Oct 30, 2010

އީސާގެފާނު ދެއްކެވި ރީތި ނަމޫނާ (3)

ކިޔަމަންވާ މީހުން
އެބައިމީހުން އެކަލޭގެފާނަށްޓަކާ ގުރުބާން ކުރާނެ
o       އާއިލާ
o       ފުރާނާ
o       މުދާ
o       ގަދަރާ އިއްޒަތް
ﷲއައް ބިރުވެތިވެ އީސާގެފާނަށް ތަބާވާނެވެ

އެބައިމީހުން އެކަމުގެ އަގުވަޒަން ކުރާނެ
މިސާލަކަށް ކަލޭމެންގެ ތެރެއިން މީހަކު ބޮޑު އިމާރާތެއް ބިނާކުރަން ބޭނުން ވެއްޖިއްޔާ އެމީހަކު ފުރަތަމަ ރަނގަޅަށް ބަލާނީ އެކަން ކުރާ ވަރަށް އެމީހާގެ އަތުގައި ފައިސާ ހުރިތޯ އެއް ނު؟ އެއީ އޭނާ އެ ބޮޑު އިމާރާތް ބިނާ ކުރުމަށްޓަކާ ބިންގާ އަޅާ ހެދުމަށްފަހު އެ އިމާރާތް ނުނިންމައިފި ނަމަ އެ އިމާރާތް ފެންނަ ކޮންމެ މީހަކުމެ އޭނާއަށް މަލާމަތް ކުރާނެތީ. އެމީހުން ބުނާނެ އެއްނު. ’މީނަ މިތަން ހަދަން ފަށައިފައި ނުވެސް ނިންމުނު.‘ ދިހަ ހާސް ސިފައިން ވާ ރަސްކަލަކު އޭނާ އާއި އިދިކޮޅަށް ވިހި ހާސް ސިފައިން ގޮވައިގެން ހަނގުރާމައަށް އަންނަ ރަސްގެފާނު ބަލިކުރެވިދާނޭ ތޯ ފުރަތަމަ ނުވިސްނާ ފިޔަވަޅެއް އަޅާނެ ތަ؟ އޭނާއަށް އެކަން ނުވާނެކަން އެނގުމުން އޭނާ އާއި ހަނގުރާމަ ކުރުމަށް އަންނަ ރަސްގެފާނު އެރަށާއި އެތައް ދުރުމިނެއްގައި ވަނިކޮށް ވަފުދެއް ފޮނުވާ ސުލްޙަ ވުމަށް އެދޭނެއެއް ނު؟
  ލޫކާސް 14:28-32

ދޮރުވަރަށް ހަންޏެވެ
މީހަކު އެކަލޭގެފާނު ކުރެން ސުވާލު ކުރެއްވިއެވެ. ”މާތްސާހިބާ. ދިންނެވުން ލިބޭނީ ވަރަށް މަދު މީހަކަށް ތޯ؟“
އީސާގެފާނު ވިދާޅުވިއެވެ. ސުވަރުގެއަށް ވަނުމަށް ވާ ދޮރު ވަރަށް ހަނި. އެ ހަނި ދޮރުން ވަދެވޭތޯ ބެލުމަށް ވީހާވެސް މަސައްކަތެއް ކުރޭ. އެއީ އެތައް ބަޔަކުވެސް އެހަނިދޮރުން ވަންނަން އުޅޭނެ، ނަމަވެސް ނުވަދެވޭނެ.
 ލޫކާސް 13:23-24


އެކަލޭގެފާނަށް ތަބާނުވާ މީހުން - ނަރަކާގައި ގަދަފަދަ އަޒާބު ވާކަން ނޭގެނީއެވެ
ގޭގެ ވެރިޔާ ދޮރު ލެއްޕުމުން ކަލޭމެން ތިބެން ޖެހޭނީ ބޭރުގަ. އޭރުން ކަލޭމެން ދޮރުގައި ޓަކިދީ ގޮވާނެ.ވެރިމީހާއޭ. އަޅުގަނޑުމެން ވަންނަން ދޮރުހުޅުވާ ދެއްވާށޭ.‘ ނަމަވެސް އޭނާ ޖަވާބުދޭނެ. ’އަހަރެންނަކަށް ކަލޭމެން ތިޔައީ ކޮންތާކުން އައި ކޮންބައެއް ކަމެއް ނޭނގެއޭ.‘ ދެން ކަލޭމެން ބުނާނެ. ’އަޅުގަނޑުމެން ކަލޭގެފާނާއި އެކު ކައި ބޮއި ހެދީމެއް ނޫންތޯއޭ؟ ކަލޭގެފާނު އަޅުގަނޑުމެންގެ ރަށުގެ މަގުތަކުގައި ކިޔަވާ ވެސް ދެއްވީމެއް ނޫންތޯއޭ؟‘ އޭނާ ޖަވާބުގައި ބުނާނެ. ’އަހަރެންނަކަށް ކަލޭމެން ތިޔައީ ކޮންތާކުން އައި ކޮންބަޔަކު ކަމެއްވެސް ނޭނގެއޭ. އޭ ނުބައި ވެގެންވާ ކަންތައްތައް ކުރާ މީހުންނޭ. އަހަރެންގެ ކައިރިން ދުރަށް ދާށޭ.‘ އެތަނުގައި ހިތާމަ އާއި ރުއިމާ ކުކުރުން ވާނެ. އިބުރާހީމުގެފާނާއި އިސްހާގުގެފާނާއި ޔައުގޫބުގެފާނާއި އަދި ހުރިހާ ރަސޫލުންނެއް ވެސް މާތްރަސްކަލާނގެ ޙަޒުރަތުގައި ވާތަން ކަލޭމެންނަށް ފެންނާނެ. ނަމަވެސް ކަލޭމެން އެތަނުން ބޭރު ކުރެވޭނެ. މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅު ތަކުން މީސްތަކުން އައިސް *މާތްރަސްކަލާނގެ ރަސްކަންފުޅުގެ ޙަޒުރަތުގައިވާ ބޮޑު ކެއުމުގައި އެމީހުންނަށްޓަކާ ޚާއްސަ ކުރެވިފައިވާ މަޤާމުތަކުގައި އިށީންނާނެ. ހަމަކަށަވަރުން މިހާރު އެންމެ މަތިވެރި މީހުންގެ ތެރެއިން ބައެއްމީހުން އެންމެ ދަށް މީހުން ކަމުގައި ވާނެ. އަދި މިހާރު އެންމެ ދަށް މީހުންގެ ތެރެއިން ބައެއްމީހުން އެންމެ މަތިވެރި މީހުން ކަމުގައި ވާނެ.“
ލޯކާސް 13:24-30
އެކަލޭގެފާނަށް ތަބާނުވާ މީހުން އެކަލޭގެފާނުގާތުން ޖާގައެއްނެތެވެ
އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން، އަހަރެންގެ ބައްޕާފުޅު، މާތްރަސްކަލާނގެ ދެއްވާ މަތިވެރި ބާރާއި އެކަލާނގެ *މަލާއިކަތުންނާއިއެކު އަލުން އެނބުރި މިދުނިޔެއަށް އަންނާނަން. އެދުވަހުން އަހަރެންގެ ނަންގަނެ އަހަރެންގެ ބަސްތަކުގެ ވާހަކަދައްކާ އުޅެން ލަދު ގަތް މީހުންނަށް އަހަރެންގެ ގާތުގައި އެއްވެސް ޖާގައެއް ނުލިބޭނެ. 
ލޫކާސް 9:26

އެކަލޭގެފާނަށް ތަބާނުވާ މީހުން ބިންގަލެއްނެންނަމަ ފުނޑުފުނޑު ވެވީރާނާވެއެވެ
ނަމަވެސް އަހަރެންގެ ބަސްތަކުގެ އަޑުއަހާ އެއަށް އަމަލުނުކޮށް އުޅޭ މީހަކީ ބިންގަލަކާ ނުލާ މަޑު ފަސްގަނޑެއްގެ މަތީގައި ގެއެއް އެޅި މީހަކާއި އެއްފަދަ މީހެއް. ބޮޑު ރާޅުތަކުގެ ހަމަލާ އެގެއަށް ލިބުމާއިއެކު މުޅި ގެ ފުނޑުފުނޑުވެ ވީރާނާވެ ނެތި ހިނގައްޖެ.“
ލޫކާސް 6:49

އީސާގެފާނު އެނގެވި ގޮތް ނަހީކޮއްފި މީހަކަށް (އެކަލޭގެފާނަށް ތަބާނުވާ މީހުން  މާތްﷲގެ ރުއްސުން ލެއްވުމެއްނުވެއެވެ.
އެހެންމީހަކު ވެސް އެކަލޭގެފާނަށް ދެންނެވިއެވެ. ”މާތްސާހިބާ! އަޅުގަނޑު ކަލޭގެފާނާއި އެކު ދާނަން. ނަމަވެސް ފުރަތަމަ އަޅުގަނޑު ގޮސް އަޅުގަނޑުގެ އާއިލާގެ މީހުންނާއި ހިތްހެޔޮކޮށް ސަލާމް ކޮށްފައި އަންނާނަން.“ އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”ބިންކޮނުމަށް އުދަލީގައި ހިފުމަށްފަހު ފަހަތަށް ޖެހިއްޖެ މީހަކީ މާތްރަސްކަލާނގެ ރަސްކަންފުޅަށް ޚިދުމަތްކުރުމަށް އެކަށީގެންވާ މީހެއް ނޫން.
ލޫކާސް 9:61-62

އީސާގެފާނު އެންގެވި ގޮތްތަކަށް ޢަމަލުކޮށްފި މީހުންނަށް  ހެޔޮރަޙްމަތާއި، ދާޢިމި މަންޒިލެއް ލިބޭނެއެވެ
ބަދުރު އީސާގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑުމެން ކަލޭގެފާނާއިއެކު ދިޔުމަށްޓަކާ އަޅުގަނޑުމެންގެ އަތުގައި ވާ ހުރިހާ އެއްޗެއް ދޫކޮށްލީން.“ އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”އަހަރެން މިބުނާ ވާހަކަ ޤަބޫލުކުރޭ. އެއްވެސް މީހަކު އަމިއްލަ ރަށާއި، އަނބިމީހާ ނޫނީ ތިމާގެމީހުން ނުވަތަ މައިންބަފައިން ނޫނީ ތިމާގެ އަމިއްލަ ދަރިން މާތްރަސްކަލާނގެ ރަސްކަންފުޅުގެ ހައްޤުގައި ދޫކޮށްލަން ޖެހިއްޖެ ހިނދަކު ދޫކޮށްލައިފި ނަމަ އެމީހަކަށް އެއަށްވުރެ އެތައް ގުނައެއް އިތުރަށް މިދުނިޔޭގައި ދެއްވާނެ. އަދި އެމީހަކަށް އަންނަން އޮތް ދުނިޔޭގައި ނިމުމެއްނުވާ ދެމިހުރި ހަޔާތެއް ވެސް ލިބޭނެ.
ލޫކާސް 18:28-30

އީސާގެފާނު އެންގެވި ގޮތްތަކަށް ޢަމަލުކޮށްފި މީހުންނަށް އެކަލޭގެފާނަށް ތަބާވާމީހުންގެ ފުރާނަ ސަލާމަތްވާނެ
އަމިއްލަ ފުރާނަ ސަލާމަތް ކުރަން އުޅޭ ކޮންމެ މީހަކަށް ހަޤީޤީ ދިރިއުޅުން ގެއްލޭނެ. ނަމަވެސް އަހަރެންނަށްޓަކާ އެމީހެއްގެ ފުރާނަ ދޭ މީހަކަށް ހަޤީޤީ ދިރިއުޅުން ލިބޭނެ.
ލޫކާސް   9:24
އީސާގެފާނު އެންގެވި ގޮތްތަކަށް ޢަމަލުކޮށްފި މީހުންނަށް ބިނާކު ރެވިފައިވަނީ ރަނގަޅަށް ކަމުންއެއައް ގުޑުމެއްނެރި
އަހަރެން ކައިރިއަށް އައިސް އަހަރެންގެ ބަސްތަކުގެ އަޑުއަހާ އެއަށް އަމަލުކޮށް އުޅޭ މީހެއްގެ މިސާލު ބުނަން ތަ؟ އޭނާއަކީ ބިން ފުންކޮށް ކޮނެ ވަރުގަދަ ބިންގަލެއް އަޅާ އޭގެމަތީ ގެއެއް ބިނާކުރި މީހާގެ މިސާލު. ކަނޑު ގަދަވެ ރާޅު އަރައި ބޮޑު ރާޅުތަކުގެ ހަމަލާ އެގެއަށް އައި. ނަމަވެސް އެގެ ބިނާ ކުރެވިފައި ވަނީ ރަނގަޅަށް ކަމުން އެގެއަކަށް ގުޑުމެއް ނޭރި. 
ލޫކާސް 6:47-48
ތިޔަބައިމީހުން ބޭނުންވާ ގޮތް
އީސާގެފާނަށް ތަބާވާށެވެ
އަމިއްލަޔަށް އުޅޭނެވެ
އެކަމު އެކަލޭގެފާނުގެ ބަސް ހަނދާންކުރާށެވެ:
އަމިއްލަ ފުރާނަ ސަލާމަތް ކުރަން އުޅޭ ކޮންމެ މީހަކަށް ހަޤީޤީ ދިރިއުޅުން ގެއްލޭނެ. ނަމަވެސް އަހަރެންނަށްޓަކާ އެމީހެއްގެ ފުރާނަ ދޭ މީހަކަށް ހަޤީޤީ ދިރިއުޅުން ލިބޭނެ.

Oct 29, 2010

އީސާއީން އުފާވެރިވާންވީ ކީއްވެ ހެއްޔެވެ؟


*އަލްފާ*     

      އީސާއީންގެ އުފަލަކީ އެހެން އެއްވެސް އުފަލަކަށް ވުރެން މަތިވެރި އުފަލެއް އިހްސާސް ވެދޭނެ އުފަލެކެވެ. އެހެނީ އީސާއީން އުފާވެރިވަނީ މައިގަނޑު ތިން ސަބަބަކާ ހެދިއެވެ.


1.   އަހަރުމެން މަރުވުމަށް ފަހު ގެއްލެނިވެ ނުދާނެކަމުގެ ޔަގީންކަން ލިބިފައި އޮތުމެވެ. އަހަރުމެންގެ ފާފަތައް އީސާގެފާނު މެދުވެރިވެގެން ފުއްސަވާފައިވާ ކަމުންނެވެ. އެއްވެސް ބުރަމަސައްކަތަކާއި ނުލައި ދިންނެވުން ލިބުމުގެ ނަސީބު ލިބިފައި ވާތީއެވެ. މާތްކަލާނގެ ދީލަތި މަޢާފުގައި ނުހިމެނޭ ވަރުގެ ފާފައެއް ކުރެވިފައި ނުވާނެކަން އެނގޭތީއެވެ. އެހެންކަމުން އަހަރުމެނަށް ހައްގު ނޫން މިވަރުގެ ބޮޑު ނިއުމަތެއް މާތްރަސްކަލާނގެ ދެއްވާފައި ވާތީއެވެ.

2. އަހަރުމެންނަށް ކޮންމެ ފަދަ ނިކަމެތިކަމެއް ދެރަކަމެއް މެދުވެރިވާ އިރުގައިވެސް މާތްކަލާނގެ އަހަރުމެންނާ އެކުގައި ވޮޑިގެންވާނެ ކަން އަހަރުމެންނަށް އެނގޭތީއެވެ. އެއީ އަހަރުމެންގެ ސިއްހަތު ގެއްލުން ކަމުގައިވިޔަސް، ލޯބިވާ މީހަކު ގެއްލުން ކަމުގައިވިޔަސް، ވަޒީފާ ގެއްލުން ކަމުގައިވިޔަސް މި ހުރިހާ ކަމެއްގެ ތެރޭގައި މާތްކަލާނގެ އަހަރުމެންނާއެކު ވޮޑިގެންވާކަން ޔަގީންވާތީއެވެ. އެކަލާނގެއާ އަހަރުމެންނާ ދެމެދު ހުރަސްއަޅައި އެ ގުޅުން ކަނޑުވާލެވޭނެ މީހަކު ނުވާނެތީއެވެ.

. 3އަހަރުމެންނަށް ދިމާވާ މުސީބާތް ތަކުގައި އާއި އުފަލުގައި އަހަރުމެންގެ އަޚުންކަމަށްވާ އީސާގެފާނަށް ތަބާވާ މީހުން އަހަރުމެންނާ އެކުގައި ވާތީއެވެ.   ހަށިގަނޑުގެ އެއް ގުނަވަނުގައި އަޅާ ވޭން ހަށިގަނޑުގެ ހުރިހާ ގުނަވަނެއްގައިވެސް އަޅާނެކަން އަހަރުމެންނަށް އެނގޭތީއެވެ. އެކަކަށް ލިބޭ އުފަލެއް އަހަރުމެން އެންމެން ހިއްސާ ކުރާތީއެވެ.  އެހެންކަމުން އަހަރުމެން ވާލެއް ޔާރެއް ނެތި ބިކަވެގެން ނުދާނެކަން އަހަރުމެންނަށް އެނގޭތީވެސް މެއެވެ.

           އީސާއީންނަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ތިއްބަސް އެކަތިގަނޑެކެވެ. އެއްބަޑު އެއްބަފާ ބައެކެވެ. އެއްވާ ފަށެއްގައި ހިފަހަށްޓައިގެން ތިބި އެއް ބައެކެވެ. އެހެނީ އެ އެންމެނަކީވެސް މާތްކަލާނގެ އެބަޔަކާ އެކު ވޮޑިގެންވާ އެކަލާނގެ ދަރިން ކަމަށް ވާ ކަމެވެ.

