެ. އަދި އެކަނބުލޭގެއަށް ވިދާޅުވިއެވެ.ނުރޯށޭ.“
14 ދެން އީސާގެފާނު ވަޑައިގެން ސަންދޯކުގެ މަތީގައި އަތްޕުޅު ބޭއްވެވުމާއިއެކު ސަންދޯއް އުފުލަމުންދިޔަ މީހުން ހުއްޓިއްޖެއެވެ. ދެން އީސާގެފާނު މަރުވެފައިވާ މީހާއަށް ވިދާޅުވިއެވެ.އޭ ޒުވާނާ. ތެދުވޭ!“ 15 މަރުވެފައި ވީ ޒުވާނާ ތެދުވެ ވަގުތުން ވާހަކަދައްކަން ފެށިއެވެ. އެހިނދު އީސާގެފާނު އޭނާ އޭނާގެ މަންމަޔާ ހަވާލު ކުރެއްވިއެވެ.
16 މިތަން ދެކެފައި އެތާގައި ވީ ހުރިހާ އެންމެން ވަރަށް ބިރުވެތިވެ އަޖައިބުވެ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ކުރަމުން ބުންޏެވެ.ކައުއިތުރު ނަބީ ބޭކަލަކު އަހަރުމެންގެ ތެރެއަށް ފާޅުވެވަޑައިގެންފި! މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުންނަށް މަދަދު ދެއްވުމަށްޓަކާ މިދުނިޔޭގައި އެކަލާނގެ މަތިވެރި ބާރުފުޅު ދައްކަވައި ރަހުމަތްލައްވަން ފައްޓަވައިފި!“
ލޫކާސް  7:11-16

Nov 2, 2010

ޢީސާގެފާނު ދެއްކެވި ރީތި ނަމޫނާ (1)


 ކީރިތ ގުރުއާނުގައި ތަކުރާރުކޮށް ﷲ އަށް އަޅުކަން ކުރުމަށާއި އީސާގެފާނަށް ތަބާވުމަށް އަންގަވާފައިވޭ. 

މާތްﷲއަށް ތަބާވެ ތިމަންކަލޭގެފާނަށް
އަދި، (ތިމަންކަލޭގެފާނު މިވަޑައިގަތީ  ތިމަންކަލޭގެފާނުގެ ކުރިން ބާވައިލެއްވި توراة ތެދުކުރާ ބޭކަލެއްގެ ގޮތުގައެވެ. އަދި، ތިޔަބައިމީހުންގެ މައްޗަށް (މީގެކުރިން  حرام ކުރައްވާފައިވާ ބައެއް ތަކެތި، ތިޔަބައިމީހުންނަށް حلال ކުރެއްވުމަށްޓަކައެވެ. އަދި، ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މި ވަޑައިގަތީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ންވާ ސާފު دليل އަކާއިގެންނެވެ. ފަހެ، ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާށެވެ! އަދި، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ކިޔަމަންވާށެވެ!
އަލް އިމްރާން 3:50

މާތްﷲއަށް ތަބާވެ ތިމަންކަލޭގެފާނަށް
އަދި عيسى ގެފާނު، ފާޅުވެގެންވާ ހެކިތަކާއިގެން ވަޑައިގެންނެވިހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެގާތަށް ތިމަންކަލޭގެފާނު މިވަޑައިގަތީ، حكمة އާއިގެންނެވެ. އަދި ތިޔަބައިމީހުން އެކަންތަކާމެދު خلاف ވާ ބައެއް ކަންތައްތިޔަބައިމީހުންނަށް ބަޔާންކޮށް ދެއްވުމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިމަންކަލޭގެފާނަށްތިޔަބައިމީހުން ކިޔަމަންވާށެވެ!
އައްޒުޙްރޫފް 43:63

ކަލޭގެފާނަށް ތަބާވާމީހުން
اللَّه، وحى ކުރެއްވިހިނދު ހަނދުމަކުރާށެވެ! އޭ عيسى ގެފާނެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެންދަވާހުށީމެވެ. އަދި، ތިމަންރަސްކަލާނގެ حضرة އަށް ކަލޭގެފާނު އުފުއްލަވާ ހުށީމެވެ. އަދި، كافر ވި މީހުންގެ ކިބައިންކަލޭގެފާނު ދުރުކުރައްވައި ސަލާމަތްކުރައްވާ ހުށީމެވެ. އަދި، كافر ވި މީހުންނަށްވުރެ ކަލޭގެފާނަށް تبع ވި މީހުން قيامة ދުވަހާޖެހެންދެން މަތިވެރިކުރައްވާހުށީމެވެ. ދެން، ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ. ދެން، ތިޔަބައިމީހުން خلاف ވެއުޅުނު ކަންތަކާމެދު، ތިޔަބައިމީހުންގެ މެދުގައި ތިމަންރަސްކަލާނގެ حكم ކުރައްވާހުށީމެވެ.
އަލް އިމްރާން 3:55

