tag:blogger.com,1999:blog-5379582546713777726.post3754654105494062258..comments2022-04-11T14:13:37.740-07:00Comments on ތެދުވިސްނުން: ބޮޑު ސުވާލުUnknownnoreply@blogger.comBlogger1125tag:blogger.com,1999:blog-5379582546713777726.post-87677565206659641172010-12-09T06:24:22.216-08:002010-12-09T06:24:22.216-08:00އީސާގެފާނަކީ މާތްކަލާނގެ ބަސްފުޅެވެ. އާލަމްތައް އު...އީސާގެފާނަކީ މާތްކަލާނގެ ބަސްފުޅެވެ. އާލަމްތައް އުފެއްދެވީ ބަސްފުޅުންނެވެ. ބަސްފުޅު ނުވާނަމަ އާލަމްތަކެއް ވެސް ދުނިޔެއެއްވިޔަސް އިންސާނުން ވިޔަސް ނުވީހެވެ. ބަސްފުޅާއި މާތްކަލާނގެއާ ވައްކެއް ނުކުރެވޭނެއެވެ. އެއީ އެކައްޗެކޭ ބުނެވެނީ އެހެންވީމައެވެ. <br />މާތްކަލާނގެ އަކީ ބަސްފުޅާއި ކަލާނގެއާއި ރޫހު ފުޅު އެކުވެފައި ވާ ފަރާތެކެވެ. އެކަލާނގެއަކީ ސިފަފުޅެއް ބައްޓަމެއް އިސްކޮޅެއް އެކުލެވޭ ފަރާތެއް ނޫނެވެ. އެކަލާނގެ އެދިވޮޑިގަންނަވާ ސިފަފުޅެއްގައި ކޮންމެ ހިސާބެއްގައިވެސް ވޮޑިގަންނަވައެވެ.<br />އެކަލާނގެ އިންސާނެއްގެ ސިފަފުޅުގައި ދުނިޔެއަށް ފައިބާވަޑައިގެންފައިވެއެވެ.އަދި ފުރިހަމަ އިންނާނެއްގެ ގޮތުގައި އިންސި އަންހެން ކަނބަލެއްގެ ބަނޑުފުޅުން ވަޑައިގެންނެވިއެވެ. އެއީ ވަކި ކަމެއް ފުރިހަމަ ކުރެއްވުމަށް އެކަލާނގެ އަމިއްލަފުޅު އިރާދަފުޅާ އެކުގައެވެ.<br /> ދުނިޔޭގައި އުޅޭ އިރު އިންސާނާ ކުރާ ކަމަކުން އޭނައަށް ދިންނެވުމެއް ހޯދައެއް ނުގަނެވެއެވެ. ދިންނެވުން ދެއްވަނީ މާތްކަލާނގެ ރުހިވޮޑިގެން އެމީހަކަށް ދެއްވާ ޚާއްސަ އިނާޔަތެއްގެ ގޮތުގައެވެ. އިންސާނާއަށް އޮތީ އީމާންކަމުގައި ވުމެވެ. އެކަލާނގެއަށް ލޯބިވެތިވުމެވެ. އަނެކާއަށް ކަމޭހިތުމާއި ސޯލިހު އަމަލު ކުރަމުން ގެންދިއުމެވެ. އީސާގެފާނުގެ ފަހަތްޕުޅުން ދާ މީހާހަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ކަމުގެ ޔަގީންކަން އެކަލޭގެފާނު ދެއްވައެވެ.<br />*އަލްފާ*Anonymousnoreply@blogger.com