Oct 28, 2010

ލަދުވެތި ކަމުން ޤަދަރުވެރިކަމަށް 1

ހައްދަވާފައިވަނީ ޤަދަރުވެރި މަޤާމެއްގާ

ﷲ ސުވަރުގެ ހައްދަވާފައިވަނީ ހުރިހާ ވައްތަރެއްގެ ހެޔޮވެގެންވާ ކަމަކާއި އެކުގައެވެ. ދެން އެސުވަރުގޭގައި އެކަލާނގެ އަޅުގަނޑުމެންގެ ބަފާކަލުން އާދަމުގެފާނު ހައްދަވައި މަތިވެރި މަޤާމެއްގައި އެކަލޭގެފާނު ލެއްވިއެވެ. (ސުވަރުގެއާއި ބަގީޗާ އެއީ ޢަރަބި ބަހުގައި އެއް ލަފުޒެކެވެ.) އަޅުގަނޑުމެންގެ ބަފާ ކަލުން އާދަމުގެފާނާއި ބެހޭ ގޮތުން ޤުރުއާނުގައިވެއެވެ.:

وَاِذْ قَالَ رَبُّكَ لِلَْمَلَئِكَةِ اِنِّي جَاعِلٌ فِي الْارْضِ خَلِيفَةً قَالُوا اتَجْعَلُ فِيهَا مَنْ يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ قَالَ اِنِّي اعْلَمُ مَا لَا تَعْلَمُونَ وَعَلَّمَ ءادَمَ الْاسْمَاءَ كُلَّهَا ثُمَّ عَرَضَهُمْ عَلَى الَْمَلَئِكَةِ فَقَالَ انْبِءونِي بِاسْمَاءِ هَؤُلَاء اِنْ كُنتُمْ صَدِقِينَ قَالُوا سُبْحَنَكَ لَا عِلْمَ لَنَا اِلَّا مَا عَلَّمْتَنَا اِنَّكَ انْتَ الْعَلِيمُ الْحَكِيمُ قَالَ يَءادَمُ انْبِئْهُمْ بِاسْمَائِهِمْ فَلَمَّا انْبَاهُمْ بِاسْمَائِهِمْ قَالَ الَمْ اقُلْ لَكُمْ اِنِّي اعْلَمُ غَيْبَ السَّمَوَتِ وَالْارْضِ وَاعْلَمُ مَا تُبْدُونَ وَمَا كُنتُمْ تَكْتُمُونَ وَاِذْ قُلْنَا لِلَْمَلَئِكَةِ اسْجُدُوا لِاءدَمَ فَسَجَدُوا اِلَّا اِبْلِيسَ ابَى وَاسْتَكْبَرَ وَكَانَ مِنْ الْكَفِرِينَ وَقُلْنَا  يَءادَمُ ُاسْكُنْ انْتَ وَزَوْجُكَ الْجَنَّةَ وَكُلَا مِنْهَا رَغَدًا حَيْثُ شِئْتُمَا وَلَا تَقْرَبَا هَذِهِ الشَّجَرَةَ فَتَكُونَا مِنْ الظَّلِمِينَ
"ކަލޭގެފާނު ހައްދަވާ ބޮޑު ކުރެއްވި މާތް ރަސްކަލާނގެ ބިމުގައި ޚަލީފާއަކު ލައްވާހުށީމޭ މަލާއިކަތުންނަށް ވަޙީ އިއްވެވި ހިނދު ކަން ހިނގި ގޮތުގެ ވާހަކަ ކަލޭގެފާނު ކިޔައި ދެއްވާށެވެ. އެބައިމީހުން އެހިނދު ދެންނެވޫއެވެ. 'އަޅަމެން އިބަސުވާމީންގެ ކިބަފުޅަށް ޙަމްދާއި އެކު ތަސްބީޙަ ކިޔައި އިބަކަލާނގެ ރަސްކަންފުޅަށް ތަޤްދީސް ކިޔަކިޔައި ތިއްބާ، އެބިމުގައި ފަސާދަ އުފައްދައި ލޭ އޮހޮރުވާނޭ ބަޔަކު އިބަސުވާމީންގެ، އެބިމުގައި ލައްވާ ހުށީތޯއެވެ؟' ޖަވާބުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. 'ހަމަ ކަށަވަރުން ތިޔަބައި މީހުންނަށް އެނގިގެން ނުވާ ކަންތައްތައް ތިމަން ސުވާމީންގެ ދެނެވޮޑިގެންވަމެވެ.'
އެސުވާމީންގެ އާދަމުގެފާނަށް ހުރިހާ ތަކެތީގެ ނަންތައް އަންގަވައި ދަސްކޮށް ދެއްވިއެވެ. އަދި އެތަކެތި މަލާއިކަތުންނަށް ހުށަހަޅުއްވައި ވަޙީ ކުރެއްވިއެވެ. ތިޔަބައި މީހުން ތެދުވެރިންކަމުގައި ވާނަމަ މިތަކެތީގެ ނަންތަކުން ތިމަންސުވާމީންގެއަށް ޚަބަރު ދީބަލާށެވެ.'
އެމަލާއިކަތުން ޖަވާބުގައި ދެންނެވޫއެވެ. 'އިބަސުވާމީންގެ ހުސްޠާހިރުވަންތަ ކަމުގެ ބޮޑުކަމާއެވެ! އިބަސުވާމީންގެ އަޅަމެންނަށް އެންގެވި އެއްޗެއް މެނުވީ އަޅަމެންނަށް އެނގިފައެއްނުވެއެވެ. ހަމަ ކަށަވަރުން އިބަސުވާމީންގެއީ ދެނެވޮޑިގަތުން ބޮޑު ޙިކްމަތްވަންތަ ރަސްކަލާނގެއެވެ.'
އެސުވާމީންގެ ވަޙީ ކުރެއްވިއެވެ. 'އޭ އާދަމުގެފާނެވެ. ކަލޭގެފާނު އެ މަލާއިކަތުންނަށް، ތަކެތީގެ ނަންތަކުން ޚަބަރުދެއްވާށެވެ. ދެން އެކަލޭގެފާނު އެމަލާއިކަތުންނަށް އެތަކެތީގެ ނަންތަކުން ޚަބަރު ދެއްވިހިނދު އެސުވާމީންގެ ވަޙީ ކުރެއްވިއެވެ. 'ތިމަން ސުވާމީންގެ އުޑުތަކާއި ބިމުގެ ޣައިބު ދެނެވޮޑިގަންނަވާކަން ތިޔަބޭކަލުންނަށް ނާންގަވަމު ހެއްޔެވެ؟ އަދި ތިމަންސުވާމީންގެ ތިޔަ ބޭކަލުން ފާޅުގައި ކުރާ ކަންތަކާއި ވަންހަނާކޮށްއުޅޭ ކަންތައްތައް ދެނެވޮޑިގެންވަމެވެ.'
އާދަމުގެފާނަށް ސަޖިދަ ކުރާށޭ ތިމަންސުވާމީންގެ މަލާއިކަތުންނަށް އެންގެވިހިނދު ކަންހިނގި ގޮތް ކަލޭގެފާނު ކިޔައި ދެއްވަވާށެވެ. ފަހެ އިބިލީސް ނޫން އެހެން ހުރިހާ ބޭކަލުން ސަޖިދަ ކުރެއްވޫއެވެ. އޭނާ ސަޖިދައިން މަނާވެގަނެ ކިބުރުވެރި ވީއެވެ. އޭނާ ކާފިރުންގެ ތެރެއިންވީއެވެ.
އަދި ތިމަން ސުވާމީންގެ ވަޙީ ކުރެއްވީމެވެ. 'އޭ އާދަމުގެފާނެވެ. ކަލޭގެފާނާއި ކަލޭގެފާނުގެ އަނބިކަނބަލުން ސުވަރުގޭގައި ވަޒަންވެރިވާށެވެ. އަދި ތަނަވަސްކަމާއި ފަހިކަމާއިއެކު ތިޔަ ދެ ކަނބަލުން އެދިވަޑައިގަންނަވާ ގޮތަކަށް، އެ ސުވަރުގެއިން ފަރިއްކުޅުއްވާށެވެ. ތިޔަ ދެކަނބަލުން މިހިރަ ގަހާއި ކައިރިވެވަޑައި ނުގަންނަވާށެވެ. އެކަން ކުރައްވައިފިނަމަ ތިޔަ ދެކަނބަލުން އަމިއްލަ ނަފްސަށް އަނިޔާ ކުރާ މީހުންގެތެރެއިން ވެދާނެއެވެ.'" (ބަޤަރާ 2: 30-35)

މި އާޔަތްތަކުގެ މައްޗަށް ބަލާއިރު އަޅުގަނޑުމެންގެ ސާހިބު އާދަމުގެފާނަށް ﷲ އެތައް ގޮތަކުން ޢިއްޒަތް ދެއްވިއެވެ.
  • ހުރިހާ މަޚޫލޫޤާތްތަކުގެ މައްޗަށް ވެރިކަން ކުރައްވާނޭ ވެރިއެއްގެ މަޤާމު އެކަލާނގެ އެކަލޭގެފާނަށް ދެއްވިއެވެ.
  • އެކަލޭގެފާނު (ﷲ ގެ އަމުރަށް) ނުކިޔަމަންތެރި ނުވާހާ ހިނދު، އެކަލޭގެފާނަކީ ޠާހިރު ބޭކަލަކު ކަމުގައި ލެއްވިއެވެ.
  • އެކަލޭގެފާނުގެ އަމިއްލަފުޅު އުސްތާޛު ކަމުގައި ﷲ ވިއެވެ.
  • އާދަމުގެފާނަށް މަލާއިކަތުންނަށްވުރެ ގިނަ ތަކެތި އެނގިވަޑައިގަތެވެ.
  • އެކަލޭގެފާނަށް ސަޖިދަ ކުރުމަށް ﷲ މަލާއިކަތުންނަށް އަމުރު ކުރެއްވިއެވެ. އަދި އިބިލީސް ފިޔަވައި އެންމެންވެސް ސަޖިދަ ކުރިއެވެ.
  • އާދަމުގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން ސުވަރުގޭގައި ދިރިއުޅުއްވިއެވެ.
  • އާދަމުގެ ފާނު ބޭނުންފުޅުވަރަކަށް ކާނާ ހުއްޓެވެ. އެހެން ގޮތަކަށް ދަންނަވާނަމަ އެކަލޭގެފާނު ދިރިއުޅުއްވީ މުއްސަނދި ކަމުގެ ތެރޭގައެވެ.
  • އާދަމުގެ ފާނަށް ބޭނުންފުޅު އެއްޗެއް އިޚްތިޔާރު ކުރުމުގެ މިނިވަންކަން ލިބިވަޑައިގެން ވިއެވެ.
  • އާދަމުގެފާނަށް (ކަންތައްތައް) ދަސްކުރުމުގެ ޒިންމާ ޖެހުނެވެ.

މި އާޔަތްތަކުން އަޅުގަނޑުމެންނަށް އަންގަވާ އެއްޗެހީގެ އިތުރަށް، ކީރިތި ޤުރުއާނުން އަޅުގަނޑުމެންނަށް އެނގޭގޮތުގައި:
  • އެކަލޭގެފާނަކީ (އަޅުގަނޑުމެންފަދައިން، އެއްވެސް ގޮތަކަށް، އުފަންވެފައި ނުވާ) ސީދާ ﷲ ޚަލްޤު ކުރައްވާފައި ވާ ބޭފުޅެކެވެ.
  • ﷲ ގެ ރޫޙުފުޅުން އެކަލޭގެފާނުގެ (ހަށިކޮޅުގެ) ތެރެއަށް ފުމެ ލެއްވިއެވެ. (ފުރާނަ އެޅުއްވިއެވެ.)
قَالَ مَا مَنَعَكَ الَّا تَسْجُدَ اذْ امَرْتُكَ قَالَ انَا خَيْرٌ مِنْهُ خَلَقْتَنِي مِنْ نَارٍ وَخَلَقْتَهُ مِنْ طِينٍ
"އެކަލާނގެ ވަޙީ ކުރެއްވިއެވެ. 'ތިމަން ސުވާމީންގެ ކަލެއަށް އަމުރުކުރެއްވި ހިނދު ސަޖިދަ ނުޖަހައި މަނާވެގަތީ ކީތްވެހެއްޔެވެ؟' އޭނާ (އިބިލީސް) ދެންނެވިއެވެ. ތިމަން އެކަލޭގެފާނަށް ވުރެ މޮޅެވެ. (އެހެނީ) އިބަސުވާމީންގެ ތިމަން ހެއްދެވީ އަލިފާނުންނެވެ. އަދި އެކަލޭގެފާނު ހެއްދެވީ ކިސަޑު މަށިންނެވެ.'" (އަޢުރާފު 12:7)

ثُمَّ سَوَّهُ وَنَفَخَ فِيهِ مِنْ رُوحِهِ وَجَعَلَ لَكُمْ السَّمْعَ وَالْابْصَرَ وَالْافْءدَةَ قَلِيلًا مَا تَشْكُرُونَ
"ދެން އޭނާއަށް ސިފަދެއްވައި، އެކަލާނގެ ރޫޙުފުޅުން ފުރާނަ ދެއްވިއެވެ. އަދި ތިޔަބައިމީހުންނަށް އިވުމާއި ފެނުމާއި ހިތްތައް ދެއްވިއެވެ. (ނަމަވެސް އެކަލާނގެއަށް) ތިޔަބައިމީހުން ޝުކުރުކުރާލެއް މަދެވެ." (ސަޖްދަ 9:32)


އާދަމުގެފާނުގެ ފާފަ

އެކަމަކު ދެންވީ ކިހިނެތްތޯއެވެ؟ މާތް ﷲ އެކަލޭގެފާނުގެ މައްޗަށް ދެއްވި ހަމައެކަނި ޤާނޫނަށް އާދަމުގެފާނު ނުކިޔަމަންތެރި ވެއްޖެއެވެ.

فَأَكَلَا مِنْهَا فَبَدَتْ لَهُمَا سَوْءتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِنْ وَرَقِ الْجَنَّةِ وَعَصَى ءادَمُ رَبَّهُ فَغَوَى
"ފަހެ އެދެކަނބަލުން މަނާ ކުރެވިފައިވާ ގަހުން ފަރީއްކުޅުއްވިއެވެ. ދެން އެދެކަނބަލުންނަށް ޢައުރަ ފާޅުވުމުން (ނުވަތަ ޖިންސުގެ ޣަރީޒާ ފާޅުވުމުން) ސުވަރުގޭގެ ފަތްތަކުން ނިވާ ކުރުއްވުމަށް އުޅުއްވަތެވެ.  އާދަމުގެފާނު އެކަލޭގެފާނު ހެއްދެވި ކަލާނގެ އަމުރުފުޅަށް ނުކިޔަމަންތެރިވެ ގެއްލެނިވެ ހިނގައްޖެއެވެ." (ޠާހާ 121:20)


ލަދުވެތި ކަމުގައި އުޅުއްވުން – މުޅި އިންސާނިއްޔަތަށް ޖެހުނު ޙާލަތު

އަހަރެމެން އެންމެންނީ އާދަމުގެފާނުގެ ޢާއިލާއިން އައިސް ތިބި އެކަލޭގެފާނުގެ ދަރިންނެވެ. އަދި އަހަރެމެންގެ ޢާއިލާގެ ބައްޕަ އަބުރު ގެއްލުމުން އަހަރެމެން އެންމެންވެސް އަބުރު ގެއްލުނީއެވެ. އަހަރެމެންގެ ބަފާކަލުން އާދަމުގެފާނު އަހަރެމެން މި ގެންނެވީ ﷲ ގެ ޙަޟުރަތުގައި ލަދުވެތިކަމުގެ ތެރެއަށެވެ.
އެކަލޭގެފާނުގެ ދެ ދަރިކަލުން ކަމުގައިވާ ހާބީލާއި ޤާބީލުގެ މެދުގައި ޤަތުލު ކުރުން ފެށިއްޖެއެވެ.

فَطَوَّعَتْ لَهُ نَفْسُهُ قَتْلَ أَخِيهِ فَقَتَلَهُ فَأَصْبَحَ مِنْ الْخَاسِرِينَ هُ كَيْفَ يُوَارِي سَوْأَةَ أَخِيهِ قَالَ يَا وَيْلَتَا أَعَجَزْتُ أَنْ أَكُونَ مِثْلَ هَذَا الْغُرَابِ فَأُوَارِيَ سَوْأَةَ أَخِي فَأَصْبَحَ مِنْ النَّادِمِينَ فَبَعَثَ اللَّهُ غُرَابًا يَبْحَثُ فِي الْأَرْضِ لِي׀ رِ مِنْ أَجْلِ ذَلِكَ كَتَبْنَا عَلَى بَنِي إِسْرَائِيلَ أَنَّهُ مَنْ قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا وَلَقَدْ جَاءَتْهُمْ رُسُلُنَا بِالْبَيِّنَاتِ ثُمَّ إِنَّ كَثِيرًا مِنْهُمْ بَعْدَ ذَلِكَ فِي الْأَرْضِ لَمُسْرِفُونَ إِنَّمَا جَزَاءُ الَّذِينَ يُحَارِبُونَ اللَّهَ وَرَسُولَهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا أَنْ يُقَتَّلُوا أَوْ يُصَلَّبُوا أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُمْ مِنْ خِلَافٍ أَوْ يُنفَوْا مِنْ الْأَرْضِ ذَلِكَ لَهُمْ خِزْيٌ فِي الدُّنيَا وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ إِلَّا الَّذِينَ تَابُوا مِنْ قَبْلِ أَنْ تَقْدِرُوا عَلَيْهِمْ فَاعْلَمُوا أَنَّ اللَّهَ غَفُورٌ رَحِيمٌ
"އަދި އާދަމުގެ ފާނުގެ ދެ ދަރިކަލުންގެ ވާހަކަ ޙައްޤު ގޮތުގައި ކަލޭގެފާނު އެބައިމީހުންނަށް ކިޔައި ދެއްވާށެވެ. އެއީ އެ ދެ ދަރިކަލުން ކުރެ ކޮންމެ ދަރިކަލަކު ﷲ އަށްޓަކައި ޤުރުބާނެއް ހުށަހެޅުއްވި ހިނދެވެ. ފަހެ އެ ދެ ދަރިކަލުންގެ ތެރެއިން އެއް ދަރިކަލުންގެ ކިބައިން އެކަން ޤަބޫލު ކުރެވުނެވެ. އަނެއް ދަރިކަލުންގެ ކިބައިން ޤަބޫލެއް ނުކުރެވުނެވެ. އޭނާ ބުންޏެވެ. 'ހަމަ ކަށަވަރުން އަހުރެން ކަލޭ ޤަތުލު ކުރާހުށީމެވެ.' އަނެކަކު ބުންޏެވެ. 'މާތް ﷲ ޤަބޫލު ކުރައްވާކަން ކަށަވަރީ ތަޤުވާ ވެރިންގެ ކިބައިންނެވެ.
ހަމަ ކަށަވަރުން އަހުރެން ޤަތުލު ކުރުމަށްޓަކައި މަށާއި ދިމާލަށް ކަލޭ އަތް ދަމާލިޔަސް ކަލޭ ކަތިލުމަށްޓަކައި އަތްދަމާލާނެ މީހަކު ކަމުގައި އަހުރެން ނުވާހުށީމެވެ. ހަމަ ކަށަވަރުން ޢާލަމްތައް ހައްދަވައި ބޮޑުކުރެއްވި މާތް ﷲ އަށް އަހުރެން ބިރުވެތިވަމެވެ.
ހަމަ ކަށަވަރުން އަހުރެން އެދެނީ އަހުރެންގެ ފާފައާއި ކަލޭގެ ފާފަ އުފުލައިގެން ކަލޭ ދިޔުމެވެ. އެއިރުން ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ކަލޭ ވެދާނެއެވެ. އަނިޔާވެރިންގެ ޖަޒާއަކީ އެއީއެވެ.'
ދެން އޭނާގެ އަޚާ ޤަތުލު ކުރުމަށް، އޭނާގެ ސިކުނޑި އޭނާއަށް ވާގި ދިނެވެ. ދެން އޭނާ އޭނާގެ އަޚާ ޤަތުލު ކުރިއެވެ. ދެން އެއަށްފަހު ގެއްލެނި ވެގެންވާ މީހުންގެ ތެރެއިން އޭނާ ވެއްޖެއެވެ." (މާއިދާ 5: 30-34)


ލަދުވެތިކަމުގެ ތެރެއަށް ވެއްޓިވަޑައިގަތުން

އެހެންވީމާ ﷲ އެދެކަނބަލުންނަށް ވަޙީ ކުރެއްވިއެވެ.