އީސާގެފާނަށް ތަބާވާ މީހުންގެ ކިބައިން އެކަލޭގެފާނު ޤަބޫލުކުރާކަންތައް؟

އެކަލޭގެފާނުގެ ބަސްފުޅު
ކަލޭމެން އަހަންނަށް މާތްސާހިބާއޭ ކިޔާ މުޚާތަބު ކުރޭ. ވީއިރު ކަލޭމެން އަހަރެން ބުނާ ބަހަށް އަމަލު ނުކުރަނީ ކީއްވެ؟ 
ލޫކާސް  6:46
ނަމަވެސް އަހަރެންގެ ބަސްތަކުގެ އަޑުއަހާ އެއަށް އަމަލުނުކޮށް އުޅޭ މީހަކީ ބިންގަލަކާ ނުލާ މަޑު ފަސްގަނޑެއްގެ މަތީގައި ގެއެއް އެޅި މީހަކާއި އެއްފަދަ މީހެއް. ބޮޑު ރާޅުތަކުގެ ހަމަލާ އެގެއަށް ލިބުމާއިއެކު މުޅި ގެ ފުނޑުފުނޑުވެ ވީރާނާވެ ނެތި ހިނގައްޖެ.
ލޫކާސް 6:49

ތަބާވާ މީހުންނަކީ އަޅުންނެވެ
މިސާލަކަށް ކަލޭމެންގެ ތެރެއިން މީހެއްގެ ނޯކަރަކު ބިންގަނޑު ޖަހާ ނުވަތަ ކަންބަޅި ބަކަރިތައް ބަލަހައްޓާ ނިމިގެން ގެއަށް އައުމުން ކަލޭމެން އެނޯކަރަށް ބުނާނެ ތަ؟ ’އަވަހަށް އަންނާށޭ. ކާން އިށީންނާށޭ؟‘ އެހެންނެއް ނުވާނެ. އޭގެބަދަލުގައި އެނޯކަރަށް ކަލޭ ބުނާނީ ރޭގަނޑުގެ ކެއުން ތައްޔާރު ކުރާށޭ. އަދި ފެންވަރައިގެން އައިސް އަހަރެން ކައި ނިމެންދެން މަޑުކުރާށޭ. އޭގެފަހުން ދެން ކަލޭ ކާށޭ.‘ ކަލޭ ނޯކަރު މީހާ ގާތު ކަލޭ ކުރަން ބުނި ކަންތައް އޭނާ ކުރީމާ ކަލޭ އޭނާއަށް ޝުކުރު އަދާކުރަން ޖެހޭނެތަ؟ ހަމައެގޮތަށް ކަލޭމެންނަކީ ވެސް މާތްރަސްކަލާނގެ އަޅުން. ވީމާ މާތްރަސްކަލާނގެ އަންގަވާ ހުރިހާ ކަންތައްތަކެއް ކުރުމަށް ފަހު އަމިއްލަ ނަފުސުގެ މައްޗަށް ބުނޭ. ’އަހަރުމެންނަކީ މާތްރަސްކަލާނގެ އަޅުންނޭ. ވީއިރު މިކުރި ހުރިހާ ކަމަކީ ހަމަ އަހަރުމެން ކުރަންޖެހިފައިވާ ކަންތައްތަކޭ.‘“
ލޫކާސް 17:7-10
އެކަލޭގެފާނަށް ތަބާވާމީހުން ﷲއާ އެކަލާން އަޅުންދެކެ ލޯބިވެއެވެ
އެއްދުވަހަކު އެއްވެ ތިބި މީހުންގެ ތެރެއިން ދީނުގެ ދަންނަބޭކަލަކު ތެދުވެ އީސާގެފާނު ކުށްވެރި ކުރެވޭނެ ފަދަ ބަހެއް އެކަލޭގެފާނުގެ ކިބައިން ހޯދުމަށްޓަކާ އެކަލޭގެފާނާއި ސުވާލެއް ކުރިއެވެ. މިމީހާ އީސާގެފާނަށް ބުންޏެވެ. ”އެދުރުކަލޭގެފާނު. އަޅުގަނޑު ނިމުމެއް ނުވާ ދެމިހުރި ދުނިޔެ ލިބިގަތުމަށްޓަކާ ކުރަންވީ ކަންތައްތަކަކީ ކޮބައިތޯ؟“ އީސާގެފާނު ޖަވާބު ދެއްވިއެވެ. ”އެކަމާ ބެހޭ ގޮތުން *ތައުރާތުގައި ލިޔެވިގެން ވަނީ ކީކޭ؟ އަދި އެފޮތްތަކުގައި ލިޔެވިގެންވާ ތަކެތިން ކަލެއަށް ވިސްނުނީ ކޮން އެއްޗެއް؟“ މިމީހާ ޖަވާބުގައި ބުންޏެވެ. ”އެފޮތްތަކުގައި ލިޔެވިގެން ވަނީ: ’އެއްކައުވަންތަ ތިޔަބައިމީހުންގެ މަތިވެރި ރަސްކަލާނގެ ކިބަފުޅަށް ތިޔަބައިމީހުންގެ މުޅި ހިތާއި މުޅި ފުރާނައާއި ވާހާ ބާރަކާއި ހުރިހާ ބުއްދިންމެ ލޯބި ވާށޭ. އަދި ކަލޭގެ އަމިއްލަ ނަފުސަށް ލޯބި ވާ ފަދައިން ކަލޭގެ އަވަށްޓެރީން ދެކެ ވެސް ލޯބި ވާށޭ.‘“އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”ކަލޭ ޖަވާބު ތިޔަ ދިނީ ވަރަށް ރަނގަޅަށް. ތިޔަ ބުނި މަގުން ކަންތައް ކުރޭ. އެއިރުން ކަލެއަށް ނިމުމެއް ނުވާ ދެމިހުރި ދުނިޔެ ލިބޭނެ.“
ލޫކާސް 10:25-28
)ނުނިމޭ)