فَازَلَّهُمَا الشَّيْطَنُ عَنْهَا فَاخْرَجَهُمَا مِمَّا كَانَا فِيهِ وَقُلْنَا اهْبِطُوا بَعْضُكُمْ لِبَعْضٍ عَدُوٌّ وَلَكُمْ فِي الْارْضِ مُسْتَقَرٌّ وَمَتَعٌ اِلَى حِينٍ
"(ބިމަށް) ފައިބާށެވެ."
"ދެންފަހެ ޝައިޠާނާ އެދެކަނބަލުން (އެގަހުގެ ފަރާތުން) ކުށުގައި އަޅުވައި (ސުވަރުގޭގައި) އެ ދެކަނބަލުން އުޅުއްވި ނިޢުމަތްތަކުން އެ ދެކަނބަލުން ބޭރުކޮށްފިއެވެ. އަދި ތިމަންސުވާމީންގެ ވަޙީ ކުރެއްވީމެވެ. ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކާއި ޢަދާވާތްތެރިން ކަމުގައި ވާޙާލު، ތިޔަބައި މީހުން ބިމަށް ފައިބާށެވެ. އަދި ހިނދުކޮޅަކަށްޓަކައި ތިޔަބައިމީހުން ދިރިއުޅެ ޤަރާރުވެ ތިބޭނޭ ތަނެއްކަމުގައި ބިން ވާނެއެވެ." (ބަޤަރާ 36:2)
قَالَ اهْبِطُوا بَعْضُكُمْ لِبَعْضٍ عَدُوٌّ وَلَكُمْ فِي الْارْضِ مُسْتَقَرٌّ وَمَتَعٌ الَى حِينٍ
"އެކަލާނގެ ވަޙީ ކުރެއްވިއެވެ. 'ތިޔަބައިމީހުން އެއް ބަޔަކު އަނެއްބަޔެއްގެ މައްޗަށް ދުޝްމަނުން ކަމުގައި ވާ ޙާލު (ސުވަރުގެއިން) ފައިބާށެވެ. އަދި ބިމަކީ ކަނޑައެޅިގެންވާ ވަގުތުކޮޅަކަށް ތިޔަބައި މީހުން މަޖާކޮށް، ޤާއިމުވެ ތިބޭނޭ ތަނެއް ކަމުގައި ލައްވައިފީމެވެ." (އަޢުރާފު 24:7)
قَالَ فِيهَا تَحْيَوْنَ وَفِيهَا تَمُوتُونَ وَمِنْهَا تُخْرَجُونَ
"އެކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުން ދިރިއުޅޭހުށީ އެތާނގައެވެ. އަދި މަރުވާ ހުށީ އެތާނގައެވެ. އަދި (ޤިޔާމަތް ދުވަހުން ދިރުއްވައި) ނެރުއްވާ ހުށީ އެތަނުންނެވެ." (އަޢުރާފު 25:7)
يَبَنِي ءادَمَ قَدْ انزَلْنَا عَلَيْكُمْ لِبَاسًا يُوَرِي سَوْءتِكُمْ وَرِيشًا وَلِبَاسُ التَّقْوَى ذَلِكَ خَيْرٌ ذَلِكَ مِنْ ءايَتِ اللَّهِ لَعَلَّهُمْ يَذَّكَّرُونَ
"އޭ އާދަމުގެ ދަރިންނޭވެ. ތިޔަބައިމީހުންގެ ޢައުރަތައް ފޮރުވަނިވި ފޭރާމާއި ދޫނިފަތް ތިމަންސުވާމީންގެ ތިޔަބައިމީހުންނަށް ޓަކައި ފޮނުއްވީމެވެ. އަދި ތަޤުވާވެރި ކަމުގެ ފޭރާމަކީ އެންމެ ހެޔޮވެގެންވާ ފޭރާމެވެ. މިއީ ﷲ ގެ ހެކިތަކުގެ ތެރެއިން ވާ ކަމެކެވެ. އެއީ ތިޔަބައި މީހުން (ތިމަން ސުވާމީންގެ މަތިން) ހަނދުމަ ކުރޭތޯއެވެ."(އަޢުރާފު 26:7)

އެހެންވީމާ އާދަމުގެފާނަށް ލިބިވަޑައިގެންފައި ވީ ހުރިހާ ކަމަކާއި ތަކެއްޗެއް އެކަލޭގެފާނަށް ގެއްލުނީއެވެ. އަދި ޢިއްޒަތާއި ޤަދަރު ލިބިގެންވާ ތަނެއްގެ ބަދަލުގައި ލަދުވެތި ކަމާއި ނިކަމެތި ޙާލުގައި އެތައް ގޮތަކުން އުޅުއްވަން ޖެހިވަޑައިގަތެވެ:-
  • އެކަލޭގެފާނު ﷲ ތަޢާލާއާއި ދުރުވެ ބީރައްޓެހި ވެ ވަޑައިގެންނެވިއެވެ.
  • މަލާއިކަތުން އިތުރަކަށް އެކަލޭގެފާނަކަށް ސަޖިދައެއް ނުކުރެއެވެ.
  • ނުކިޔަމަންތެރި ކަމުގެ ސަބަބުން އެކަލޭގެފާނު ނުޠާހިރު ވެއްޖެއެވެ.
  • އެކަލޭގެފާނު އޮރިޔާން ޙާލު ކޮޅުގައި ޖެހިވަޑައިގަތެވެ.
  • ﷲ ގެ ޚަލީފާ ކަމުގެ މަޤާމް އެކަލޭގެފާނަށް ގެއްލިއްޖެއެވެ.
  • އެކަލޭގެފާނު އަނބިކަބަލުންނާއި އެކު ދުނިޔޭގައި އުޅުއްވީ ދުޝްމިން ކަން މަތީގައެވެ.
  • އެކަލޭގެފާނު އުޅުއްވަންވީ ވަކި ތަނެއް ﷲ ހަމަ ޖެއްސެވުމުގެ ސަބަބުން، އެކަލޭގެފާނުގެ މިނިވަންކަން ވަކި ޙުދޫދަކަށް އައީއެވެ.
  • މުޅި މަޚުލޫޤާތްތަކުގެ މައްޗަށް ވާ، ދާއިމީ ވެރިޔަކު ކަމުގައި ވުމުގެ ބަދަލުގައި، އެކަލޭގެފާނުގެ ދިރިއުޅުމަކީ ވަކި ހިނދުކޮޅަކަށްޓަކައި ވާ އެއްޗެއް ކަމުގައިވެ، މަރުވާނެ މީހަކަށް ވިއެވެ.
  • އެކަލޭގެފާނު އުޅުއްވަން ޖެހިވަޑައިގަތީ ފަޤީރު ޙާލުގައެވެ. އަދި ސުވަރުގެއެއްގައި (ބަގީޗާއެއްގައި) އިތުރަށް ނުއުޅުއްވެވުމުގެ ސަބަބުން، އަމިއްލަފުޅަށް ފަރީއްކުޅުއްވުމަށްޓަކައި ބުރަ މަސައްކަތް ކުރައްވައި، ގޮވާން ހައްދަވަން ޖެހިވަޑައިގަތެވެ.

އޮރިޔާން ނިވާކުރުން

އާދަމުގެފާނު ކުރެއްވީ ކޮން ކަމެއް ހެއްޔެވެ؟ އެކަލޭގެފާނު މަސައްކަތްޕުޅު ކުރެއްވީ އެކަލޭގެފާނުގެ އިންސާނީ ބާރުފުޅާއި އެކު އެ ގަސްތަކުގެ ފަތްތަކުން އެކަލޭގެފާނުގެ ޢައުރަ ނިވާކުރެއްވޭތޯއެވެ. އެކަމަކު އެކަލޭގެފާނުގެ އިންސާނީ ބާރުފުޅުތައް ކާމިޔާބުނުވެ ފެއިލި ވީއެވެ.

فَدَلَّهُمَا بِغُرُورٍ فَلَمَّا ذَاقَا الشَّجَرَةَ بَدَتْ لَهُمَا سَوْءتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِنْ وَرَقِ الْجَنَّةِ وَنَادَهُمَا رَبُّهُمَا الَمْ انْهَكُمَا عَنْ تِلْكُمَا الشَّجَرَةِ وَاقُلْ لَكُمَا انَّ الشَّيْطَنَ لَكُمَا عَدُوٌّ مُبِينٌ
"ފަހެ މަކަރުން އޭނާ (އިބިލީސް) އެދެކަނބަލުން ދަށް ކޮށްފިއެވެ. ދެން ފަހެ އެ ދެކަނބަލުން އެ ގަހުން ރަހަ ބެއްލެވި ހިނދު އެ ދެކަނބަލުންގެ ޢައުރަ އެ ދެކަނބަލުންނަށް ފައުޅު ވެއްޖެއެވެ. އަދި އެ ދެކަނބަލުން ސުވަރުގޭގެ ފަތްތަކުން ޢައުރަ ނިވާ ކުރެއްވޭތޯ ފައްސަވަން ފެއްޓެވިއެވެ. އަދި އެ ދެކަނބަލުންގެ ވެރި ރަސްކަލާނގެ ނިދާ އިއްވެވިއެވެ. 'އެ ގަހާއި ގާތްވެވަޑައިގަތުން ތިޔަ ދެކަނބަލުންނަށް ތިމަން ސުވާމީންގެ މަނާ ނުކުރައްވަމުހެއްޔެވެ؟ އަދި ހަމަ ކަށަވަރުން ޝައިޠާނާ އަކީ ތިޔަ ދެކަނބަލުންނަށް ހުރި ފާޅުވެގެންވާ ދުޝްމިނެއްކަން ނުއަންގަވަމުހެއްޔެވެ؟'" (އަޢުރާފް 22:7)

ދެން އާދަމުގެ ފާނުގެ އޮރިޔާން ޙާލުކޮޅަށް ޙައްލެއް މާތް ﷲ ދެއްވިއެވެ. ފޭރާމެވެ.

يَبَنِي ءادَمَ قَدْ انزَلْنَا عَلَيْكُمْ لِبَاسًا يُوَرِي سَوْءتِكُمْ وَرِيشًا وَلِبَاسُ التَّقْوَى ذَلِكَ خَيْرٌ ذَلِكَ مِنْ ءايَتِ اللَّهِ لَعَلَّهُمْ يَذَّكَّرُونَ
"އޭ އާދަމުގެފާނުގެ ދަރިންނޭވެ. ތިޔަބައި މީހުން ޢައުރަތައް ފޮރުވައިފަނިވި ފޭރާމާއި ދޫނިފަތް ތިމަން ސުވާމީންގެ ތިޔަބައި މީހުންނަށްޓަކައި ފޮނުއްވީމެވެ. އަދި ތަޤުވާ ވެރިކަމުގެ ފޭރާމަކީ އެންމެ ހެޔޮ ފޭރާމެވެ. އެކަންތައް ވަނީ ﷲ ގެ ފާޅުވެގެންވާ ހެކި ތަކުގެ ތެރެއިންނެވެ. އެއީ ތިޔަބައި މީހުން (ތިމަން ރަސްކަލާނގެ މަތިން) ހަނދުމަ ކުރޭތޯއެވެ." (އަޢުރާފް 26:7)

ހަމަ ސީދާ، ކޮންވައްތަރެއްގެ ފޭރާމެއް ކަމެއް ﷲ ނުއަންގަވައެވެ. އެކަމަކު ދޫނިފަތޭ ވަޙީ ކުރެއްވުމުން އެއިން ކޮންމެވެސް އެއްޗެއް ދޭހަކޮށް ދެއެވެ. އެއީ ހަމަ ޔަޤީނުންވެސް ޕޮލިސްޓަރެއް ނޫނެވެ. އާދަމުގެފާނަށާއި ޙައްވާގެފާނަށް ﷲ ދެއްވީ ޖަނަވާރުގެ ހަމެވެ. މިކަމުން މާތް ﷲ އިޝާރާތް ކުރައްވަނީ (އާދަމުގެ ފާނު ނުކިޔަމަންތެރި ވުމުން) އެކަލޭގެފާނަށް ޖެހިވަޑައިގަތް އެންމެ ބޮޑު މައްސަލައަށް (އޮރިޔާން ޙާލު ކޮޅުގެ މައްސަލައަށް) އޮތް ޙައްލަށެވެ. މިޙައްލަކީ ލެޔެވެ. އޭގެފަހުން އަޅުގަނޑުމެންގެ ސާހިބާ އިބްރާހީމްގެފާނުގެ ދަރިކަލުން ބޮޑުވެގެންވާ ޤުރުބާނީއަކުން ސަލާމަތް ކުރެއްވި ހިނދުވެސް ﷲ ހަމަ އެފަދައިން އިޝާރާތް ކުރައްވާފައި ވެއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ އެކަލޭގެފާނު އެ ޤުރުބާނީގެ ލޭ އޮހޮރުއްވިއެވެ.

وَفَدَيْنَهُ بِذِبْحٍ عَظِيمٍ
"އަދި ޤަދަރު ބޮޑުވެގެންވާ ކަންބަޅި ބަކަރިއެއް ކަތިލެއްވުމުން ތިމަންސުވާމީންގެ އެކަލޭގެފާނު ސަލާމަތް ކުރެއްވީމެވެ." (ޞާއްފާތު 107:37)

އިންސާނުން ރައްދުދޭ ގޮތް

އޭރުއްސުރެފެށިގެން އާދަމުގެފާނުގެ ދަރިފަސްކޮޅުކަމުގައިވާ، އަޅުގަނޑުމެން އިންސާނުން، ތަފާތު އެކި ގޮތްގޮތަށް އެކަންތައްތައް ތަކުރާރު ކުރަމުން އެބަ ގެންދަމުއެވެ:
  • އަޅުގަނޑުމެންނަށް ކުރެވޭ ފާފަތަކާއި ކުށްތައް އަޅުގަނޑުމެން ވަންހަނާ ކުރަމުއެވެ.
  • އެތައް ސަބަބު ތަކަކާއި އެކު އެކަންތައްތަކަށް އަޅުގަނޑުމެން އުޒުރު ދައްކަމުއެވެ.
  • އެއީ އާދައިގެ ކަންތައްތަކެއް ކަމުގައި ދެކި އެއާއި ކުޅެހަދަމުއެވެ.
  • އަޅުގަނޑުމެން (ކުރާ ކުށްތައް) އެހެން މީހުންނާއި އަޅުވާ ބަލާފައި އެ މީހުންނަށްވުރެ އަޅުގަނޑުމެން ރަނގަޅުކަމުގައި އަޅުގަނޑުމެން ދެކެމުއެވެ.
ނަމަވެސް އެއީ ނުކުރާ ކަންތަކެއް ކަމުގައި އަޅުގަނޑުމެންނަކަށް ނެހެދޭނެއެވެ.
އަޅުގަނޑުމެން ކުރަން ޖެހޭކަމަކީ ﷲ ގެ މަގަށް ރުޖޫވުމެވެ.
އެކަމަކު އެނބުރި ދާނެ ގޮތަކީ ކޮބައިބާއެވެ؟
ﷲ އާއި އެކު އަލުން ގުޅުން ބަދަހި ކުރާނީ ކިހިނެތްބާއެވެ؟
އަދި އެފަދަ ގުޅުމެއް އުފައްދައި ދޭން މެދުވެރިވެ ދޭނީ ކާކުބާއެވެ؟

އެމްނެ ސިދަ މަގު ބްލޮގް

Oct 27, 2010

ލަދުވެތި ކަމުން ޤަދަރުވެރިކަމަށް 2

މެދުވެރިއެއްގެ ބޭނުންތެރިކަން

އާދަމުގެފާނަށާއި އެކަލޭގެފާނުގެ އަނބިކަނބަލުންނަށް އެމީހުންގެ ކުށް ފަހުމު ވެއްޖެއެވެ.

قَالَا رَبَّنَا ظَلَمْنَا انفُسَنَا وَانْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنْ الْخَسِرِينَ
"އެމީހުން ދެންނެވިއެވެ. 'އޭ އަޅަމެން ހައްދަވައި ބޮޑުކުރެއްވި މާތް ރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފުސުތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމެވެ. އަދި އަޅަމެންނަށް އިބަ ސުވާމީންގެ ފާފަފުއްސަވައި ރަޙްމަތް ނުލައްވައިފިނަމަ، ހަމަ ކަށަވަރުން އަޅަމެން ވާހުށީ ގެއްލެނިވެގެންވާ ބަޔަކުކަމުގައެވެ.'" (އަޢުރާފް 23:7)

އެނބުރި ދާން އޮތް މަގަކީ ރަޙުމަތާއި މަޣުފިރަތުގެ މަގެވެ. އެކަމަކު އޭގެ އަނެއް މަގަކީ ގެއްލެނިވެގެންވާ މަގެވެ. ރަޙުމަތުގެ މަގު އަޅުގަނޑުމެން ހޯދާނީ ކިހިނެތްތޯއެވެ؟ އަޅުގަނޑުމެންގެ ގެއްލިފައިވާ ޢިއްޒަތް އަލުން ޙާޞިލު ކުރުމަށްޓަކައި ޤަދަރު އުފުލިގެންވާ ބޭފުޅަކު އަޅުގަނޑުމެން ކޮންމެހެން ބޭނުމެވެ. ސަބަބަކީ:
  • ދަށު ދަރަޖައިގެ ބަޔަކަށް އަނެކުން މައްޗެއް ނުކުރެވޭނެއެވެ.
  • ފަޤީރުންނަކަށް އަނެކުން މުއްސަންޖެއް ނުކުރެވޭނެއެވެ.
  • ނުސާފު މީހުންނަކަށް އަނެކުން ޠާހިރެއް ނުކުރެވޭނެއެވެ.
  • އަބުރު ގެއްލިފައިވާ ބަޔަކަށް އަނެކުންނަކަށް ޢިއްޒަތެއް ހޯދައި ނުދެވޭނެއެވެ.
  • ފޭރާމެއް ނެތި އޮރިޔާން ޙާލުގައި ޖެހިފައިވާ ބަޔަކަށް އަނެކުންގައި ފޭރާން އަޅުވައި ނުދެވޭނެއެވެ.
  • ދުރުހެލިވެ ބީރައްޓެހި ވެފައިވާ ބަޔަކަށް އަނެކުންގެ މެދުގައި ގުޅުން އުފައްދައި ނުދެވޭނެއެވެ.
އަޅުގަނޑުމެން އާދަމުގެފާނުގެ ޢާއިލާއެކޭ އެއްފަދައިން، އަޅުގަނޑުމެންގެ ސާހިބު އާދަމުގެފާނަށްވެސް ކޮންމެހެން ބޭނުންފުޅުވަނީ އަޅުގަނޑުމެންގެ މި ބޮޑު، ގެއްލުމާއި އެހީތެރިކަން ނެތިވެފައިވާ ވުމުގައި، އަޅުގަނޑުމެންނާއި އެހީތެރި ވެދޭނޭ މީހެކެވެ. އެއީ މާތް ﷲ އަމިއްލަފުޅަށް އިސް ނަންގަވައިގެން އަޅުގަނޑުމެންގެ ގާތަށް، އަޅުގަނޑުމެންގެ ގެއްލިފައިވާ ޢިއްޒަތްތެރިކަން އަލުން ރައްދު ކޮށްދެއްވައި އެސުވާމީންގެއާއި އެކު ކުރިން އޮތްފަދަ ގުޅުމެއް އުފެއްދުމަށް ޓަކައި ފޮނުއްވާނޭ ބޭފުޅެކެވެ. ﷲ ގެ މަގަށް އަޅުގަނޑުމެން އަލުން ގެންގޮސް ދިނުމަށްޓަކައި މި މީހާއަކީ:
  • ހުރިހާ (ފާފަތަކުން) ޠާހިރު ވެގެންވާ މީހަކަށް ވާންޖެހޭނެއެވެ.
  • މަތިވެރި މަޤާމެއް ލިބިފައި ވާންޖެހޭނެއެވެ.
  • ޢިއްޒަތްތެރިއަކަށް ވާން ޖެހޭނެއެވެ.
  • ﷲ އާއި ކުއްތަން ވެގެންވާ ބޭފުޅަކަށް ވާންޖެހޭނެއެވެ.

ﷲ ގެ ހެކިތައް

މުޅި ތާރީޚުގެ ތެރެއަށް ބަލާއިރުވެސް އަޅުގަނޑުމެންނަށް 'ތެދު މަގު' ނުވަތަ ﷲ ގެ މަގަށް އެނބުރި ދާނޭގޮތް ދެއްކެވުމަށްޓަކައި އެކަލާނގެ އެތައް ރަސޫލުންނަކާއި، (އެކަލާނގެ ވޮޑިގެންވާ ކަމުގެ) އެތައް ހެކިތަކެއް ފޮނުއްވާފައިވެއެވެ. ހުޅުވޭ ސޫރަތް، އަލް ފާތިޙާ، އިން ދައްކައި ދެނީ އަޅުގަނޑުމެން މި މަގަށް ދިޔުމަށްޓަކައި ތަކުރާރުކޮށް ކުރާ ދުޢާއެވެ.

اهْدِنَا الصِّرَطَ الْمُسْتَقِيمَ صِرَطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ
"އަޅަމެންނަށް ތެދު މަގު ދައްކަވާނދޭވެ. އެއީ އެބަޔަކަށް އިބަސުވާމީންގެ ނިޢުމަތް ދެއްވި މީޙުންގެ މަގެވެ. އެބަޔެއްގެ މައްޗަށް ކޯފާ ލެއްވި މީހުންގެ މަގެއް ނޫނެވެ. އަދި މަގުފުރެދިގެން ވާ މީހުންގެ މަގެއްވެސް ނުމެ ނޫން މެއެވެ." (ފާތިޙާ 1: 6-7)

ޤުރުއާން ސާފުކޮށް ބަޔާން ކޮށް ދެއެވެ:

وَهَذَا صِرَاطُ رَبِّكَ مُسْتَقِيمًا قَدْ فَصَّلْنَا الْآيَاتِ لِقَوْمٍ يَذَّكَّرُونَ
"މިއީ ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ތެދު މަގެވެ. ތިމަންސުވާމީންގެ، ނަޞޭޙަތް ލިބިގަންނަ މީހުންނަށް، ހެކިތައް ބަޔާން ކޮށް ދެއްވީމެވެ." (އަންޢާމް 126:6)

'ހެކި'، 'އާޔަތް' ނުވަތަ 'ނިޝާން' އަކީ އެތެރޭގެ ނުވަތަ ރޫޙާނީ ޙަޤީޤަތެއް ބޭރުފުށުން ތަމްސީލުކޮށްދޭ އެއްޗެކެވެ. ޙައްޤު ތެދުގެ އެންމެ މުހިންމު ބައި އޮންނަނީ، އެ ރިސާލަތެއް ފާޅުކޮށްދޭ ބަސްތައް ފަހަނަޅައި، މާ ދުރުގައެވެ. ﷲ ގެ ހެކިތައް ބަލައި ނުގަންނަ މީހާ ކޮންމެހެން އެ ހެކިތަކުގެ އަޞްލާއިމެދު އިންކާރު ކުރަނީ ކަމަށްވުން ލާޒިމެއް ނޫނެވެ. އަދި އެ ހެކީގެ ފުރަގަހުގައިވާ އެކަލާނގެ ބާރުފުޅާއި މެދު އެއްބަސްވާން ދެކޮޅު ހަދަނީކީވެސް ނުމެ ނޫންމެއެވެ. އެއާއި ޚިލާފަށް އެ ހެކީގެ ތެރޭގައިވާ ރޫޙާނީ ޙަޤީޤަތް އޭނާގެ އަމިއްލަ ދިރިއުޅުމުގައި އަށަގަންނަވައި ބަލައިގަނެ، ޤަބޫލު ކުރުމަށް އޭނާއަށް ނުރުހެ ވެވެނީއެވެ.

وَالَّذِينَ كَذَّبُوا بِءايَتِنَا وَاسْتَكْبَرُوا عَنْهَا اوْلَئِكَ اصْحَبُ النَّارِ هُمْ فِيهَا خَلِدُونَ
"އަދި ތިމަންސުވާމީންގެ އާޔަތްތައް ދޮގުކޮށް އިންކާރުކޮށް ކިބުރުވެގަތް މީހުންނީ ނަރަކައިގެ އަހުލު ވެރިންނެވެ. އެމީހުން އެތާނގައި ޚުލޫދުވެ ދެމިތިބޭނެއެވެ." (އަޢުރާފް 36:7 އަދި ހަމަ އެސޫރަތުގެ 40 އާއި 9 ވެސް ބައްލަވާށެވެ.)

ﷲ ތަޢާލާ ރަސޫލުން މެދުވެރިކުރައްވައި ވަރަށް ގިނަ ހެކިތައް ވަނީ ދެއްވާފައެވެ. ނުވަތަ ރަސޫލުން ހެކިތަކެއް ކަމުގައި ވަނީ ފޮނުއްވާފައެވެ. އެ ހެކިތަކުން އެންގެވި ރިސާލަތު ދެނެގަތުމަށްޓަކައި ބައެއް މުހިއްމު ރަސޫލުންނާއި މެދު ދިރާސާއެއް ހަދައިލުން ބޭނުންތެރިއެވެ.




ނޫޙު ޢަލައިހިއްސަލާމް

ﷲ ސުންނާފަތި ކުރެއްވުމަށް އިރާދަ ކުރައްވާފައި ވާ، ވަރަށް ފާފަވެރި ޖީލެއްގެ ތެރޭގައި، އީމާންތރެރިކަމާއި ތަޤުވާވެރިކަން މަތީ ހުންނަވައިގެން، ނޫޙުގެފާނު ﷲ ގެ މަގުގައި ހިންގެވިއެވެ.
އެނާކޮޅާއިއެކު ނޫޙުގެފާނު އުފުއްލަވަމުން ގެންދެވީ ހަމަ ސީދާ މާތް ﷲ އަމިއްލަފުޅަށެވެ. އެކަލާނގެ ރަޙްމަތްފުޅު އެކަލޭގެފާނަށް ދެއްވައި އެކަލާނގެ ކޯފާއިން އެކަލޭގެފާނު ސަލާމަތް ކޮށްދެއްވައި ދިފާޢު ކުރެއްވިއެވެ.

وَحَمَلْنَهُ عَلَى ذَاتِ أَلْوَاحٍ وَدُسُرٍ
"އަދި ފިލާތަކަކާއި މޮހޮރުތަކަކުން ހެދިފައިވާ އެއްޗެއްގައި ތިމަން ސުވާމީންގެ އެކަލޭގެފާނު އުފުއްލެވީމެވެ." (އަލް ޤަމަރު 13:54)

فَأَنجَيْنَهُ وَمَنْ مَعَهُ فِي الْفُلْكِ الْمَشْحُونِ ثُمَّ أَغْرَقْنَا بَعْدُ الْبَاقِينَ
"ދެން ބަރާވެފައިވާ ނައު ކޮޅުގައި ތިމަން ސުވާމީންގެ އެކަލޭގެފާނާއި އެކަލޭގެފާނުގެ އަރިހުގައި ވާ މީހުން ސަލާމަތް ކުރެއްވީމެވެ. ދެން އެއަށްފަހުގައި ތިބި އެންމެން ތިމަންސުވާމީންގެ ޢަރަޤު ކުރެއްވީމެވެ." (ޝުޢަރާ 26: 119-129 އަދި ހޫދު ސޫރަތުގެ 28 ވެސް ބައްލަވާށެވެ)

ނޫޙުގެފާނުގެ ދަރިކަލުން އިޚްތިޔާރު ކުރެއްވީ އޭނާގެ އަމިއްލަފުޅު ގޮތެވެ.

وَهِيَ تَجْري بِهِمْ فِي مَوْجٍ كَالجِبَال وَنَادَى نُوحٌ ابْنَهُ وَكَانَ فِي مَعْزِل يَبُنَيَّ اركَبْ مَعَنَا وَلا تَكُنْ مَعَ الكَفِرينَ قَال سَءاوِي الى جَبَل يَعْصِمُنِي مِنْ المَاء قَال لا عَاصِمَ اليَوْمَ مِنْ امْر اللهِ الا مَنْ رحِمَ وَحَال بَيْنَهُمَا المَوْجُ فَكَانَ مِنْ المُغْرقِينَ وَقِيل يَارضُ ابْلعِي مَاءكِ وَيَسَمَاء اقْلعِي وَغِيضَ المَاء وَقُضِيَ الامْر وَاسْتَوَتْ عَلى الجُودِيِّ وَقِيل بُعْدًا للقَوْمِ الظلمين وَنَادَى نُوحٌ ربَّهُ فَقَال ربِّ انَّ ابْنِي مِنْ اهْلي وَانَّ وَعْدَكَ الحَقُّ وَانْتَ احْكَمُ الحَكِمِينَ قَال يَنُوحُ انَّهُ ليْسَ مِنْ اهْلكَ انَّهُ عَمَل غَيْر صَلحٍ فَلا تَسْءلنِ مَا ليْسَ لكَ بِهِ عِلمٌ انِّي اعِظُكَ انْ تَكُونَ مِنْ الجَهِلينَ
"ފަރުބަދަފަދަ ރާޅުތަކެއްގެ ތެރޭގައި، އެބައިމީހުންނާއިގެން އެ ނައުކޮޅު ދުވަމުން ދިޔައެވެ. އަދި ނޫޙުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ގޮވައިލައްވައި ވިދާޅުވިއެވެ. 'އޭ ދަރިފުޅާއެވެ. އަހަންނާއިއެކު ނައުކޮޅަށް އަރާށެވެ. ކާފިރުންނާއި އެކުގައި ނުވާށެވެ.'
އެ ދަރިކަލުން ވިދާޅުވިއެވެ. 'ފެނުން އަހުރެން ރައްކައުތެރި ކޮށްދޭނެ ފަރުބަދައަކަށް އަހުރެން އަރައިފާހުށީމެވެ.' ނޫޙުގެފާނު ވިދާޅުވިއެވެ. 'ﷲ ގެ ޢަޒާބުން ރައްކައުތެރި ކަން ދޭނޭ ފަރާތެއް އެކަލާނގެ ރަޙްމަތް ލެއްވި މީހަކަށް ނޫނީ މިއަދަކު ނެތެވެ.' ދެން އެ ދެމެދަށް ރާޅެއް ހުރަސް އެޅިއެވެ. އެހެންވެ ޣަރަޤު ވެވުނު މީހުންގެ ތެރެއިން އެ ދަރިކަލުން ވިއެވެ.
އަދި އެންގެވުނެވެ. 'އޭ ބިމާއެވެ. ކަލޭގެ ފެންގަނޑު ދިރުވައިލާށެވެ. އަދި އޭ އުޑާއެވެ. ވެހުން ހުއްޓައިލާށެވެ.' ދެން ފެންގަނޑު ހިނދެމުން ގޮސް ހިނދިއްޖެއެވެ. އަދި ﷲ ގެ އަމުރުފުޅު ނިޔާވެވި ނިމިއްޖެއެވެ. އަދި ޖޫދީ ފަރުބަދައިގެ މައްޗަށް އެ (ނައުކޮޅު) ބީހި ހަމަޖެހިއްޖެއެވެ. އަދި އެންގެވުނެވެ. 'އަނިޔާވެރިންނަށް ހަލާކާއި ނެތި ދިޔުން ހުއްޓެވެ.'
ނޫހުގެފާނު އެކަލޭގެފާނުގެ ވެރި ރަސްކަލާނގެ ކިބަފުޅަށް (މުނާޖާ) ދެންނެވިއެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. 'އަޅުގެ ސާހިބުވަންތަ ރަސްކަލާކޯއޭ! ހަމަ ކަށަވަރުން މިއަޅާގެ ދަރިޔާއީ އަޅުގެ އަހުލުވެރިންގެ ތެރެއިންވާ މީހެކެވެ. އިބަސުވާމީންގެ ވަޢުދު ބަސްފުޅަކީ ޙައްޤު ތެދު ބަސްފުޅެވެ. އިބަ ސުވާމީންގެ އަކީ ނިޔާ ކުރެއްވުމުގައި އެންމެ ޢަދުލު ވެރި ރަސްކަލާނގެއެވެ.'
ﷲ ވަޙީކުރައްވައި އެންގެވިއެވެ. 'އޭ ނޫޙުގެފާނެވެ. ހަމަ ކަށަވަރުން އެ ދަރިކަލުން ކަލޭގެފާނުގެ އަހުލުވެރިންގެ ތެރެއަކު ނުވެއެވެ. ހަމަ ކަށަވަރުން އެއީ ހެޔޮ ނޫން ޢަމަލެކެވެ. ފަހެ ކަލޭގެފާނަށް އެކަމާއި މެދު އެނގުމެއް ނުވާ ކަންތައް ތިމަންސުވާމީންގެ ޙަޟުރަތުން އެދި ނުދަންނަވާށެވެ. އެފަދަ ކަންތައް ނުދަންނަ މީހުންގެ ތެރެއިން ވުމަށް ތިމަންސުވާމީންގެ ކަލޭގެފާނަށް ވަޢުޡު ދެއްވައި ނަސޭހަތްތެރިވެ ވޮޑިގެންވަމެވެ.'" (ހޫދު 11: 42-46)

ނޫޙުގެފާނުވެސް ހުންނެވީ އެކަލޭގެފާނުގެ ކުށްތަކާއި ފާފަ އާއި މެދު ހޭފުޅުލައްވައެވެ. (އެކަން އެގެނީ އެކަލޭގެފާނު އެކަމަށް ދުޢާ ކުރެއްވީތީއެވެ.)

قَال ربِّ انِّي اعُوذُ بِكَ انْ اسْءَلكَ مَا ليْسَ لي بِهِ عِلمٌ وَالا تَغْفِر لي وَتَرحَمْنِي اكُنْ مِنْ الخَسِرينَ
"އަދި އިބަސުވާމީންގެ މިއަޅާގެ ފާފަ ފުއްސަވައި އަޅުގެ މައްޗަށް ރަޙްމަތް ނުލައްވައިފިނަމަ ހަމަ ކަށަވަރުން މިއަޅާ ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ވެދާނެއެވެ." (ހޫދު 47:11)

رَبِّ اغْفِرْ لِي وَلِوَلِدَيَّ وَلِمَنْ دَخَلَ بَيْتِي مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَتِ وَلَا تَزِدْ الظَّلِمِينَ إِلَّا تَبَارًا
"ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ. އަޅާއަށާއި އަޅާގެ ބައްޕައާއި މައްމައާއި އީމާން ކަމުގައި އަޅުގެ ގެއަށް ވަދެއްޖެ ކޮންމެ މީހަކަށާއި އެންމެހާ މުއުމިނުންނަށް ފާފަ ފުއްސަވާދޭވެ." (ނޫޙް 28:71)

އެކަމަކު އެކަލޭގެފާނުގެ ހުރިހާ ކަމެއް ވަކީލު ކުރައްވާފައިވަނީ ﷲ ގެ ރަޙްމަތްފުޅުގެ މައްޗަށް ކަމަށް ވާތީ ﷲ ގެ ސަލާމާއި ރަޙްމަތް އެކަލޭގެފާނަށް ލިބިވަޑައިގަތެވެ.

قِيلَ يَٰنُوحُ ٱهْبِطْ بِسَلَٰمٍۢ مِّنَّا وَبَرَكَٰتٍ عَلَيْكَ وَعَلَىٰٓ أُمَمٍۢ مِّمَّن مَّعَكَ ۚ وَأُمَمٌۭ سَنُمَتِّعُهُمْ ثُمَّ يَمَسُّهُم مِّنَّا عَذَابٌ أَلِيمٌۭ
"އެންގެވުނެވެ. އޭ ނޫޙުގެފާނެވެ. ތިމަން ސުވާމީންގެ ޙަޟުރަތުން (ދެއްވާ) އަމާންކަމާއި އެކު (ސަލާމާއިއެކު)، އަދި ކަލޭގެފާނަށާއި ކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ ތެރެއިން އުފެދޭ އުއްމަތް ތަކަށް ތިމަންސުވާމީންގެ ޙަޟުރަތުން ދެއްވާ ބަރަކާތާއިއެކު (ފަރުބަދަ މަތިން) ފައިބާ ވަޑައިގަންނަވާށެވެ. އަދި ތިމަންސުވާމީންގެ އެ އުއްމަތްތަކަކަށް (ދުނިޔޭގެ) އުފާ ދެއްވާނޭ އުއްމަތްތަކެއް ވެއެވެ. އެއަށްފަހު ތިމަންސުވާމީންގެ ޙަޟުރަތުން ވޭންދެނިވި ޢަޒާބު އެމީހުންނަށް ކުރިމަތިވެގެން އަންނާނެއެވެ." (ހޫދު 48:11)

ނޫޙުގެ ފާނުގެ ފަރާތުން ލިބުނު ފިލާވަޅުތައް:
  • ﷲ ގެ ޢަޒާބު އިންސާނިއްޔަތަށް އޮވެއެވެ.
  • އެކަލާނގެ ކޯފާއިން ސަލާމަތްވާނޭ ގޮތް އެކަލާނގެ އަމިއްލަފުޅަށް ދައްކަވައެވެ.
  • ސަލާމަތްވާނެ މަގު އަހަރެމެން އިންސާނުންނަށް އަމިއްލައަކަށް އިޚްތިޔާރެއް ނުކުރެވޭނެއެވެ.
  • އަހަރެމެންގެ ހުރިހާ ކަމެއްވެސް ބިނާވެގެންވަނީ އަހަރެމެންގެ ފާފަތަކާއިމެދު ﷲ ރަޙުމު ވެރިވެ ވޮޑިގެންދެއްވުމުގެ މައްޗަށެވެ.

އިބްރާހީމް ޢަލައިހިއްސަލާމް

އެންމެހާ ތެދުވެރި މުސްލިމުންގެ ދީނެއް ކަމުގައި މާނަކުރެވޭ "ތެދުމަގު" އާއި މެދު ޙަވާލާ ދެވެނީ "މިއްލަތަ އިބްރާހީމް" (އިބްރާހީމްގެފާނުގެ އީމާންތެރިކަން ނުވަތަ ދީން) ކަމުގައެވެ.

قُلْ إِنَّنِى هَدَىٰنِى رَبِّىٓ إِلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ دِينًۭا قِيَمًۭا مِّلَّةَ إِبْرَٰهِيمَ حَنِيفًۭا ۚ وَمَا كَانَ مِنَ ٱلْمُشْرِكِينَ
"ބުނާށެވެ. ހަމަ ކަށަވަރުން އަހުރެންގެ ވެރި ރަސްކަލާނގެ އަހަންނަށް މަގުދައްކަވާފައި ވަނީ ސީދާވެގެންވާ ތެދުމަގަކަށެވެ. ހަރުދަނާ ދީނެކެވެ. އެއީ ބުދަށް އަޅުކަން ކުރާ ބޭކަލަކު ކަމުގައި ނުވާ، ޞާލިޙު އިބްރާހީމްގެފާނުގެ ދީނެވެ." (އަންޢާމް 6: 161)

އިބްރާހީމްގެފާނަކީ ހަރުދަނާ ޞާލިޙު ބޭފުޅެކެވެ. (ބަޤަރާ 135:2) އަދި ޢާލަމްތައް ހައްދަވައި ބޮޑުކުރެއްވި މާތް ރަސްކަލާނގެއަށް އިސްލާމް ވެ ވަޑައިގަތެވެ. (ބަޤަރާ 131:2)
އަޅުގަނޑުމެންނަށް މާތް ﷲ ގެ މަޣުފިރަތު ދެއްވުން އެދި އެކަލޭގެފާނު ކެނޑިނޭޅި ދުޢާކުރައްވައެވެ. (ނަމާދު ޤާއިމު ކުރައްވައެވެ.) ﷲ އިބްރާހީމްގެފާނާއިމެދު ބައްލަވަނީ އެކަލާނގެ 'މިތުރު' ނުވަތަ 'ރަޙްމަތްތެރިޔާ' ގެ ގޮތުގައެވެ. (ނިސާ 125:4)
ﷲ އަކީ ދުޢާތައް އައްސަވާ ރަސްކަލާނގެ ކަން އެކަލޭގެފާނު ދެނެވަޑައިގަންނަވައެވެ. (އިބްރާހީމް 14: 39-41)

އިބްރާހީމްގެފާނުވެސް މުޅިން ފުރިހަމައެއް ނޫނެވެ. އަދި އެހެންވެ ﷲ ގެ ޢަފޫކުރެއްވުމަށް އެދި ދުޢާކުރައްވަތެވެ.

إِذْ جَاءَتْهُمْ الرُّسُلُ مِنْ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ أَلَّا تَعْبُدُوا إِلَّا اللَّهَ قَالُوا لَوْ شَاءَ رَبُّنَا لَأَنزَلَ مَلَئِكَةً فَإِنَّا بِمَا أُرْسِلْتُمْ بِهِ كَفِرُونَ
"ހައްދަވައި ބޮޑުކުރެއްވި މާތްރަސްކަލާކޮ. ހިސާބު ބައްލަވާ ދުވަހު އަޅާއަށާއި އަޅާގެ މައިން ބަފައިންނަށާއި އަދި އެންމެހާ މުއުމިންތަކުންނަށް ފާފަ ފުއްސަވައިފާދޭވެ." (41:14)

އިބްރާހީމްގެފާނު ހުންނެވީ ﷲ ގެ އަމުރުފުޅަށް އެކަލޭގެފާނުގެ ދަރިކަލުންވެސް ޤުރުބާން ކުރައްވަން އެދިއެދިއެވެ. އެކަމަކު ﷲ އެކަލޭގެފާނަށް އެހެންގޮތެއް ދެއްކެވީއެވެ.

وَفَدَيْنَهُ بِذِبْحٍ عَظِيمٍ
"މަތިވެރިވެގެންވާ ޤުރުބާނީއަކުން ތިމަންސުވާމީންގެ އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ." (ޞާއްފާތު 107:37) 

ފާފަތަކަށް ޓަކައި ބޭނުންވާ ޤުރުބާނީ ދެއްވީ އެކަލާނގެ އަމިއްލަފުޅަށެވެ.

އިބްރާހީމްގެފާނުގެ ފަރާތްޕުޅުން ލިބުނު ފިލާވަޅުތައް:
  • ތެދުމަގުން (އިންސާނާ) ގެންގޮސް ދެނީ، ﷲ އާއިއެކު ފުން ރަޙްމަތްތެރި ކަމެއްގެ ތެރެއަށެވެ.
  • މިގުޅުން ލިބޭނީ ހަމައެކަނި ޞާލިޙު މީހުންނަށެވެ.
  • ނަމާދު ކުރުމުގައި ނުވަތަ ދުޢާކުރުމުގައި އެންމެ އިސް ކަމަކަށް ވާންޖެހޭނީ އަޅުގަނޑުމެންގެ ފާފަ ފުއްސެވުމަށް އެދުމެވެ.
  • އަޅުގަނޑުމެންގެ ފާފައިގެ ބޮޑުވެގެންވާ ޤުރުބާނީ މާތް ﷲ އަމިއްލަފުޅަށް ދެއްވައެވެ.

މޫސާ ޢަލއިހިއްސަލާމް

މާތް ﷲ މޫސާގެފާނަށް ފޮތް (ތައުރާތު) ބާވައިލެއްވިއެވެ. (ޤަޞަޞް 28: 43-44)

އަންނަނިވި ސިފަތައް އެކުލެވިގެންވާ ޅަ ގެރިއެއް ޤުރުބާން ކުރެއްވުމަށް މާތް ﷲ މޫސާގެފާނަށް އަމުރުކުރެއްވިއެވެ. (ބަޤަރާ 2: 67-71)
  • އެއީ ދަނޑުބިން ފުރޮޅާ ނިކަމެތި ގެރިއެއް ނޫނެވެ. އަދި ދަނޑަށް ފެންދޭ ގެރިއެއްވެސް ނޫނެވެ.
  • އައިބުތަކުން ސަލާމަތްވެގެންވާ ގެރިއެކެވެ.
  • އެއްވެސް ލަފެއް ނެތް  ސާފު ޠާހިރު ގެރިއެކެވެ. (އެއްވެސް މީހަކަށް އަނެކާގެ ފާފަތަކެއް ނުއުފުއްލޭނެއެވެ. ނަޖުމް 38:53).
މޫސާގެފާނަށް، އެކަލޭގެފާނުގެ ޤައުމުގެ މީހުންނާއި، މިޞްރުގެ ވެރި ފިރުޢައުނާއި އަދި މިޞްރުގެ ސިޙުރުވެރިންނާއި ކުރިމަތި ލުމަށްޓަކައި، ނިޝާންތަކެއް ދެއްވުނެވެ. (އަޢުރާފު 53: 103-160)
  • އެ ސިހުރުވެރިން އެއީ ސިހުރު ކަމުގައި އިންކާރު ކުރިއެވެ. އަދި ކާފިރުވިއެވެ. (7: 103، 109، 116)
  • ބަޔާންވެގެން ހުރި ހެކިތަކެއްކަމުގައި މާތް ﷲ އެމީހުންގެ މައްޗަށް އުކުނާއި ބޮކާއި ލޭގެ ކޯފާތައް ފޮނުއްވިއެވެ. އެބައިމީހުންގެ ގޭތަކުގެ ދޮރު ކަނިތަކުގައި ޤުރުބާނީތަކުގެ ލޭ ހާކައިގެން، އެކަލޭގެފާނުގެ ޤައުމުގެ މީހުން މި ކޯފާތަކުން ސަލާމަތް ކުރެއްވިއެވެ.
  • فَارْسَلْنَا عَلَيْهِمْ الطُّوفَانَ وَالْجَرَادَ وَالْقُمَّلَ وَالضَّفَدِعَ وَالدَّمَ ءايَتٍ مُفَصَّلَتٍ فَاسْتَكْبَرُوا وَكَانُوا قَوْمًا مُجْرِمِينَ
    "ނަތީޖާއެއްގެ ގޮތުން (ނީލަ ކޯރުގެ) ފެންބޮޑުވުމުގެ ޠޫފާނާއި އުކުނާއި ބޮކާއި ލެއާއި ތިމަންސުވާމީންގެ އެމީހުންގެ މައްޗަށް ފޮނުއްވީމެވެ. ކަނޑައެޅި ބަޔާން ވެގެން ހުރި ހެކިތަކެކެވެ. އެކަމަކު އެމީހުން ދެންވެސް ކިބުރުވެރިވެ ބޮޑާވެގަތީއެވެ. އެއީ ކުށްވެރި ބަޔެކެވެ." (133:7)
  • އެ ހެކިތަކަށް އިންކާރު ކުރާ މީހުންނަކީ ކާފިރުންނެވެ. (7: 132، 134،135)
  • މޫސާގެފާނަށް ﷲ ގެ ޢަޡުމަތްތެރިކަން ދެއްކެވުމަށްފަހު އެކަލޭގެފާނު މާތް ﷲ ގެ ކިބަފުޅަށް ތައުބާ ވިއެވެ. (7: 143)
  • ބުދަށް އަޅުކަން ކުރެވުމުގެ ފާފައަށް ތައުބާ ވުމަށްފަހު، އެމީހުން އެދި ވަކީލު ކޮށްގެން ތިބީ ﷲ ގެ ރަޙުމަތަށާއި މަޣުފިރަތަށެވެ. އެމީހުންގެ އަމިއްލަ ހެޔޮ ޢަމަލުތަކުގެ މައްޗަކަށް ނޫނެވެ. (7: 149)
  • މޫސާގެފާނުވެސް ވަކީލުކޮށްގެން ހުންނެވީ އެކަލޭގެފާނަށާއި އެކަލޭގެފާނުގެ އަޚު ހާރޫނުގެފާނުގެފާނަށް ﷲ ގެ ރަޙުމަތާއި މަޣުފިރަތު ދެއްވުމަށެވެ. (153:7)
މޫސާގެފާނުގެ ޙަޔާތްޕުޅުން ލިބުނު ފިލާވަޅުތައް:
  • ފާފަތަކަށްޓަކައި އެކަށޭނަ ޤުރުބާނީއެއް ﷲ ބޭނުންފުޅުވެ ވޮޑިގެންވެއެވެ.
  • ސިޙުރަށް އީމާން ވުމީ ކާފަރުކަމުގެ ތެރެއަށް ގެންދާ ކަމެކެވެ.
  • ﷲ ގެ ހެކިތަކަށް ޣާފިލުވުމަކީ ކާފިރަކު ކަމުގައި ވުމެވެ.
  • އެ ނިޝާންތަކުގެ އެންމެ މަތީ ފަންތިއަކީ ލެއެވެ. ޢަޒާބަށްޓަކައި ނުވަތަ ސަލާމަތަށްޓަކައިވިޔަސް ވެހެވެ.
  • ﷲ ގެ ޢަޡުމަތް ތެރިކަން ދުށުމަކީ، މާ ފުން ފެންވަރެއްގައި ތައުބާވެ، ﷲ ގެ މަގަށް ރުޖޫކުރުވަނިވި ކަމެކެވެ.
  • އަހަރެމެންގެ ފާފަތަކަށްޓަކައި އަހަރެމެން ބުރަވެ ތިބެންވާނީ ﷲ ގެ ރަޙުމަތާއި މަޣުފިރަތަށެވެ.

ދާއޫދު ޢަލައިހިއްސަލާމް

(އާދަމުގެފާނެކޭ އެއްފަދައިން) ދާއޫދުގެފާނަށްވެސް ޚަލީފާއެއްގެ ލަޤަބު ދެވުނެވެ.

يَدَاودُ إِنَّا جَعَلْنَكَ خَلِيفَةً فِي الْأَرْضِ فَاحْكُمْ بَيْنَ النَّاسِ بِالْحَقِّ وَلَا تَتَّبِعْ الْهَوَى فَيُضِلَّكَ عَنْ سَبِيلِ اللَّهِ إِنَّ الَّذِينَ يَضِلُّونَ عَنْ سَبِيلِ اللَّهِ لَهُمْ عَذَابٌ شَدِيدٌ بِمَا نَسُوا يَوْمَ الْحِسَابِ
"އޭ ދާއޫދުގެފާނެވެ. ތިމަން ސުވާމީންގެ ކަލޭގެފާނު ބިމުގައި ޚަލީފާއަކު ކަމުގައި ލެއްވީމެވެ. މީސްތަކުންގެ މެދުގައި ކަލޭގެފާނު ޙައްޤަށް ޙުކުމް ކުރައްވާށެވެ." (ޞާދު 26:38)

އެކަލޭގެފާނު އެހެން ބޭފުޅުންނާއި ދެގޮތަކުން ތަފާތުވެގެން ވާކަން ޤުރުއާނުން ދައްކައި ދެއެވެ:
  • إِنَّا أَوْحَيْنَا إِلَيْكَ كَمَا أَوْحَيْنَا إِلَى نُوحٍ وَالنَّبِيِّينَ مِنْ بَعْدِهِ وَأَوْحَيْنَا إِلَى إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَعِيسَى وَأَيُّوبَ وَيُونُسَ وَهَارُونَ وَسُلَيْمَانَ وَآتَيْنَا دَاوُودَ زَبُورًا
    ﷲ އެކަލޭގެފާނަށް ޒަބޫރުއޭ ކިޔުނު ފޮތްބާވައިލެއްވިއެވެ. "އަދި ދާއޫދުގެފާނަށް ތިމަންސުވާމީންގެ ޒަބޫރު ބާވައިލެއްވީމެވެ." (ނިސާ 163:4)
  • ﷲ އެކަލޭގެފާނަށް ޚާއްޞަ ފަޟުލުވަންތަކަން ދެއްވިއެވެ. "ހަމަ ކަށަވަރުން ތިމަންސުވާމީންގެ، ދާއޫދުގެފާނަށް ދަރުމަވަންތަކަން ދެއްވީމެވެ:
    وَلَقَدْ ءاتَيْنَا دَاوُدَ مِنَّا فَضْلًا يَجِبَالُ أَوِّبِي مَعَهُ وَالطَّيْرَ وَأَلَنَّا لَهُ الْحَدِيدَ
    "އޭ ފަރުބަދަތަކާއެވެ. އެކަލޭގެފާނާއިއެކު ތިޔަ ފަރުބަދަތައް ތަސްބީޙަ ކިޔައި އުޅޭށެވެ. އަދި ކަލޭމެން ދޫނިތައް ވެސް މެއެވެ. އަދި އެކަލޭގެފާނަށްޓަކައި ދަގަނޑު ތިމަން ސުވާމީންގެ މަޑު ކުރެއްވީމެވެ." (ސަބާ 10:34)
އިންޖީލުގައި ދާއޫދުފާނު ބަޔާން ކުރެވިގެންވަނީ ﷲ ހިތްޕުޅާވާ ބޭފުޅެއްގެ ގޮތުގައެވެ. ދުޢާތަކާއި މަދަޙަ ތަކުން އެކަލޭގެފާނު ކެނޑިނޭޅި ﷲ އަށް ސަނާ ދެންނެވިއެވެ. އެންމެ ދަތި އުނދަގޫ ޙާލަތްތަކުގައިވެސް އެކަލޭގެފާނު ހުރިހާ އިތުބާރެއް ކުރައްވަނީ ﷲ އަށެވެ. އަދި ހަމަ އެހެންމެ ﷲ ގެ މަދަދުފުޅު ތަޖުރިބާ ކުރެއްވިއެވެ.

ދާއޫދުގެފާނުވެސް ފެއިލިވެ ވަޑައިގަތެވެ. އެކަލޭގެފާނު ޒިނޭ ކުރައްވައި، މީހަކު މެރުއްވިއެވެ. އެކަމަކު އެކަލޭގެފާނުގެ ފާފައަށް ޢާއްމުންގެ މެދުގައި ފާޅުގައި ތައުބާވެ ވަޑައިގަތެވެ. އެކަލޭގެފާނުގެ ހުރިހާ ކަމެއް މިލްކުވެވޮޑިގެންވަނީ ﷲ އަށް ކަން އެކަލޭގެފާނު ދެނެވަޑައިގަތެވެ. އަދި އެކަލޭގެފާނު ދުޢާ ކުރެއްވިއެވެ:
"އިބަސުވާމީންގެ އެއްވެސް ޤުރުބާނީއަކަށް ރުހިވޮޑިނުގަންނަވާނެއެވެ. އެހެން ނޫންނަމަ އަޅާ އިބަސުވާމީންގެއަށް ޤުރުބާނީއެއް ހުށަހެޅީމުހެވެ. އަންދާލެވިފައިވާ (ޤުރުބާނީގެ) ހުށަހެޅުންދެކެ އިބަސުވާމީންގެ ލޯބިވެވޮޑިނުގަންނަވަތެވެ. އޭ މާތް ރަސްކަލާކޯއެވެ. ހިތާމަވެރި އަދި ހަލާކުވެފައިވާ ހިތެއް ދެކެ އިބަސުވާމީންގެ ނަފުރަތު ނުކުރައްވަމުއެވެ."

ދެން އެކަލޭގެފާނު ﷲ ގެ ޢަފޫކުރެއްވުމަށް އެދިވަޑައިގަތެވެ.
قَالَ لَقَدْ ظَلَمَكَ بِسُؤَالِ نَعْجَتِكَ إِلَىٰ نِعَاجِهِۦ ۖ وَإِنَّ كَثِيرًۭا مِّنَ ٱلْخُلَطَآءِ لَيَبْغِى بَعْضُهُمْ عَلَىٰ بَعْضٍ إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَقَلِيلٌۭ مَّا هُمْ ۗ وَظَنَّ دَاوُۥدُ أَنَّمَا فَتَنَّٰهُ فَٱسْتَغْفَرَ رَبَّهُۥ وَخَرَّ رَاكِعًۭا وَأَنَابَ
"އަދި އެކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ޙަޟުރަތުން ޢަފޫކުރެއްވުމަށް އެދިވަޑައިގެތެވެ." (ޞާދު 24:38)

ދެން ﷲ އެކަލޭގެފާނަށް ޢަފޫ ކުރައްވައި، އެކަލާނގެ ޚާއްޞަ ގޮތަކުން ޢައްޔަން ކުރައްވާފައިވާ ވެރިޔާ، 'އަލް މަސީޙު'، އެކަލޭގެފާނުގެ ޢާއިލާއިން ވަޑައިގަންނަވާނެ ކަމަށް ވަޢުދުވެ ވޮޑިގަތެވެ.

ދާއޫދުގެފާނުގެ ފަރާތްޕުޅުން ލިބުނު ފިލާވަޅުތައް:
  • ﷲ އެދިވޮޑިގަންނަވަނީ އަޅުގަނޑުމެންގެ ފަރާތުން ޙަޤީޤީ ސަނާއާއި އަޅުކަމެވެ.
  • ފާޅުގައި ނިކަމެތި ކަމާއިއެކު ކުށް ޤަބޫލުކޮށް ތިމާމެންގެ ފާފަތަކުގެ މައްޗަށް ތައުބާވާ މީހުންގެ ތައުބާ އެކަލާނގެ ޤަބޫލު ކުރައްވައެވެ.
  • ﷲ ރުހިވޮޑިގަންނަވާ ޤުރުބާނީއަކީ ހަލާކުވެފައިވާ ހިތަކާއި ރޫޙެކެވެ.

Oct 26, 2010

ލަދުވެތި ކަމުން ޤަދަރުވެރިކަމަށް 3

ކުރިން ނިޔާކުރައްވާފައިވާ ދެކަންތަކެއް

އާދަމުގެ ދަރިންނާއިމެދު މާތް ﷲ ކުރިން އިރާދަކުރައްވާ ނިޔާ ކުރައްވާފައިވާ ކަންތައް އެކަލާނގެ ކީރިތި ޤުރުއާނުގައި ސާފުކޮށް ބަޔާން ކޮށްދެއްވާފައި ވެއެވެ. މިލަފުޒު 'މަޤުޟިއްޔާ'  މުޅި ޤުރުއާނުގައިވެސް ވަނީ އެންމެ ދެ ތަނުގައެވެ. އެއީ މަރިޔަމް ސޫރަތުގެ 21 ވަނަ އާޔަތާއި 71 ވަނަ އާޔަތެވެ. އޭގެ މާނައަކީ '(ގަދަ) އަމުރުން އަމުރު ކުރެވި ނިމިގެންވާ' ނުވަތަ (އެކަލާނގެ) 'ޤަޟާ ޤަދަރުގައި ނިޔާކޮށް ނިންމަވާފައިވާ' ކަމެކޭއެވެ.

قَالَ كَذَلِكِ قَالَ رَبُّكِ هُوَ عَلَيَّ هَيِّنٌ وَلِنَجْعَلَهُ ءايَةً لِلنَّاسِ وَرَحْمَةً مِنَّا وَكَانَ أَمْرًا مَقْضِيًّا
"އެ މަލާއިކަތާ ދެންނެވިއެވެ. ކަމަނާގެ ވެރިރަސްކަލާނގެ ވަޙީ ކުރައްވަނީ މިހެންނެވެ: 'އެއީ އަހުރެންނަށް ދާދި ފަސޭހަކަމެކެވެ. އަދި (ދަންނައެ) އަހުރެމެން (ކަމަނާގެ) ދަރިފުޅަކީ، އަހުރެމެންގެ ޙަޟުރަތުން މީސްތަކުންގެ ގާތަށް ފޮނުއްވި ނިޝާނަކަށް އަދި ރަޙްމަތެއް ކަމުގައި ލައްވާހުށީމެވެ. އަދި (ދަނެއު!) މިއީ އަމުރުވެވިގެން ނިމިގެންވާ ކަމެކެވެ." (މަރިޔަމް 21:19)

وَإِنْ مِنْكُمْ إِلَّا وَارِدُهَا كَانَ عَلَى رَبِّكَ حَتْمًا مَقْضِيًّا
"އަދި ކަލޭމެން (ކާފިރުން)ކުރެ ކޮންމެ މީހަކުވެސް އެ (ނަރަކަ) އަށް ވަންނާނެއެވެ. މިއީ ގަދަ އަމުރުން އަމުރު ކުރެވި ނިމިގެންވާ ކަމެކެވެ." (މަރިޔަމް 71:19)

މުޅި ޤުރުއާނުގައިވެސް މި ލަފުޒު 'މަޤުޟިއްޔާ' އޮތް އެހެން އާޔަތެއް ނުވެއެވެ. މަތީގައި ވާ ފުރަތަމަ އާޔަތުން ދައްކަނީ ﷲ ގެ ޤަޟާޤަދަރުގައި ނިންމަވާފައިވާ ރަޙްމަތުގެ ވާހަކައެވެ. ދެވަނަ އާޔަތުން ދައްކަނީ ހަމަ އެފަދައިން ނިންމަވާފައިވާ ނަރަކައިގެ އަލިފާނުގެ ވާހަކައެވެ. މުޅިން އިދިކޮޅު ދެ ކަންތައް ﷲ ކުރިން ނިންމަވާފައިވާކަން އެއީ ޝައުޤުވެރި ކަމެކެވެ. ނަރަކައިގެ އަލިފާނާއި ރަޙުމަތާއި އިއްތިފާޤުވާނެހެއްޔެވެ؟ ހަމަ ހިލާ ނުވާނެއެވެ. އެއީ މުޅިން އިދިކޮޅު ދެ ކަންތަކެވެ. ރަޙްމަތަކީ ނަރަކައިގެ އަލިފާނުގެ އިދިކޮޅެވެ. އަދި ނަރަކައިގެ އަލިފާނަކީ ރަޙްމަތުގެ އިދިކޮޅެވެ. ސުވަރުގޭގައި ﷲ ގެ ރަޙްމަތްފުޅު ލިބޭ މީހާއަކީ ނަރަކައިގެ އަލިފާނުގައި ﷲ ގެ ކޯފާއާއި ޢަޒާބު ލިބޭ މީހާގެ އިދިކޮޅެވެ. އިންސާނަކަށް ﷲ ގެ ރަޙްމަތްފުޅު ލިބިއްޖެނަމަ އެ އިންސާނަކު ނަރަކައަށް ނުދާނެއެވެ. އަދި ކިއެއްތަ، އެމީހަކު ދާނީ އަބަދަށްޓަކައި ދެމިތިބޭނެ ބަގީޗާއަށެވެ. (ސުވަރުގެއަށެވެ.) އެމީހެއްގެ ނަޞީބަކީ ދެމިހުންނަނިވި ނަރަކަ ނަމަ އެމީހަކަށް ﷲ ގެ ރަޙްމަތްފުޅު އެއްގޮތަކަށް ވެސް ނުލިބޭނެއެވެ.

އެހެންވީމާ މީގެ މާނައަކީ ކޮބައިބާއެވެ؟ މީގެ މާނައަކަށް ވާނީ މި އިދިކޮޅު ދެކަންތަކުގެ ތެރެއިން އަޅުގަނޑުމެން ބޭނުންގޮތެއް އިޚްތިޔާރު ކުރެވޭނެގޮތް އެކަލާނގެ އަމުރުފުޅުން ނިންމަވާފައި ވާކަން އެކަންޏެވެ. އަޅުގަނޑުމެން ﷲ ގެ ރަޙްމަތްފުޅު ބަލައިގަތުމެވެ. ނޫނީ އެކަލާނގެ އަޅުގަނޑުމެން ނަރަކައިގެ އަލިފާނުގެ ތެރެއަށް ފުރުއްވުމެވެ. އަޅުގަނޑުމެން ތެދުމަގުގައި ހިނގަނީ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް އެ ރަޙްމަތްފުޅު ލިބޭނެއެވެ. އެމަގުގައި ނުހިނގައިފިއްޔާ އަޅުގަނޑުމެންގެ ނަޞީބަކަށް ވާނީ، އެތަނަކުން އަޅުގަނޑުމެންގެ ޢިއްޒަތް އަޅުގަނޑުމެންނަށް ދުވަހަކުވެސް ނުލިބޭނޭ، ނަރަކައިގެ ހުތުރުވެގެންވާ ގަދަ ޢަޒާބެވެ. އަޅުގަނޑުމެންގެ ކުރިމަތީގައި ވާ އިޚްތިޔާރަކީ މިއީއެވެ: އަޅުގަނޑުމެން އެކަލާނގެ ރަޙްމަތްފުޅު ނުވަތަ ނަރަކައިގެ ވޭންދެނިވި ހުތުރު އަޒާބު ހޯދުމެވެ. އެއްވެސް މީހަކު ނަރަކައިން މަންޒިލެއް ބޭނުންވާނެބާއެވެ؟ ހަމަ ޔަގީނުންވެސް ނުވާނެއެވެ. ވީއިރު އަޅުގަނޑުމެން ދެމިހުންނަނިވި ދާއިމީ ބަގީޗާތަކަށް ގެންގޮސް ދޭނޭ ރަޙްމަތްފުޅު ޙާޞިލު ކުރާނީ ކިހިނެތް ބާއެވެ؟ ތެދު މަގު އަޅުގަނޑުމެން ގެންގޮސް ދެނީ ރަޙުމަތަށެވެ. އެ މަގާއި މެދު ޣާފިލުވުން، ގެންގޮސް ދޭނީ ހުތުރު ޢަޒާބުގެ ތެރެއަށެވެ.

قَالَا رَبَّنَا ظَلَمْنَا انفُسَنَا وَانْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنْ الْخَسِرِينَ
"އެދެކަނބަލުން ދެންނެވިއެވެ. 'އަޅަމެން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ. އަޅަމެން އަމިއްލަ ނަފްސަށް އަނިޔާވެރި ވެއްޖައިމެވެ. އަދި އިބަސުވާމީންގެ އަޅަމެންނަށް ޢަފޫ ކުރައްވައި ރަޙްމުވެރިވެ ވޮޑިނުގަންފިނަމަ ހަމަ ކަށަވަރުން އަޅަމެން ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." (އަޢުރާފް 23:7)

އެއްގޮތަކީ (ތެދުމަގުގައި އުޅެގެން) ﷲ ގެ ރަޙްމަތާއި މަޣްފިރަތު ލިބުމެވެ. އަނެއްގޮތަކީ (ނަރަކައިގެ ގަދަ ޢަޒާބުގައި) ގެއްލެނިވެގެން ދިޔުމެވެ.
ތެދުމަގުން ބޭރުގައި ހިނގަނިކޮށް އަޅުގަނޑުމެން މަރުވެއްޖެނަމަ އަޅުގަނޑުމެންގެ މަންޒިލަކަށް ވާނީ ﷲ ގަދަ އަމުރުން އަމުރު ކުރައްވާ ނިންމަވާފައިވާ ދެމިހުންނަނިވި ނަރަކައިގެ އަލިފާނެވެ. އެކަމަކު އަޅުގަނޑުމެން މަރުވާ އިރު ހިނގަމުން ދިޔައީ ތެދުމަގުގައި ކަމުގައިވާނަމަ އެ މަގު، އަޅުގަނޑުމެން ގެންދާނީ، ﷲ ގެ ރަޙްމަތަށާއި ދެމިހުންނަނިވި ބަގީޗާތަކަށެވެ.




ﷲ ގެ ރަޙްމަތްފުޅު

ތެދުމަގާއި ބެހޭ ގޮތުން ކީރިތި ޤުރުއާން އަޅުގަނޑުމެންނަށް އަންގަވަނީ ކީކޭބާއެވެ؟  ޢަމަލީ ގޮތުން އަޅުގަނޑުމެންނަށް ތެދުމަގުގައި ހިނގޭނީ ކިހިނެތް ބާއެވެ؟

وَلَمَّا ضُرِبَ ابْنُ مَرْيَمَ مَثَلًا إِذَا قَوْمُكَ مِنْهُ يَصِدُّونَ وَقَالُوا ءألِهَتُنَا خَيْرٌ أَمْ هُوَ مَا ضَرَبُوهُ لَكَ إِلَّا جَدَلًا بَلْ هُمْ قَوْمٌ خَصِمُونَ إِنْ هُوَ إِلَّا عَبْدٌ أَنْعَمْنَا عَلَيْهِ وَجَعَلْنَهُ مَثَلًا لِبَنِي إِسْرَءيلَ وَلَوْ نَشَاءُ لَجَعَلْنَا مِنْكُمْ مَلَئِكَةً فِي الْأَرْضِ يَخْلُفُونَ وَإِنَّهُ لَعِلْمٌ لِلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَاتَّبِعُون هَذَا صِرَطٌ مُسْتَقِيمٌ وَلَا يَصُدَّنَّكُمْ الشَّيْطَنُ إِنَّهُ لَكُمْ عَدُوٌّ مُبِينٌ وَلَمَّا جَاءَ عِيسَى بِالْبَيِّنَتِ قَالَ قَدْ جِئْتُكُمْ بِالْحِكْمَةِ وَلِأُبَيِّنَ لَكُمْ بَعْضَ الَّذِي تَخْتَلِفُونَ فِيهِ فَاتَّقُوا اللَّهَ وَأَطِيعُون إِنَّ اللَّهَ هُوَ رَبِّي وَرَبُّكُمْ فَاعْبُدُوهُ هَذَا صِرَطٌ مُسْتَقِيمٌ
"އަދި މަރިޔަމުގެފާނުގެ ދަރިކަލުން މިސާލެއް ކަމުގައި ދެއްވުނު ހިނދު ކަލޭގެފާނުގެ ޤައުމުގެ މީހުން އެކަމާއި މެދު މަލާމާތް ކޮށްގަތެވެ.
އަދި އެމީހުން ބުންޏެވެ. 'ރަގަޅީ ތިމަންމެންގެ ކަލާނގެތައްހޭ ނުވަތަ އެކަލޭގެފާނުހޭ؟' މިގޮތަށް އެމީހުން މިސާލު ޖަހަނީ ކަލޭގެފާނާއި ޖަދަލު ކުރުމަށްޓަކައި ފިޔަވައި އެހެން ބޭނުމަކު ނޫނެވެ. އަދި ކިއެއްހެއްޔެވެ. އެ މީހުންނަކީ ދެކޮޅުވެރި ބަޔަކީއެވެ.
އެކަލޭގެފާނަކީ ތިމަންސުވާމީންގެ އެކަލޭގެފާނަށް ނިޢުމަތް ލެއްވި އަޅަކީއެވެ. އަދި، ބަނީ އިސްރާއީލު ވަންހައިގެ މީހުންނަށް ޢިބްރަތް ހުރި މިސާލެއް ކަމުގައި އެކަލޭގެފާނު ލެއްވީމެވެ. އަދި ތިމަންސުވާމީންގެ އިރާދަ ކުރައްވައިފިނަމަ ދުނިޔޭގައި ވެރިކަން ކުރާނޭ މަލާއިކަތުންތަކެއް ތިޔަބައިމީހުންގެ ތެރެއިން ހައްދަވައިފީމުހެވެ. ހަމަ ކަށަވަރުން އެކަލޭގެފާނަކީ އެ ސާޢަތުގެ (ނުވަތަ ގަޑީގެ، ނުވަތަ ޤިޔާމަތް ދުވަހުގެ) ޢިލްމެވެ. ވީމާ އެކަމާއިމެދު ޝައްކު ނުކުރާށެވެ. އަދި ތިމަން ސުވާމީންގެއަށް ތަބާވާށެވެ. މިއީ ޙައްޤު ތެދު މަގެވެ.
އަދި ތިޔަބައިމީހުން އީމާންވުމަށް ޝައިޠާނާ ލައްވާ ހުރަސް އެޅުނަ ނުދޭށެވެ. ފަހެ އޭނާއަކީ ތިޔަބައިމީހުންނަށް ހުރި ފާޅުވެގެންވާ ދުޝްމިނެކެވެ. ފާޅުވެގެންވާ ދަލީލުތަކާއިގެން ޢީސާގެފާނު ވަޑައިގެން ވިދާޅުވިއެވެ. 'ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މިވަޑައިގަތީ ޙިކްމަތާއިގެންނެވެ. އަދި ތިޔަބައިމީހުން އެކަންތައްތަކާއިމެދު ޚިލާފުވާ ބައެއް ކަންތައްތައް ހާމަކޮށް ދެއްވުމަށެވެ. ފަހެ ތިޔަބައިމީހުން މާތް ﷲ އަށް ތަޤުވާވެރިވެ ތިމަންކަލޭގެފާނަށް ކިޔަމަން ވާހުށިކަމެވެ. ހަމަ ކަށަވަރުން މާތް ﷲ އީ ތިމަންކަލޭގެފާނާއި ތިޔަބައި މީހުން ހައްދަވައި ބޮޑުކުރެއްވި ކަލާނގެއެވެ. ފަހެ ތިޔަބައިމީހުން އެކަލާނގެ ކިބަފުޅަށް އަޅުކަންކުރާހުށިކަމެވެ. މިއީ ޙައްޤު ތެދުމަގެވެ." (ޒުޚްރުފް 43: 57-64 އަދި އާލު ޢިމްރާން ސޫރަތުގެ 50 ވަނަ އާޔަތާއި 51 ވަނަ އާޔަތްވެސް ބައްލަވާށެވެ.)

މި އާޔަތްތަކުން ތެދުމަގުގައި ހިނގުމާއި ބެހޭގޮތުން އަޅުގަނޑުމެންނަށް އާދެވުނީ ކޮން ޙައްލަކަށް ބާއެވެ؟ ތެދުމަގު ގުޅިފައި މިވަނީ ﷲ އަށް ތަޤުވާވެރިވުމާއި އެކަލާނގެ ކިބައަށް އަޅުކަންކުރުމާއިއެވެ.
وَلَمَّا جَاءَ عِيسَى بِالْبَيِّنَتِ قَالَ قَدْ جِئْتُكُمْ بِالْحِكْمَةِ وَلِأُبَيِّنَ لَكُمْ بَعْضَ الَّذِي تَخْتَلِفُونَ فِيهِ فَاتَّقُوا اللَّهَ وَأَطِيعُون إِنَّ اللَّهَ هُوَ رَبِّي وَرَبُّكُمْ فَاعْبُدُوهُ هَذَا صِرَطٌ مُسْتَقِيمٌ
"އަދި ތިމަން ސުވާމީންގެއަށް ތަބަޢަވާށެވެ. ތެދުމަގަކީ މިއީއެވެ." "ﷲ އަށް ބިރުވެތިވެ (ތަޤުވާވެރިވެ)، ޢީސާގެފާނަށް ކިޔަމަންވެ، ﷲ އަށް އަޅުކަން ކުރުމެވެ."
"ފަހެ ތިޔަބައިމީހުން މާތް ﷲ އަށް ތަޤުވާވެރިވެ ތިމަންކަލޭގެފާނަށް ކިޔަމަން ވާހުށިކަމެވެ. ހަމަ ކަށަވަރުން މާތް ﷲ އީ ތިމަންކަލޭގެފާނާއި ތިޔަބައި މީހުން ހައްދަވައި ބޮޑުކުރެއްވި ކަލާނގެއެވެ. ފަހެ ތިޔަބައިމީހުން އެކަލާނގެ ކިބަފުޅަށް އަޅުކަންކުރާހުށިކަމެވެ. މިއީ ޙައްޤު ތެދުމަގެވެ."

އެހެންވީމާ އަޅުގަނޑުމެން ﷲ އަށް އަޅުކަންކޮށް އެކަލާނގެއަށް ތަޤުވާވެރިވެ އެކަލާނގެއަށް ތަބަޢަ ވާންޖެހޭނެއެވެ. އަދި އަޅުގަނޑުމެންގެ ސާހިބު ޢީސާގެފާނަށް ކިޔަމަން ވާން ޖެހޭނެއެވެ. ތެދުމަގުގައި ހިނގުމުގައި، އެހެންވީމާ، އެކުލެވިގެން ވާ ކަންތައްތަކަކީ:
  • ﷲ އަށް ތަބަޢަވުމެވެ. "އަދި ތިމަންސުވާމީންގެއަށް ތަބަޢަވާށެވެ."
  • ﷲ އަށް ބިރުވެތި ވުމެވެ. "ﷲ އަށް ތަޤުވާވެރި ވާށެވެ."
  • އަޅުގަނޑުމެންގެ ސާހިބާ ޢީސާ ގެފާނަށް ކިޔަމަންވުމެވެ. "ތިމަންކަލޭގެފާނަށް ކިޔަމަން ވާށެވެ."
  • ﷲ އަށް އަޅުކަން ކުރުމެވެ. "ވީމާ ﷲ އަށް އަޅުކަން ކުރާށެވެ."
މަރިޔަމް ސޫރަތުގައި ﷲ ގެ އަމުރުފުޅަށް، އަޅުގަނޑުމެންނަށް ދެއްވަން ނިންމަވާފައި ވާ ރަޙުމަތްފުޅުގެ ވާހަކައިންވެސް އިޝާރާތް ކުރައްވަނީ ހަމަ މި މިޞްރާބަށެވެ.

قَالَ كَذَلِكِ قَالَ رَبُّكِ هُوَ عَلَيَّ هَيِّنٌ وَلِنَجْعَلَهُ ءايَةً لِلنَّاسِ وَرَحْمَةً مِنَّا وَكَانَ أَمْرًا مَقْضِيًّا
"އެ މަލާއިކަތާ ދެންނެވިއެވެ. ކަމަނާއެ ވެރިރަސްކަލާނގެ ވަޙީ ކުރައްވަނީ މިހެންނެވެ: 'އެއީ އަހުރެންނަށް ދާދި ފަސޭހަކަމެކެވެ. އަދި (ދަންނައެ) އަހުރެމެން (ކަމަނާގެ) ދަރިފުޅަކީ، އަހުރެމެންގެ ޙަޟުރަތުން މީސްތަކުންގެ ގާތަށް ފޮނުވި ނިޝާނަކަށް އަދި ރަޙްމަތެއް ކަމުގައި ލާހުށީމެވެ. އަދި (ދަނެއު!) މިއީ އަމުރުވެވިގެން ނިމިގެންވާ ކަމެކެވެ." (މަރިޔަމް 21:19)

قَالَ إِنَّمَا أَنَا رَسُولُ رَبِّكِ لِأَهَبَ لَكِ غُلَمًا زَكِيًّا قَالَتْ أَنَّى يَكُونُ لِي غُلَمٌ وَلَمْ يَمْسَسْنِي بَشَرٌ وَلَمْ أَكُْ بَغِيًّا
"މީސްތަކުންގެގާތަށް މާތް ﷲ ފޮނުއްވި މުޢުޖިޒާތަކަށް (ނިޝާނަކަށް) އަދި ރަޙްމަތަކަށް މާތް ﷲ ލެއްވީ" ކޮން ބޭފުޅެއް ބާއެވެ؟ އޭގެ ކުރީ ދެ އާޔަތެކޭ އެއްފަދައިން މި އާޔަތުގައިވެސް ނަންގަނެވިގެންވާ ބޭފުޅަކީ އަޅުގަނޑުމެންގެ ސާހިބާ ޢީސާގެފާނުގެ ވާހަކައެވެ.
"އެ މަލާއިކަތާ ބުންޏެވެ. "އަހުރެންނަކީ ކަމަނާގެ ވެރި ރަސްކަލާނގެ ފޮނުއްވި ރަސޫލަކީމެވެ. (އެކަލާނގެ ވަޙީކުރައްވައެވެ.) 'އަހުރެން ކަމަނާއަށް އުޅުން މަތިވެރި (ނުހަނު) ޠާހިރު (ފާފަތަކުން ސާފުވެގެންވާ) (ޞާލިޙު) ފިރިހެން ދަރިފުޅަކު ދެއްވާ ވޮޑިގަންނަވާހުށީމެވެ.'
އެކަމަނާ ބުންޏެވެ.  'އަޅާއަށް ދަރިއަކު ލިބޭހުށީ ކޮން އިރަކުންތޯއެވެ؟ އަދި މިވީހާތަނަށް، ދުވަހަކުވެސް އަޅުގެ ގައިގައި އެއްވެސް ފިރިހެނަކު ޖެހިފައެއް ނުވެއެވެ! އަދި، އަޅު، އަބުރުނެތް ގޮތެއްގައި، ނުމެ އުޅެންމެއެވެ.'" (މަރިޔަމް 19:19-20)

އެހެންވީމާ ﷲ ކުރިން ނިޔާކުރައްވާފައިވާ ރަޙްމަތްފުޅަކީ އަޅުގަނޑުމެންގެ ސާހިބު ޢީސާގެފާނެވެ. އަދި ތެދުމަގުގައި ހިނގުން ގުޅިފައިވަނީ ޢީސާގެފާނަށް ކިޔަމަން ވުމާއިއެވެ.




ޝަރުޠުތަކެއް ފުރިހަމަވެފައި

އަޅުގަނޑުމެންގެ ގެއްލިފައިވާ ޢިއްޒަތް އަނބުރާ ހޯއްދަވައި ދެއްވުމަށް ޓަކައި ﷲ ފޮނުއްވި ޢިއްޒަތްތެރިޔާ އަކީ އަޅުގަނޑުމެންގެ ސާހިބު ޢީސާގެފާނު ބާއެވެ؟ އަޅުގަނޑުމެން މަތީގައި ނަންގަނެފައިވާ ހުރިހާ ސިފަފުޅުތަކެއް އެކަލޭގެފާނުގެ ކިބައިގައި ވޭ ބާއެވެ؟
އެއީ:
  • ހުރިހާ (ފާފަތަކުން) ޠާހިރު ވެގެންވާ މީހަކަށް ވާންޖެހޭނެއެވެ.
  • މަތިވެރި މަޤާމެއް ލިބިފައި ވާންޖެހޭނެއެވެ.
  • ޢިއްޒަތްތެރިއަކަށް ވާން ޖެހޭނެއެވެ.
  • ﷲ އާއި ކުއްތަން ވެގެންވާ ބޭފުޅަކަށް ވާންޖެހޭނެއެވެ.
އަޅުގަނޑުމެންގެ ސާހިބު ޢީސާގެފާނުގެ ސިފަފުޅުތަކާއި ބެހޭގޮތުން ކިޔާލަމާ ހިނގާށެވެ.

قَالَ إِنَّمَا أَنَا رَسُولُ رَبِّكِ لِأَهَبَ لَكِ غُلَمًا زَكِيًّا
"އެ މަލާއިކަތާ ބުންޏެވެ. "އަހުރެންނަކީ ކަމަނާގެ ވެރި ރަސްކަލާނގެ ފޮނުއްވި ރަސޫލަކީމެވެ. (އެކަލާނގެ ވަޙީކުރައްވައެވެ.) 'އަހުރެން ކަމަނާއަށް އުޅުން މަތިވެރި (ނުހަނު) ޠާހިރު (ފާފަތަކުން ސާފުވެގެންވާ) (ޞާލިޙު) ފިރިހެން ދަރިފުޅަކު ދެއްވާ ވޮޑިގަންނަވާހުށީމެވެ.' (މަރިޔަމް 19:19)

يَا أَهْلَ الْكِتَبِ لَا تَغْلُوا فِي دِينِكُمْ وَلَا تَقُولُوا عَلَى اللَّهِ إِلَّا الْحَقَّ إِنَّمَا الْمَسِيحُ عِيسَى ابْنُ مَرْيَمَ رَسُولُ اللَّهِ وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِنْهُ فَآمِنُوا بِاللَّهِ وَرُسُلِهِ وَلَا تَقُولُوا ثَلَاثَةٌ انتَهُوا خَيْرًا لَكُمْ إِنَّمَا اللَّهُ إِلَهٌ وَاحِدٌ سُبْحَانَهُ أَنْ يَكُونَ لَهُ وَلَدٌلَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَكَفَى بِاللَّهِ وَكِيلًا
"ހަމަ ކަށަވަރުން މަރިޔަމުގެފާނުގެ ދަރިކަލުން މަސީޙު ޢީސާގެފާނަކީ ﷲ ގެ ރަސޫލާއެވެ. އަދި، އެކަލާނގެ މަރިޔަމުގެފާނަށް ފޮނުއްވި، އެކަލާނގެ ބަސްފުޅެވެ. (އަމުރުފުޅެވެ.) އަދި އެކަލާނގެ ޙަޟުރަތުން ފޮނުއްވި ރޫޙުފުޅެކެވެ." (ނިސާ 171:4)

اذ قالت الملائكة يامريم ان الله يبشرك بكلمة منه اسمه المسيح عيسى ابن مريم وجيها في الدنيا والاخرة ومن المقربين
"މަލާއިކަތުން ދެންނެވި ހިނދެވެ. އޭ މަރިޔަމުގެފާނެވެ. މާތް ﷲ ގެ ކިބަފުޅުން ކަލިމަ ފުޅެއް (ކަމަށްވާ ދަރިކަލަކު) ކަނބުލޭގެފާނަށް ލިބި ވަޑައިގަންނަވާނޭ ކަމުގެ އުފާވެރި ޚަބަރު އެކަލާނގެ ކަނބުލޭގެފާނަށް އަންގަވަތެވެ. އެ ދަރިކަލުންގެ ނަމަކީ މަރިޔަމުގެ ފާނުގެ ދަރިކަލުން މަސީޙް ޢީސާ އެވެ. ދުނިޔެއާއި އާޚިރަތުގައި މާތްކަމާއި މަތިވެރިކަން ލިބިގެންވާ، އަދި މާތް ﷲ އާއި އަރިސް ކުރެވިގެންވާ ބޭފުޅަކު ކަމުގައި އެކަލޭގެފާނު ވާ ހުއްޓެވެ." (އާލު ޢިމްރާން 45:3)

އެހެންވީމާ އަޅުގަނޑުމެންގެ ސާހިބު ޢީސާގެފާނަކީ:
  • އެންމެހާ ފާފަތަކުން ޠާހިރުވެގެންވާ ޞާލިޙް ބޭފުޅެކެވެ.
  • މަތިވެރި މަޤާމެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. "އެކަލާނގެ މަރިޔަމުގެފާނުގެ އަރިހަށް ފޮނުއްވި ﷲ ގެ ކަލިމަފުޅެވެ. އަދި އެކަލާނގެ ޙަޟުރަތުން ފޮނުއްވުނު ރޫޙުފުޅެކެވެ."
  • ޢިއްޒަތްތެރި ބޭފުޅެކެވެ. "ދުނިޔެއާއި އާޚިރަތުގައި މާތްކަމާއި މަތިވެރިކަން ލިބިގެންވާ" ބޭފުޅެކެވެ.
  • މާތް ﷲ އާއި އަރިސް ބޭފުޅެކެވެ. "އަދި މާތް ﷲ އާއި އަރިސް ކުރެވިގެންވާ ބޭފުޅަކު ކަމުގައި އެކަލޭގެފާނު ވާ ހުއްޓެވެ."
އަދި މިއަށްވުރެވެސް މުހިއްމު ކަމަކީ މުޅި ޤުރުއާނުގައިވެސް ފާފައެއް ނެތް ޠާހިރު ބޭފުޅަކު ކަމުގައި ނަންގަނެވިގެން ވަނީ ހަމަ އެކަނި އަޅުގަނޑުމެންގެ ސާހިބު ޢީސާގެފާނެވެ. އެކަލާނގެ ޙަޟުރަތުން ފޮނުއްވުނު ކަލިމަފުޅެއްގެ ގޮތުގައި ބަޔާން ކުރެވިގެންވަނީވެސް އެކަލޭގެފާނެވެ. އެކަލާނގެ ޙަޟުރަތުން ފޮނުއްވުނު ރޫޙުފުޅެއްގެ ގޮތުގައި ވަނީވެސް ހަމައެކަނި އެކަލޭގެފާނެވެ.  ދުނިޔެއާއި އާޚިރަތުގައި މާތް ކަމާއި މަތިވެރި ދަރަޖަ ލިބިގެންވާ ބޭފުޅެއް ކަމުގައި ބަޔާން ކުރައްވާފައި ވަނީ ހަމައެކަނި އެކަލޭގެފާނެވެ. އަދި ﷲ އާއި އަރިސް ބޭފުޅަކު ކަމުގައި ޢީސާގެފާނު ފިޔަވައި އެހެން އެއްވެސް ބޭފުޅަކު ވާ ކަމަށް ކީރިތި ޤުރުއާނުގައި ނުވެއެވެ.




ޤުރުބާނީ

އެކަމަކު ލޭ އޮހޮރުވުން އެއީ އަޅުގަނޑުމެންގެ ސާހިބު ޢީސާގެފާނުގެ މައްޗަށްވެސް ހިންގުނު ކަމެއްބާއެވެ؟

اِذْ قَالَ اللَّهُ يَعِيسَى اِنِّي مُتَوَفِّيكَ وَرَافِعُكَ اِلَيَّ وَمُطَهِّرُكَ مِنْ الَّذِينَ كَفَرُوا وَجَاعِلُ الَّذِينَ اتَّبَعُوكَ فَوْقَ الَّذِينَ كَفَرُوا اِلَى يَوْمِ الْقِيَمَةِ ثُمَّ اِلَيَّ مَرْجِعُكُمْ فَاحْكُمُ بَيْنَكُمْ فِيمَا كُنْتُمْ فِيهِ تَخْتَلِفُونَ
"ޢީސާގެފާނަށް މާތް ﷲ ވަޙީ ކުރެއްވި ހިނދެވެ. 'އޭ ޢީސާގެފާނެވެ. އަހުރެން ކަލޭގެފާނު މަރުއްވާހުށީމެވެ. އަދި އަހުރެންގެ ގާތަށް އުފުއްލަވައި މަތިވެރި ކުރައްވާހުށީމެވެ. އަދި ކާފަރުންގެ ފަރާތުން ކަލޭގެފާނު ދުރުކުރައްވާހުށީމެވެ. އަދި ޤިޔާމަތް ދުވަހާއި ޖެހެންދެންވެސް ކާފިރުވީ މީހުންނަށްވުރެ މަތިވެރި ދަރަޖައެއްގައި ކަލޭގެފާނަށް ތަބަޢަވީ މީހުން ލައްވާހުށީމެވެ. އެއަށްފަހު ކަލޭމެން އެނބުރި އަންނަހުށީ އަހުރެންގެ ޙަޟުރަތަށެވެ. އެއިރުން ކަލޭމެންގެ މެދުގައި ދެބަސްވެވުނު ކަންތަކާއިމެދު އަހުރެން ފައިޞަލާ ކުރައްހުށީމެވެ.'" (އާލު ޢިމްރާން 55:3)

مَا قُلْتُ لَهُمْ إِلَّا مَا أَمَرْتَنِي بِهِ أَنْ اعْبُدُوا اللَّهَ رَبِّي وَرَبَّكُمْ وَكُنتُ عَلَيْهِمْ شَهِيدًا مَا دُمْتُ فِيهِمْ فَلَمَّا تَوَفَّيْتَنِي كُنتَ أَنْتَ الرَّقِيبَ عَلَيْهِمْ وَأَنْتَ عَلَى كُلِّ شَيْءٍ شَهِيدٌ
"އެމީހުންގެ ތެރޭގައި މިއަޅާ ހުރިހައި ހިނދަކު އެ ބައިމީހުންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި ވީމެވެ. ދެން އިބަސުވާމީންގެ މިއަޅާ މަރުއްވައިފި ހިނދު އެބައިމީހުންގެ މައްޗަށް ބައްލަވާ ކަމުގައި އިބަ ސުވާމީންގެ ވޮޑިގެންފީމުއެވެ. ކޮންމެ ކަމެއްގެ މައްޗަށް އިބަސުވާމީންގެއަކީ ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ." (މާއިދާ 117:5)

ފުރަތަމަ އާޔަތުން ވަޙީ ކުރައްވަނީ މުސްތަޤުބަލުގައި ކުރައްވާނެ ކަމަކާއި މެދުގައެވެ. "ﷲ ވަޙީ ކުރެއްވިއެވެ. އަހުރެން ކަލޭގެފާނު މަރުއްވާ ހުށީމެވެ."
ދެވަނަ އާޔަތުން ދައްކަވަނީ މާޒީވެއްޖެ ކަމެއްގެ ވާހަކައެވެ. "ދެން އިބަސުވާމީންގެ މިއަޅާ މަރުއްވައިފި ހިނދު" އޭއެވެ.
އެހެންވީމާ އޭގެ ޖަވާބަކީ އާއެކޭއެވެ. އަޅުގަނޑުމެންގެ ސާހިބު ޢީސާގެފާނު މަރުވިއެވެ. އެކަލޭގެފާނަކީ އަޅުގަނޑުމެންގެ ސާހިބު އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިކަލުންގެ ބަދަލުގައި ކުރެއްވި މަތިވެރި ޤުރުބާނީގައްޔާއި އަޅުގަނޑުމެންގެ ސާހިބު އާދަމުގެފާނަށާއި އެކަލޭގެފާނުންގެ އަނބިކަނބަލުންނަށް ފޭރާން ހެއްދެވުމަށްޓަކައި ޤުރުބާންކުރެވުނު ޖަނަވާރުތަކުގެ ލެއަށް ޙަވާލާދެވޭ ރަމްޒެވެ.
.

ލަދުވެތި ކަމުން ޤަދަރުވެރިކަމަށް 4

ލަޤަބުފުޅުތައް

އަޅުގަނޑުމެން ﷲ ގެ ޙަޟުރަތަށް އަނބުރާ ގެންގޮސް ދޭނޭ މީހަކު ﷲ ޢައްޔަން ކުރައްވާނެކަން ކަށަވަރުކޮށް ދެނެގަތުމަށްޓަކައި، އެކަލޭގެފާނަކީ އަޞްލުގައިވެސް ﷲ އަޅުގަނޑުމެންގާތަށް ފޮނުއްވި ބޭކަލެއްކަން ދެނެގަތުން ކޮންމެހެން ބޭނުމެވެ. ﷲ މި މީހާ ފޮނުއްވާފައިވަނީ އަޅުގަނޑުމެންގެ ގާތަށް ބާއެވެ؟

يَا أَهْلَ الْكِتَبِ لَا تَغْلُوا فِي دِينِكُمْ وَلَا تَقُولُوا عَلَى اللَّهِ إِلَّا الْحَقَّ إِنَّمَا الْمَسِيحُ عِيسَى ابْنُ مَرْيَمَ رَسُولُ اللَّهِ وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِنْهُ فَآمِنُوا بِاللَّهِ وَرُسُلِهِ وَلَا تَقُولُوا ثَلَاثَةٌ انتَهُوا خَيْرًا لَكُمْ إِنَّمَا اللَّهُ إِلَهٌ وَاحِدٌ سُبْحَانَهُ أَنْ يَكُونَ لَهُ وَلَدٌلَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَكَفَى بِاللَّهِ وَكِيلًا
"ހަމަ ކަށަވަރުން މަރިޔަމުގެފާނުގެ ދަރިކަލުން މަސީޙު ޢީސާގެފާނަކީ ﷲ ގެ ރަސޫލާއެވެ. އަދި، އެކަލާނގެ މަރިޔަމުގެފާނަށް ފޮނުއްވި، އެކަލާނގެ ބަސްފުޅެވެ. (އަމުރުފުޅެވެ.) އަދި އެކަލާނގެ ޙަޟުރަތުން ފޮނުއްވި ރޫޙުފުޅެކެވެ." (ނިސާ 171:4)

އަޅުގަނޑުމެންގެ ސާހިބު ޢީސާގެފާނަކީ ﷲ ގެ ރަސޫލާއެވެ. އަދި އެކަލާނގެ ޙަޟުރަތުގައި އޮތް އެކަލާނގެ ބަސްފުޅެވެ. ދެން އެކަލޭގެފާނު އިންސާނެއްގެ ގޮތުގައި އުފަން ކުރެއްވުމަށްޓަކައި އެކަލޭގެފާނު މަރިޔަމުގެފާނަށް ފޮނުއްވުނީއެވެ. އަޅުގަނޑުމެންގެ ގެއްލިފައިވާ ޢިއްޒަތް އަލުން އަޅުގަނޑުމެންނަށް ހޯދައި ދިނުމަށްޓަކައި ބޭނުންވާ ހުރިހާ ސިފަތަކެއް ލިބިވަޑައިގެން ހުންނެވި ހަމައެކަނި ބޭކަލަކީ އެކަލޭގެފާނެވެ.





ކިޔަމަންތެރިކަން ބޭނުންވެއެވެ

އަޅުގަނޑުމެންގެ ސާހިބު ޢީސާގެފާނަށް ތަބަޢަވެގެން، ﷲ އަށް އަޅުކަން ކުރަމުން، ޢީސާގެފާނަށް ކިޔަމަންގަނެގެން، ﷲ އަށް ތަޤުވާވެރިކަން މަތީގައި އަޅުގަނޑުމެން ތެދުމަގުގައި ހިނގުން އިޚްތިޔާރު ކޮށްފިނަމަ އަޅުގަނޑުމެންގެ ގެއްލިފައިވާ ޢިއްޒަތް އަޅުގަނޑުމެންނަށް އަނބުރާ ލިބިދާނެއެވެ. އެކަމަކު މިކަންތައްތައް ކުރަން އަޅުގަނޑުމެން އިންކާރުކޮށްފިނަމަ އަޅުގަނޑުމެންނަށް އޮތީ މާކުރިން ﷲ ކަނޑައަޅުއްވައި ނިންމަވާފައިވާ ދެމިހުންނަނިވި ނަރަކައިގެ އަލިފާނުގެ ތެރޭގައި ހުތުރުވެގެންވާ ޢަޒާބުން ފުރިގެންވާ މަންޒިލެކެވެ.

أُوْلَئِكَ هُمْ الْكَافِرُونَ حَقًّا وَأَعْتَدْنَا لِلْكَافِرِينَ عَذَابًا مُهِينًا
"އެމީހުންނަކީ ހަމަ ކަށަވަރުން ކާފިރުންނެވެ. އަދި ކާފިރުންނަށްޓަކައި ހުތުރުވެގެންވާ ޢަޒާބު ތިމަން ސުވާމީންގެ ތައްޔާރުކުރައްވާފައި ވަމެވެ." (ނިސާ 151:4)

އަޅުގަނޑުމެން އެހެންވީމާ ވަކިގޮތެއް މިހާރު އިޚްތިޔާރު ކުރަންވެއްޖެއެވެ. މާތް ﷲ އެކަލާނގެ ރަޙްމަތެއް ކަމުގައި ލެއްވި އަޅުގަނޑުމެންގެ ސާހިބު ޢީސާގެފާނަށް ކިޔަމަންތެރިވެ ތެދުމަގުގައި ހިނގަން އަޅުގަނޑުމެން ބޭނުންވޭބާއެވެ؟ ނޫނީ އަޅުގަނޑުމެން ބޭނުންވަނީ ދެމިހުންނަނިވި އަލިފާނުގެ ނުބައިވެގެންވާ ޢަޒާބު ބާއެވެ؟


ޢީސާގެފާނަށް ތަބަޢަވާ މީހުންގެ މަތިވެރިވެގެންވާ މަޤާމު

އަލް މަސީޙު ޢީސާގެފާނުގެ މަދަދުގާރުންނަށް ޚާއްޞަ ނިޢުމަތްތަކެއް މާތް ﷲ ވަޢުދު ކުރައްވާފައިވެއެވެ.

فَلَمَّا احَسَّ عِيسَى مِنْهُمْ الْكُفْرَ قَالَ مَنْ انْصَارِي اِلَى اللَّهِ قَالَ الْحَوَارِيُّونَ نَحْنُ انْصَارُ اللَّهِ ءامَنَّا بِاللَّهِ وَاشْهَدْ بِانَّا مُسْلِمُونَ رَبَّنَا ءامَنَّا بِمَا انْزَلْتَ وَاتَّبَعْنَا الرَّسُولَ فَاكْتُبْنَا مَعَ الشَّهِدِينَ وَمَكَرُوا وَمَكَرَ اللَّهُ وَاللَّهُ خَيْرُ الْمَكِرِينَ اِذْ قَالَ اللَّهُ يَعِيسَى اِنِّي مُتَوَفِّيكَ وَرَافِعُكَ اِلَيَّ وَمُطَهِّرُكَ مِنْ الَّذِينَ كَفَرُوا وَجَاعِلُ الَّذِينَ اتَّبَعُوكَ فَوْقَ الَّذِينَ كَفَرُوا اِلَى يَوْمِ الْقِيَمَةِ ثُمَّ اِلَيَّ مَرْجِعُكُمْ فَاحْكُمُ بَيْنَكُمْ فِيمَا كُنْتُمْ فِيهِ تَخْتَلِفُونَ
"ދެން ފަހެ އެމީހުންގެ ކިބައިން ކުފުރުވެރިކަން ޢީސާގެފާނަށް އިޙްސާސް ކުރެއްވުނު ހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. 'މާތް ﷲ ގެ މަގުގައި އަހުރެންގެ މަދަދު ގާރުންނަށް ވެދޭނީ ކޮންބައެއްހެއްޔެވެ؟' ހަވާރީންގެ މީހުން ދެންނެވިއެވެ. '(ﷲ ގެ މަގުގައި) އެހީތެރިވެދޭނެ މީހުންނަކީ އަޅުގަނޑުމެންނެވެ. އަޅުގަނޑުމެން ﷲ ގެ ކިބަފުޅަށް އީމާން ވެއްޖައީމެވެ. އަދި އަޅުގަނޑުމެންނަކީ އިސްލާމްވެ ކިޔަމަން ވެގެން ތިބި މީހުންކަމަށް ކަލޭގެފާނު ހެކިވެވަޑައިގަންނަވާށެވެ. އޭ އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ. އިބަސުވާމީންގެ ބާވައިލެއްވި ފޮތަށް އަޅަމެން އީމާންވެއްޖައީމެވެ. އަދި ފޮނުއްވި ރަސޫލާއަށް އަޅަމެން ތަބަޢަ ވެއްޖައީމެވެ. ދެންފަހެ އީމާންވެ ހެކިވެގެންވާ މީހުންގެ ތެރޭގައި އަޅަމެން ލިޔުއްވާނދޭވެ.' އަދި އެމީހުން މަކަރުހަދައި ނުބައި ރޭވުންތައް ރޭވިއެވެ. އަދި މާތް ﷲ (އެމީހުންގެ ރޭވުންތައް ބާޠިލުވެ އަދި އެމީހުންނަށް ކެހި ލިބޭނޭގޮތަށް) ތަދުބީރު ކުރެއްވިއެވެ. ފަހެ ރޭވުމުގެ ކެހިވެރިކަމާއި މަކަރުވެރިކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. އަދި މާތް ﷲ ވަޙީ ކުރެއްވި ހިނދެވެ. 'އޭ ޢީސާގެފާނެވެ. އަހުރެން ކަލޭގެފާނުގެ މަރު ހިއްޕަވާ ހުށީމެވެ. އަދި އަހުރެންގެ ޙަޟުރަތަށް އުފުއްލަވައި މަތިވެރި ކުރައްވާހުށީމެވެ. އަދި ކާފިރުވީ މީހުންގެ ކިބައިން ކަލޭގެފާނު ދުރުކުރައްވާހުށީމެވެ. އަދި ޤިޔާމަތް ދުވަހާއި ޖެހެންދެންވެސް ކަލޭގެފާނަށް ތަބަޢަވީ މީހުން ކާފިރުންނަށްވުރެ މަތީ ދަރަޖައިގައި ލައްވާހުށީމެވެ. އަދި އެއަށްފަހު ކަލޭމެން އެނބުރި އަންނަހުށީ އަހުރެންގެ ޙަޟުރަތަށެވެ. އެއިރުން ކަލޭމެންގެ މެދުގައި ދެބަސްވެވުނު ކަންތަކާއިމެދު އަހުރެން ފައިޞަލާ ކުރައްވާހުށީމެވެ.'" (އާލު ޢިމްރާން 3: 52-55)

ﷲ ތަޢާލާ އެންމެ ފަހުގެ ދުވަސް، އިންޞާފުކުރައްވާ ދުވަސް ތައްޔާރުކުރައްވާފައި ވެއެވެ. ކާފަރު ތަކުންނަށް ވުރެ މަތީ ދަރަޖައިގައި ޢީސާގެފާނަށް ތަބަޢަވީ މީޙުން ލައްވާނެއެވެ. ހަމަ އެކަނި މިދުނިޔޭގައެއް ނޫނެވެ. އަދި ކިއެއްތަ، އަންނަން އޮތް ދުނިޔޭގަވެސް މެއެވެ.


މުޙައްމަދުގެފާނުގެ ކަށަވަރުކަން

މުޙައްމަދުގެފާނު ވަޑައިގަތީ އަލް މަސީޙް ޢީސާގެފާނަށްވުރެ 600 އަހަރު ފަހުންނެވެ. އެކަލޭގެފާނާއި ޙަވާލު ކުރެވުނު ޚާއްޞަ ރޯލުތަކާއި މަސައްކަތްތައް ޤުރުއާނުން ބަޔާން ކޮށްދެއެވެ.:
  • (ކުރިން އެއްވެސް ރަސޫލުބޭކަލަކު ފޮނުވިފައި ނުވާ) ޢަރަބި ޤަބީލާތަކުގެ ރަސޫލަކަށް ވުމެވެ. (7:42، މަރިޔަމް 97:19)
  • ބުދަށް އަޅުކަން ކުރުމާއި ދެކޮޅަށް އަދި ޤިޔާމަތް ދުވަހާއި މެދު އިންޒާރު ދެއްވުމެވެ. (7:42)
  • އާ ދީނެއް ފެއްޓެވުމަކަށް ނޫނެވެ. އެކަމަކު ކުރިން ވަޑައިގަތް ރަސޫލުބޭކަލުންގެ ރިސާލަތު ޔަޤީން ކޮށް ދެއްވުމަށެވެ. (42 ވަނަ ސޫރަތުގެ 13 ވަނަ އާޔަތް، އަޙްޤާފު 9:46، އާލު ޢިމްރާން 33:3، 52:3)
  • ކުރިން ބާވައިލެއްވުނު ފޮތްތަކާއި ނިޝާންތައް ކަށަވަރުކޮށް ދިނުމެވެ. (އަންޢާމް 126:6، ޔޫނުސް 10: 94-95)
  • ތެދު މަގު ދޫކޮށްލާފައި ތިބި މީހުން އިޞްލާޙްކޮށް އިންޒާރު ދިނުމެވެ. (މާއިދާ 5: 13+41+68)
  • ޔަހޫދީން އިންކާރުކުރާ ގޮތާއި ޚިލާފަށް، ޢީސާގެފާނަކީ އަޞްލު މަސީޙު ކަން ކަށަވަރުކޮށް ދެއްވުމެވެ. (އާލު ޢިމްރާން 45:3)
  • ﷲ ގެ ރަޙްމަތަށް ފޯކަސް ކުރުމަށެވެ. (ނިސާ 4: 64+106)
  • ތައުބާ ވުމުގެ ދިރިއުޅުމެއް ދިރިއުޅުމެވެ. (ނިސާ 146:4، މާއިދާ 5: 34+39، ފަޖުރު 34:14)
    • "ކޮންމެ އާދަމުގެ ދަރިޔަކީ ފާފަވެރިޔެކެވެ. އަދި ފާފަވެރިންގެ ތެރެއިން އެންމެ ރަގަޅީ ކެނޑިނޭޅި ތައުބާ ވާ މީހާއެވެ." (ކަރީމްގެ މިޝްކާތުލް މަޞާބީޙް އިން ނަގާފައިވާ ތަންކޮޅެއް. ވޮލިއުމް 3 ގެ 360 ވަނަ ޞަފަޙާ)
  • އިންސާނުންނާއި މެދު ޝަފާޢަތްތެރި ވާނޭ މީހަކަށް ނުވަތަ މެދުވެރިއަކަށް ވުމެއް ނޫނެވެ. (އެއްވެސް އިންސާނަކަށް މި ރޯލެއް ނުލިބޭނެއެވެ.) (ފިޠްރް 18:35، ޣާފިރު 18:40) އެކަމަކު ﷲ މެދުވެރިޔަކު ފޮނުއްވާނެކަން އެކަލޭގެފާނު ދެނެވަޑައިގަތެވެ. (އަންޢާމް 70:6، ޒުމަރު 44:39، ނަޖުމް 26:53)

ކުރީގެ ޙާލަތަށް ބަދަލު ކޮށްދެއްވުމަށާއި މަޢާފު ކުރެއްވުން އެދި 'އެންމެ މަތިވެރި ރަޙްމަތްތެރިޔާ'ގެ މައްޗަށް ފޯކަސް ކުރެއްވިކަން މިޙަދީޘުން އޮޅުން ފިލުވައިދެއެވެ.
  • "މަރިޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނު ފިޔަވައި އެހެން މަހުދީގެފާނެއް ނާންނާނެއެވެ." (ޙަދީޘް އިބްނިމާޖާ)
  • "މާތްރަސްކަލާކޯއެވެ. އަޅާއަށް ޢަފޫ ކުރައްވާނދޭވެ. އަޅާގެ މައްޗަށް ރަޙުމުވެރިވެ ވޮޑިގަންނަވާނދޭވެ. އަދި އެންމެ މަތިވެރި ރަޙްމަތްތެރިޔާއާއި އަޅާ ގުޅުއްވަވާފާނދޭވެ." (މިހިސާބަށް ވިދާޅުވެފައި) ދެން އެކަލޭގެފާނުގެ ދެ އަތްޕުޅު ބާއްވަވާލެއްވިއެވެ. އަދި ދުނިޔެ ދޫކުރައްވައިފިއެވެ. (ޙަދީޘް ޞަޙީޙް ބުޚާރީ 1573-1574)

އަޅުގަނޑުމެން އިންސާނުން ހުތުރު ކަމުގެ ތެރެއިން ޢިއްޒަތްތެރި މަޤާމަކަށް އެނބުރި ގެންނެވުމަށް ޓަކައި ﷲ ތަޢާލާ ޙައްލެއް ދެއްވާފައި ވެއެވެ. މި ގޮތް އެކަލާނގެ ރޭއްވެވީ ދުނިޔެ ފެށުނީއްސުރެ ފެށިގެންނެވެ. ތަފާތު ނިޝާންތަކުންނާއި ފޮތްތަކުން އެކަން ތާރަފް ކުރެއްވިއެވެ. އެންމެހާ ރަސޫލުބޭކަލުންވެސް ދައްކަވައި ކަށަވަރުކޮށް ދެއްވާފައިވަނީ އަލްމަސީޙް ޢީސާ އަކީ ތެދުމަގުކަމެވެ. އަދި އެކަލޭގެފާނަކީ ﷲ ކޮންމެ މުއުމިނަކަށް ދެއްވާ ރަޙްމަތްފުޅެވެ. އެއީ ތެދުވެރިކަމާއިއެކު ތިމާގެ ފާފަތަކުގެ މައްޗަށް  ތައުބާވެ، ﷲ އަޅުގަނޑުމެންނަށްޓަކައި ދެއްވި ޤުރުބާނީ ޤަބޫލުކޮށް ﷲ ގެ ކަލިމަފުޅު ކަމުގައިވާ ޢީސާގެފާނަށް ކިޔަމަން ގަންނަ މީހުންނެވެ.

Oct 25, 2010

ގޮސްޕެލްގައިި އެކުލެވެނީ ހަތަރު ފޮތް ކޮޅެވެ.

 މުރާސިލްގައި އިބްނު ޝަރީފު ލިއުއްވި ކޮމެންޓް.

މިހާރު އެކުލަވާފައިވާ ބައިބްލްގައިވާ 4 ގޮސްޕަލްގެ އިތުރުންވެސް އިތުރު ގޮސްޕަލްތައް ވެއެވެ. އަދި މާތްރަސްކަލާނގެ ބަސްފުޅުތައް ކަމުގައިބުނާ އިތުރު ފޮތްތަކެއްވެސް ވެއެވެ، މިފޮތްތަކަކީ ބައިބްލްގައި ހިމަނައިފިނަމަ މިހާރަށްވުރެވެސް ބޮޑެތި ޚިލާފުތަައް ފެންމަތިވާނޭ ފޮތްތަކެކެވެ. މިސަބަބާހުރެ މިފޮތްތައް ބައިބްލްއިންވަނީ ބޭން ކޮށްފައެވެ. މިގޮތުން ގޮސްޕަލް އޮފް ތޯމަސް އަދި ގޮސްޕަލް އޮފް މޭރީ، ބުކް އޮފް އީނާކް ފާހަގަ ކޮށްލަމެވެ. މިފޮތްތަކުގެ ތެރެއިން ގޮސްޕަލް އޮފް ތޯމަސްގައި ބަޔާންވެބަޔާންވެފައިވާ ބައެއް ވާހަކަތައް ކީރިތި ޤުރުއާނުގައި ބަޔާންވެފައިވާ ވާހަކަތަކާއި ވަރަށް އެއްގޮތެވެ. ވީއިރު މިފަދަ ޚިލާފު ހުރި ފޮތަކަށް އީމާންވެވޭނީ ކޮންފަދަ ވިސްނުމަކުން ހެއްޔެވެ؟ ޤަބޫލު ކޮށްފަ ޤަބޫލު ނުކުރާނީ ކޮން ގޮސްޕަލް އެއް ހެއްޔެވެ؟

ގޮސްޕެލްގައި އެކުލެވެނީ 4 ފޮތްކޮޅެވެ. އެއީ މެތިއު މާރކް ލޫކް ޖޯން މި ހަތަރު ފޮތް ކޮޅެވެ. މިއީ އީސާއީންގެ ދީންވެރީން ގަބޫލު ކުރާ ގޮތެވެ. މިއަކީ އީސާގެފާނަށް މާތްކަލާނގެ ބާވައިލެއްވި ފޮތްކޮޅުތަކެއް ނޫނެވެ. މި 4 ފޮތްކޮޅު ލިއުއްވާފައިވަނީ  ހަތަރު ބޭކަލުން ތަފާތު ތަންތާނގައި ތިއްބަވައި ތަފާތު ދުވަސްވަރުގައެވެ. އިންޖީލުގައި ހުރި ލިއުންތަކަކީ އިންސާނުން ލިޔެފައިވާ ލިއުއްވުން ތަކެވެ. އިންޖީލުގައިވަނީ އީސާގެފާނު ކުރެއްވި ކަންތަކާއި ވިދާޅުވި ބަސްފުޅުތަކާއި ހިނގި ހާދިސާތަކެވެ.
އީސާގެފާނަކީ މާތްކަލާނގެ ބަސްފުޅެވެ. އެހެންކަމުން އެކަލޭގެފާނު ވިދާޅުވާ ބަސްފުޅުތަކަކީ މާތްކަލާނގެ ބަސްފުޅުތައް ކަމަށް ބެލެވެނީއެވެ.

އީސާގެފާނާ ބެހޭގޮތުން އެކި މީހުން އެކި ދުވަސްވަރުގައި މިނޫން ލިއުންތައް ލިޔެފައި ހުރުމަކީ އެކަށީގެން ނުވާކަމެއް ނޫނެވެ. އެހެންނަމަވެސް ގޮސްޕެލް އޮފް މޭރީ ފަދަ ލިއުންތަކަކީ ގޮސްޕެލްއޭ ނުވަތަ އިންޖީލޭ މި ކިޔާ ފޮތްތަކުގެ ތެރޭގައި ހިމެނިފައި ވާ ފޮތްތަކެއް ނޫނެވެ.  އެ ފޮތްތަކަށް ގޮސްޕެލް ކިޔަނީ އިންޖީލުގައިވާ 4 ފޮތްކޮޅާ އެއް ނިސްބަތަކުން ނޫނެވެ. 

މޭރީ މެގްދަލޭން އަކީ އީސާގެފާނުގެ ދުވަސްވަރުގައި އުޅުއްވި ބޭކަނބަލެއް ކަމަށް ވިޔަސް އީސާގެފާނާ ބެހޭ ފުރިހަމަ ފޮތެއް ލިއުއްވާފައެއް ނުވެއެވެ. އަދި ކޮންމެވެސް ލިއުއްވުމެއް ލިއުއްވާފައި ހުއްޓަސް އިސްވެ ދެންނެވުނު  ހަތަރު ފޮތްކޮޅުގައި ނެތް އާވާހަކަ ތަކެއް ނުވާނެއެވެ. އެއްވާހަކައެއް ކިތަންމެ ގޮތަކަށް ކިތަންމެ ބައެއްގެ ތުންތުން މަތީން ތަކުރާރު ވުމަކުން އެހާދިސާއަކަށް ބަދަލެއް އައީ ކަމަށް ބަލާނެ ޖާގައެއް ނެތެވެ.

ބައިބަލްގެ އެންމެ ކުރީގެ ފޮތްތަކީ އެތަކެއް ހާސް އަހަރެއްގެ ކުރީގެ ފޮތްތަކެއް ކަމަށް ވާކަމުން އެފޮތްތަކަށް ގެއްލުންތަކެއް ލިބިފައިވެއެވެ. ކިޔަން އެނގެން ނެތް ތަންތަން ކޮޅުވެސް ހުއްޓެވެ. އެހެން ނަމަވެސް ފަހުން ޑެޑްސ ީ ކާރިފަށުން ފެނުނު ސަލާމަތުން ހުރި ލިއުންތައް ލިބުމުން އެ އުނިކަން ފޫބެއްދުމަށް ވަރަށް ބޮޑު އެހީއެއް ލިބުނެވެ.

ބައިބަލްގައި ބުނާ ހާދިސާތަކުގެ ސާފު ހެކި  މިހާރު ބިންމަތިން ފެންނަން ހުރީ ވަރަށް މަދުން ނަމަވެސް ކޮނެގެންނާއި އެހެނިހެން ގޮތްގޮތުން ކުރެވުނު އާކިއޮލޮޖީގެ ތަހުލީލުތަކުން އެ ލިއުންތަކަށް ކޮންމެވެސް ވަރެއްގެ ހެކިތަކެއް މިހާރު ލިބިފައިވެއެވެ.  އެ ލިބުނު ހެކިތަކުގެ ތެރޭގައި އެކިތަންތަނުގައި ހުރި ހިލަ ހިލައިގައި ކަނޑާނެގިފައިވާ ތާރީޚީ މައުލޫމާތު ހިމެނިފައިވެއެވެ.

މިގޮތުން ލިބުނު ހެކި މަދު ނަމަވެސް ލިބުނު ހެކިތަކުން މި ލިއުންތަކުގެ އަސްލު ކަމުގެ މައްޗަށް ބާރު އަޅާދެއެވެ. އަދި މިއަކީ ބަޔަކު ތާނކު ތިބެ ލިޔެފައިވާ ފުލޯކުވާހަކައެއް ނޫންކަން ކަށަވަރު ވެގެން ދެއެވެ.

ބައިބަލްގައި ތަފާތު ވަރޝަންތައް ހުއްޓަސް ތަފާތު ގޮތްގޮތަށް އެއް ވާހަކަތަކެއް ތަކުރާރުވެފައި ހުއްޓަސް އެފޮތުގައި ވާ ހަގީގަތަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އެހެންކަމުން އެއްވެސް ހަރުދަނާ ހެއްކެއް ދެއްކެން ނެތި ބައިބަލް އަކީ ބަޔަކު ބަދަލު ކޮށްފައިވާ ފޮތެކޭ ބުނުމުން އެކުރެވެނީ ވަރަށް ބޮޑު ގޯހެކެވެ. އެއީ މާތްކަލާނގެ ބަސްފުޅުގެ ސައްހަ ކަން ގެއްލުވާލަން ގަސްތުގައި ނުވަތަ ނޭނގި ތިބެ ކުރާ ވަރަށް ބޮޑު ކުށެކެވެ. 
އިންސާނަކު ކުރާ ކަމަކާމެދު ދޮގު ހެކި ދޭ މީހަކީ ކިހާ ނުބައި ކަމެއް ކުރި މީހެއްކަމާމެދު ދެބަސްވާނެ މީހަކު ނެތެވެ.  އެކަމަކު މާތްކަލާނގެއަށް ރައްދުވާފަދަ ދޮގެއް ހަދާމީހަކަށް ހުރި ނުބައިކަން ހިތަށް ގެންނަންވެސް އެނގޭނެ މީހަކު ނެތެވެ.
*އަލްފާ*